ޖެނޯއާ ބަލިކޮށް ޔުވެންޓަސް ފަސް ވަނަ އަށް

Dec 6, 2021, 4:34 AM
ޖެނޯއާ ބަލިކޮށް ޔުވެންޓަސް ފަސް ވަނަ އަށް

ރޯމް (ޑިސެމްބަރު 6) - އިޓާލިއަން ލީގުގައި ރޭ ޖެނޯއާ އަތުން އަމިއްލަ ދަނޑުގައި 2-0 އިން މޮޅުވެ، ޔުވެންޓަސް ތާވަލްގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

މެޗުގެ ނުވަ ވަނަ މިނިޓުގައި ޔުވެންޓަސް އިން ލީޑު ނެގީ ކޮލަމްބިއާގެ ވިންގް، ހުއާން ކުއަޑްރާޑޯ ޖެހި ލަނޑުންނެވެ. ޔުވެންޓަސް އަށް ލިބުނު ކޯނަރަކުން ކުއަޑްރާޑޯ ހުރަސްކޮށްލި ބޯޅަ އަމާޒުވީ ގޯލުގެ ތެރެއަށެވެ.

މެޗުގެ 82 ވަނަ މިނިޓުގައި ޔުވެންޓަސްގެ ދެ ވަނަ ލަނޑު ޖެހީ އާޖެންޓީނާގެ މިޑްފީލްޑަރު ޕައުލޯ ޑިބާލާ އެވެ.

މިއީ އިޓާލިއަން ލީގުގައި އެންމެ ފަހުން ޔުވެންޓަސް ކުޅުނު ފަސް މެޗުގެ ތެރެއިން، އެ ޓީމު މޮޅުވި ހަތަރު ވަނަ މެޗެވެ. ޔުވެންޓަސް ތާވަލްގެ ފަސް ވަނަ އަށް އެރިއިރު، އެ ޓީމުގެ ކޯޗު މަސިމޯ އެލެގްރީގެ އުންމީދަކަށް ވާނީ ކުރިއަށް އޮތް މެޗުތަކުން ރަނގަޅު ނަތީޖާތަކެއް ނެރި، އެހެން ޓީމުތަކާ އޮތް ފަރަގު ކުޑަކުރުމަށެވެ.

ތާވަލްގެ އެއް ވަނައިގައި އޮތް އޭސީ މިލާނާއި ޔުވެންޓަސްއާ ދެމެދު 11 ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ.

ޔުވެންޓަސްގެ މިޑްފީލްޑަރު ޑިބާލާ ބުނީ ކުރިއަށް އޮތް މެޗުތަކުގައި ވެސް ޔުވެންޓަސްގެ ފޯމު ހިފަހައްޓަން ބުރަކޮށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މި ސީޒަންގައި ޖެނޯއާ ކުޅުނު 16 މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ އެންމެ މެޗަކުންނެވެ. މިލާންގެ ކުރީގެ ފޯވަޑް އަންްދްރޭ ޝެވްޗެންކޯ އެ ޓީމުގެ ކޯޗުކަމާ ހަވާލުވި ފަހުން ކުޅުނު ހަތަރު މެޗުން އެ ޓީމަށް ލިބުނީ އެންމެ ޕޮއިންޓެކެވެ. ޝެވްޗެންކޯ އެ ޓީމާ ހަވާލުވި ފަހުން، އެ ޓީމުން އަދި ގޯލެއް ވެސް ނުޖަހަ އެވެ.

އިޓާލިއަން ލީގުގައި ރޭ ބޮލޯންޔާ އަތުން 3-2 އިން މޮޅުވެ، ފިއޮރެންޓީނާ ވަނީ ފަސް ވަނައިގައި އޮތް ޔުވެންޓާސްއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފަ އެވެ. -- އޭއެފްޕީ

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox