ޓެރެރިޒަމް އޮޕަރޭޝަންތަކަށް ހާއްސަ ސެންޓަރެއް

ރައީސް ސޯލިހް ޖެޔޮކް ހުޅުވައިދެއްވަނީ: މިއީ ޓެރެރިޒަމް އޮޕަރޭޝަންތަކަށް ހާއްސަ ސެންޓަރެއް -- ފޮޓޯ: އެމްއެންޑީއެފް

ރައީސް ސޯލިހް ޖެޔޮކް ހުޅުވައިދެއްވަނީ: މިއީ ޓެރެރިޒަމް އޮޕަރޭޝަންތަކަށް ހާއްސަ ސެންޓަރެއް -- ފޮޓޯ: އެމްއެންޑީއެފް

ސަރުކާރުން ޓެރެރިޒަމްއަށް ދީފައިވާ ޒީރޯ ޓޮލެރެންސްގެ ސިޔާސަތުގެ ދަށުން ޓެރެރިޒަމްއާއި ދެކޮޅަށް ކުރިއަށް ގެންދާ އޮޕަރޭޝަންތަކަށް ހާއްސަ ސެންޓަރެއް ޖޮއިންޓް އިންޓަރ އޭޖެންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް) ގެ ނަމުގައި ހުޅުވައިފި އެވެ.

ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މި ސެންޓަރު ހުޅުވައިދެއްވީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ޑިފެންސް މިނިސްޓްރީން ބުނާގޮތުގައި މި ސެންޓަރުގެ މައިގަނޑު މަސައްކަތަކީ ޓެރަރިޒަމް ހުއްޓުވުމަށްޓަކައި ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމެވެ.

"ޓްރާންސްނޭޝަނަލް ސެކިއުރިޓީ ތުރެޓްތައް ނުވަތަ ގައުމެއްގެ ބޯޑަރު ފަހަނައަޅާ، މުޅި ސަރަހައްދަށް އޭގެ ބިރާއި ނާމާންކަން ފެތުރިފައިވާ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ ކްރޮސްބޯޑަރ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ، ސަލާމަތީ ނަޒަރަކުން ބަލާއިރު ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް" މި ސެންޓަރު ހުޅުވުމާއި ގުޅިގެން އެމްއެންޑީފުން ނެރުނު ނޫސްބަޔާނެއްގައި ބުންފައި ވެއެވެ.

ގައުމީ ދިފާއީ ބާރުން ބުނީ މި ގައުމުގައި ޓެރިރިޒަމާއި ހަރުކަށި ފިކުރުގެ މޫތައް އިތުރަށް ވަރުގަދަވެ، އެ ނެޓްވޯކްތައް ފުޅާވަމުންދާ ކަމަށެވެ. އަދި އެތައް ދިވެއްސެއް، މި ގައުމު ދޫކޮށް، ހަނގުރާމަތަކުގައި ބައިވެރިވުމަށްޓަކައި ގޮސްފައިވާކަންވެސް އެއިދާރާއިން ފާހަގަކުރި އެވެ.

އެގޮތުން މި ސަރުކާރުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްހުތަކެއް ގެނެސް، އެ ގާނޫނު ތަންފީޒު ކުރުމަށްޓަކައި ޓެރަރިޒަމް ރެސްޕޮންސް ޕްލޭނެއް މިހާރު އެކުލަވާލާފައި ވާނެ ކަމަށް އެމްއެންޑީފުން ބުންޏެވެ. އަދި "ސްޓޭޓް އޮފް ދަ އާރޓް" އާއި "ނެޓްވޯކް ސެންޓްރިކް ކަނެކްޓިވިޓީ" ގުޅުވާލައިގެން އެކުލަވައިލި ޖެޔޮކް އަކީ ޓެރަރިޒަމްގެ ހަމަލާތައް ފަދަ ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތުތަކުގައި ގައުމީ ފެންވަރުގެ ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި އޮޕަރޭޝަނަލް ހަބަށް ވެގެންދާނޭ ކަމަށް ފާހަގަކުރި އެވެ.

މި ސެންޓަރު ވުޖޫދަށް އައީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް އެމްއެންޑީއެފުން ވަނީ އޭނާއަށް ޝުކުރު އަދާކޮށްފަ އެވެ. މިނިސްޓަރުގެ އިތުރުން މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، އެމްއެންޑީއެފްގެ ލީޑަރޝިޕުގެ ބޭފުޅުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންވަނީ ބައިވެރިވެފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox