ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭތީ އުމަރަށް ދައުވާ ކުރަން ފޮނުވައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު:  އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދުނީ ކުށްވެރިންގެ ފައިގައި އަޅުވާ ޓެގު ހޯދުމަށް ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި. --ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު: އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދުނީ ކުށްވެރިންގެ ފައިގައި އަޅުވާ ޓެގު ހޯދުމަށް ކުންފުންޏަކާ ހަވާލުކުރި މައްސަލައިގައި. --ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެ މަގާމުގައި ހުންނަވައިގެން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ކޮރަޕްޝަންގެ އަމަލެއް ހިންގި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި އެދިއްޖެ އެވެ.

އޭސީސީ އިން ބުނީ 2015 ވަނަ އަހަރުގެ ތެރޭގައި ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުގެ މަސައްކަތް އުމަރު ހޯމް މިނިސްޓަރުގައި ހުންނަވައި ކުރީ އޭނާއާ ވިޔަފާރީގެ ގޮތުން ގުޅުން އޮންނަ ކުންފުންޏަކާ ކަމަށެވެ.

އޭސީސީން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ހިދުމަތްދޭނެ ފަރާތެއް ހޯދަން ހޯމް މިނިސްޓްރީން އޭރު ކޮށްފައިވާ އިއުލާނާ ގުޅޭ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ އާންމުކޮށް އަމަލުކުރަމުންދާ އުސޫލުގެ ބޭރުން، އުމަރު ނަސީރުގެ ބެލުމުގެ ދަށުން އަދި އޭނާގެ އިރުޝާދުގެ ދަށުންނެވެ.

އެ މަސައްކަތް ހަވާލުކުރި ސްޓެލްވާޓް މޯލްޑިވްސްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހަތަރު ފަރާތަކީ އުމަރުގެ ގާތްގުޅުން އޮންނަ ފަރާތްތަކެވެ. އަދި ދެ ހިއްސާދާރުންނަކީ އޭނާގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ އެއީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި އުމަރުގެ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެކެވެ.

"އެހެން ނަމަވެސް، ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު ނަސީރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއާގެ ގޮތުގައި އުމަރު ނަސީރު ބައިވެރިވެފައިވެއެވެ." އޭސީސީގެ ބަޔާނުގައިވެ އެވެ.

ސްޓެލްވާޓުން ގެނައި ޓެގާއި އިލެކްޓްރޯނިކް ސާމާނަކީ އެކަށީގެންވާ ތަކެތި ކަމަށް އިވެލުއޭޝަން ކޮމެޓީން ނިންމި ނަމަވެސް، މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމަށް އެ ކޮމެޓީން ނިންމާފައި ނެތް ކަމަށާއި އަދި އެ މަސައްކަތް ބިޑު ކޮމެޓީއަށް ހުށަހަޅާފައި ނެތް ކަމަށް ވެސް އޭސީސީން ބުނެ އެވެ.

މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމުގެ ހުއްދައަށް އެދި، އެ ފަރާތަށް އެޑްވާންސް ފައިސާ ދިނުމުގެ ލަފައަށް އެދި އުމަރު ނަސީރު ސޮއިކުރައްވައި ފިނޭންސް މިނިސްޓްރީ އަށް ސިޓީއެއް ފޮނުއްވާފައިވާކަން ތަހުގީގުން ފާހަގަވެފައިވެ އެވެ.

ސްޓެލްވާޓުން ބިޑު ހުށަހެޅިއިރު އެޑްވާންސްގެ ގޮތުގައި ބޭނުންވާނެ ކަމަށް ބަޔާންކޮށްފައިވާ ފަސް ލައްކަ ރުފިޔާ އެ ކުންފުންޏަށް ދީފައިވަނީ، ކުންފުނީގެ ފަރާތުން ލޯނު ނެގުމުގެ ބަދަލުގައި އެ މަސައްކަތް ފެށުމަށް ފަސޭހަކޮށް ދިނުމަށް ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

މި ކަންކަމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ސްޓެލެވާޓް އަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަން އޭސީސީން ބުނެ އެވެ. އަދި މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުން ކުރިޔަށް ގެންގޮސްފައިވަނީ އުމަރު ނަސީރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް އެ ކުންފުންޏަށް ފައިދާ ހޯދާ ދިނުމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox