އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
އޭސީސީގެ މަގާމެއް ހުސްވީ، އެ ކޮމިޝަނުގެ މެމްބަރު އަލީ އަޝްރަފު ބުރާސްފަތި ދުވަހު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ކުއްލި ގޮތަކަށް އަޝްރަފު އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެ ކަމަށް މައުލޫމާތު ލިބެ އެވެ.
އެކަމަކު އޭނާ އިސްތިއުފާ ދީފައި ވަނީ އޭސީސީގެ މެންބަރުންގެ މަސައްކަތުގެ އޮޑިޓެއް ހަދައި, މެންބަރުން ވަކިކުރުމުގެ މަސައްކަތްތައް ކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.
އިއްޔެ ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ، އޭސީސީން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ޑިސެމްބަރު 16 ވަނަ ދުވަހުގެ 12:30 ހާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ.
މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިގުރާރު ބަލައިގަތުން އޮންނާނީ ޑިސެމްބަރު 15 އަދި 16، މި ދެ ދުވަހު ރައީސް އޮފީހުގަ އެވެ.















