ތުހުމަތުތައް އުމަރު ދޮގުކޮށްފި، ވިދާޅުވީ ޓެގް ގަތުމަށް ހަވާލުކުރީ ގަވާއިދާ އެއްގޮތަށް ކަމަށް

Dec 7, 2021, 5:49 PM
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: އޭސީސީން ތުހުމަތުކުރާ ގޮތުގައި ޓެގް ގަތުމަށް ހަވާލުކުރީ އުމަރުގެ މަސްލަހަތު ފުށުއަރާ ކުންފުންޏަކާ. -- ފޮޓޯ: ޕޮލިސް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: އޭސީސީން ތުހުމަތުކުރާ ގޮތުގައި ޓެގް ގަތުމަށް ހަވާލުކުރީ އުމަރުގެ މަސްލަހަތު ފުށުއަރާ ކުންފުންޏަކާ. -- ފޮޓޯ: ޕޮލިސް

މަގާމުގައި ހުންނަވައިގެން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ކޮށްފައިވާ ތުހުމަތު އޭނާ ދޮގު ކުރައްވައިފި އެވެ.

ކުށްވެރިން މޮނިޓަކުރުމަށްޓަކައި ފައިގައި އަޅުވާ ޓެގް ހޯދަން ކުންފުންޏަކާ ހަވާލުކުރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށާއި، ހަވާލުކުރީ އެންމެ ދަށް އަގު ހުށަހެޅި ކުންފުންޏާ ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރުގެ ހޯމް މިނިސްޓަރުކަމުގައި ޓެގާއި އެއާ ގުޅޭ އެހެން ސާމާނު ހޯދައި ހިދުމަތް ހޯދަން ހަވާލުކުރީ އޭނާގެ މަސްލަހަތު ފުށޫއަރާ ކުންފުންޏަކާ ކަމަށާއި އެ މުއާމަލާތް ކުރިއަށް ގެންދިޔައީ ބިޑުކުރުމުގެ އިޖުރާއަތްތަކާ ހިލާފަށް ކަމަށް އޭސީސީން ބުނެ އެވެ.

އެ މައްސަލައިގައި ކޮރަޕްޝަންގެ ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް މައްސަލަ ވަނީ ފޮނުވައިފަ އެވެ.

އެ ތުހުމަތުތައް ދޮގުކުރައްވައި، އުމަރު ނަސީރު އޭނާގެ ފޭސްބުކްގައި ވިދާޅުވެފައި ވަނީ އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވިކަން އޭސީސީން މިއަދު އަންގާފައިވާ ކަމަށެވެ.

"މި މައްސަލައާ ގުޅޭ އިލެކްޓްރޯނިކް-ޓެގްގެ ޕްރޮޖެކްޓް މިނިސްޓްރީން ހަވާލު ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އާންމުކޮށް އިއުލާން ކޮށްގެން، ހުޅުވާލެވިފައިވާ ބިޑެއްގައި އެންމެ ކުޑަ އަގުހުށަހެޅި ފަރާތަށެވެ،" އުމަރު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އުމަރު ވިދާޅުވީ އޭސީސީގެ ތުހުމަތުތަކާ ގުޅިގެން, އޭނާގެ ކެމްޕެއިން 90 ދުވަހުގެ މުއްދަތަށް މެދުކަނޑާލާފައިވާ ކަމަށެވެ.

"ދިވެހި ދައުލަތުގެ މަތީ މަގާމުތަކަށް އަންނަ މީހުންނަކީ ފަސްބައިގައި އެއްވެސް ކިލަނބު ކަމެއް ނެތް މީހުންނަށް ވާން ޖެހޭނެ ކަމަށް އަޅުގަނޑު އަބަދުވެސް ދެކެން،" އޭނާ ވިދާޅުވި އެވެ.

އުމަރު މިހެން ވިދާޅުވި ނަމަވެސް ކެމްޕެއިނާ ގުޅޭ ހަރަކާތްތަކެއް ފެނިގެނެއް ނުދެ އެވެ.

އޭސީސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން ހޯމް މިނިސްޓްރީން އޭރު ކޮށްފައިވާ އިއުލާނާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ އާންމުކޮށް އަމަލުކުރަމުންދާ އުސޫލުގެ ބޭރުން، އުމަރު ނަސީރުގެ ބެލުމުގެ ދަށުން އަދި އޭނާގެ އިރުޝާދުގެ ދަށުންނެވެ.

އެ ކަންކަމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ސްޓެލެވާޓް އަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަން އޭސީސީން ބުނެ އެވެ. އަދި މަސައްކަތް ހަވާލުކުރުން ކުރިޔަށް ގެންގޮސްފައި ވަނީ އުމަރު ނަސީރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ފައިދާ ހޯދާ ދިނުމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox