ހީކުރިވަރަށް ވުރެ ޔުނައިޓަޑްގެ ކުޅުން ރަނގަޅު: ރަންގްނިކް

Dec 6, 2021, 8:37 AM
ހީކުރިވަރަށް ވުރެ ޔުނައިޓަޑްގެ ކުޅުން ރަނގަޅު: ރަންގްނިކް

މެންޗެސްޓާ (ޑިސެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކްރިސްޓަ ޕެލަސް އަތުން މެންޗެސްޓާ ޔުނައިޓަޑް މޮޅުވިއިރު، އެ މެޗުގައި ހީކުރިވަރަށް ވުރެ ރަނގަޅަށް ޔުނައިޓަޑް ކުޅުނު ކަމަށް އެ ޓީމުގެ އިންޓަރިމް ހެޑް ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.

އަމިއްލަ ދަނޑުގައި ރޭ ޕެލަސް އަތުން ޔުނައިޓަޑް މޮޅުވީ މެޗުގެ ދެ ވަނަ ހާފުގައި ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް ކާމިޔާބުކުރި ލަނޑުންނެވެ. މިއީ މި ސީޒަންގެ ނިޔަލަށް ޔުނައިޓަޑްގެ ކޯޗުކަމާ ހަވާލުވި ޖަރުމަނުގެ ރަންގްނިކްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗެވެ.

"ޓީމުގެ ފަރާތުން ފެނުނު ކުޅުމާ މެދު ވަރަށް ހިތްހަމަޖެހޭ. ހާއްސަކޮށް މެޗުގެ ފުރަތަމަ 30 މިނިޓުގެ ތެރޭގައި ވަރަށް ރަނގަޅަށް ޕްރެސްކޮށް، ވަރަށް މޮޅު ކުޅުމެއް ދެއްކި،" މެޗަށް ފަހު ރަންގްނިކް ބުންޏެވެ.

Advertisement

"އެންމެ ޓްރެއިނިން ސެޝަނަކާ އެކު ނުކުމެ، މި މެޗުގައި ޔުނައިޓަޑުން ދެއްކީ އަހަރެން އުންމީދުކުރި ވަރަށް ވުރެ ރަނގަޅު ކުޅުމެއް. އެކަމަކު ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންތައްތައް އެބަހުރި. އެކަންތައްތަކަށް ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރާނަން."

ރަންގްނިކް ބުނީ ޔުނައިޓަޑުން ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ކްލީން ޝީޓްތައް (ލަނޑު ނުވަދެ ފުރިހަމަކުރާ މެޗުތައް) ގިނަކުރުން ކަމަށެވެ.

"އަހަރެމެން އެބަޖެހޭ ކްލީން ޝީޓްތައް ގިނަކުރަން. އަދި އެޓޭކްގައި އުފައްދާ ފުރުސަތުތައް ވެސް ގިނަކުރަންޖެހޭ. މޮޅަކާއެކު، ރަނގަޅުކުރަން ހުރި ކަންތައްތަކަށް މަސައްކަތްކުރަން ތަންކޮޅެއް ފަސޭހަވާނެ،" ރަންގްނިކް ބުންޏެވެ.

ރަންގްނިކްގެ ކޯޗުކަމުގައި ޔުނައިޓެޑް ކުޅޭ ދެ ވަނަ މެޗުގައި އަންނަ ބުދަ ދުވަހުގެރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ކުޅޭނީ ސްވިޒަލެންޑްގެ ޔަންގް ބޯއީސްއާ އެވެ. ޔުނައިޓެޑް ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ވިޔަރެއާލް ބަލިކޮށް ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފަ އެވެ-- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox