ހަމަނުޖެހުން ބޮޑުވި ސޮލޮމޮން އައިލެންޑްސް އިން ނިންމީ ބޮޑު ވަޒީރަށް އިތުބާރު އޮތް ކަމަށް

ސޮލޮމޮން އައިލެންޑްސްގެ ބޮޑު ވަޒީރު މަނާސޭ ސޮގަވަރޭ. -- ފޮޓޯ: ރޮއިޓާޒް

ސޮލޮމޮން އައިލެންޑްސްގެ ބޮޑު ވަޒީރު މަނާސޭ ސޮގަވަރޭ. -- ފޮޓޯ: ރޮއިޓާޒް

ހަމަނުޖެހުން ބޮޑުވި ސޮލޮމޮން އައިލެންޑްސްގެ ބޮޑު ވަޒީރު މަނާސޭ ސޮގަވަރޭ އަށް އިތުބާރު އޮތް ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނިންމައިފި އެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމުގައި ތިން ދުވަސް ވަންދެން މެދުކެނޑުމެއް ނެތި ބޮޑެތި ހަމަނުޖެހުން ހިނގި އެވެ.

އާއްމުން ހިތްހަމަނުޖެހުނީ ޓައިވާނާ އެކު އޮތް ގުޅުން ކުޑަކޮށް 2019 ވަނަ އަހަރުން ފެށިގެން ޗައިނާއާ ގާތް ގުޅުމެއް ސޮގަވަރޭގެ ސަރުކާރުން ގާއިމްކުރުމުންނެވެ.

ސިޔާސީ މައްސަލަތަކާ މެދު ރައްޔިތުން ނުރުހުން ފާޅުކޮށްފައި ވާތީ ބޮޑު ވަޒީރުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު ލީޑަރު މެތިއު ވޭލް އެވެ.

ހޯމަ ދުވަހު މަޖިލީހުގެ ބަހުސްގައި ވޭލް ތުހުމަތު ކުރެއްވީ ސޮގަވަރޭގެ ސަރުކާރުން ޗައިނާގެ ފައިސާގައި ޖެހިފައިވާ ކަމަށާއި "ހިދުމަތް ކުރަނީ ބޭރުގެ ބާރަކަށް" ކަމަށެވެ.

ނަމަވެސް ސޮގަވަރޭ ވިދާޅުވީ ޑިޕްލޮމެޓިކް ގުޅުން ބަދަލު ކުރީ ޗައިނާ އަކީ އިގްތިސާދީ ގޮތުން ބާރުގަދަ ގައުމަކަށް ވާތީ ކަމަށެވެ.

ދެ ގަޑިއިރު ވަންދެން މަޖިލީހުގައި ދެއްކެވި ވާހަކައިގައި ސޮގަވަރޭ ވިދާޅުވީ އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވަނީ ބަގާވާތެއް ހިންގަން އުޅެ ނާކާމިޔާބުވުމުން ކަމަށެވެ.

ވާހަކައިގެ ވަކި ހިސާބަކުން ތެދުވެވަޑައިގެން، ގޮނޑިކޮޅު އެއްލާލެއްވުމަށް ފަހު އިދިކޮޅު ލީޑަރު ވޭލް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްވީ 32 މެމްބަރުން ސޮގަވަރޭ އަށް އިތުބާރު އޮތް ކަމަށް ވޯޓު ދެއްވުމުންނެވެ. އެމަނިކުފާނާ ދެކޮޅަށް 15 މެމްބަރުން ވޯޓު ދެއްވިއިރު، ވަކިކޮޅަކަށް ޖެހިވަޑައިނުގަންނަވާ ދެ މެމްބަރުން ތިއްބެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox