އަސްހަދަށް ޖޫރިމަނާ އަކާއި ހަ މެޗުގެ ސަސްޕެންޝަނެއް

އަސްހަދު އަލީ: އޭނާ އަށް ވަނީ ޖޫރިމަނާ އަކާއި ހަ މެޗުގެ ސަސްޕެންޝަނެއް އަތުވެފައި،-- ފޮޓޯ: އިމޭޖަސް.އެމްވީ

އަސްހަދު އަލީ: އޭނާ އަށް ވަނީ ޖޫރިމަނާ އަކާއި ހަ މެޗުގެ ސަސްޕެންޝަނެއް އަތުވެފައި،-- ފޮޓޯ: އިމޭޖަސް.އެމްވީ

ސްރީ ލަންކާގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި ސީޝެލްސްއާ ރާއްޖެ އެއްވަރުވި މެޗުގައި ރާއްޖޭގެ މިޑްފީލްޑަރު އަދި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ސީޝެލްސްގެ ކުޅުންތެރިޔަކަށް ބޯޅަ ނެތީސް ހަމަލާ ދިން މައްސަލަ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ބަލައި އަސްހަދަށް ފިޔަވަޅު އަޅައިފަ އެވެެ.

ޑިސިޕްލިނަރީ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު އަސްހަދުގެ މައްސަަލައިގައި ނިންމީ އޭނާ ހަ މެޗަށް ސަސްޕެންޑްކޮށް ހަ މެޗަށް ސަސްޕެންޑްކުރުމަށެވެ. އަދި އޭނާ 12،000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ސީޝެލްސްއާ 0-0 އިން އެއްވަރުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިތުރު ވަގުތުގައި ދެއްކި ހަތަރު މިނިޓްގެ ތެެރެއިން ފުރަތަމަ މިނިޓްގައި އަސްހަދު ކުޅެން އެރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފަހަތުން ދުވެފައި ގޮސް ސީޝެލްސްގެ ކެޕްޓަން ބެނޮއިޓް މޭރީ މޫނުމަތީގައި ވަރަށް ބާރަށް އުޅަބޮށިން ޖެހި އެވެ. އެއާ އެކު އޭނާ އަށް ރެފްރީ ވަގުތުން ރަތްކާޑެއް ދެއްކި އެވެ.

ޑިސިޕްލިނަރީ ކޮމިޓީ އަށް ހާޒިރުކުރުމުން އަސްހަދު ބުނީ ބެނޮއިޓް ގައިގައި އެ ގޮތަށް ޖަހަން މެދުވެރިވީ ގިނަ ސަބަބުތަކަކާ ހެދި ކަމަށެވެ. އެ ގޮތުން ބަދަލެއްގެ ގޮތުގައި ކުޅެން އަރުވަން އަސްހަދު ޓެކްނިކަލް އޭރިއާ ރޮނގުކައިރީގައި ހުންނަން ޖެހުނު ވަގުތު ގިނަވެ، އޭނާ ހިތްހަމަ ނުޖެހުނު ކަމަށާއި ދަނޑަށް ކުޅެން އެރިތަނުން ސީޝެލްސްގެ ކުޅުންތެރިއަކު ބޭއަދަބީ ބަހުން މުއާމަލާތުކޮށް، ފައި މައްޗަށް ފައިން އެރިކަމަށް އަސްހަދު ބުނެފައިވެ އެވެ.

އެކަމަކު، ސީޝެލްސް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދި މެޗަށް ފަހު އެ ޓީމުގެ ކޯޗު ނެވިލް ވިވިއަން ބޯތު ގާތުގައި ސީޝެލްސް ކެޕްޓަން ބެނޮއިޓަށް އަސްހަދު އެ ގޮތަށް ހަމަލާ ދިނީ ސަބަބެއް އޮވެގެންތޯ "އަދަދު" އިން ސުވާލުކުރުމުން ބޯތު ބުނީ އޭނާ އަށް އެނގޭ ގޮތުގައި ބެނޮއިޓް ގަސްދުގައި އަސްހަދު ރުޅިއަރުވަން ކަމެއް ނުކުރާ ކަމަށެވެ.

އަސްހަދު، މިި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް ކުޅެން ފެށި 2018 ވަނަ އަހަރުގެ މާޗު 27 ވަނަ ދުވަހު ގައުމީ ޓީމުން ރިޓަޔާކޮށްގެން ހުރުމަށް ފަހު އެވެ. އޭޝިއަން ކަޕް ކޮލިފައިންގައި އެރޭ ބޫޓާނާ ދެކޮޅަށް ކުޅެން އޮއްވާ ކުއްލި ގޮތަކަށް އޭނާ ރިޓަޔާކުރީ ކެޕްޓަން ބޭންޑް ނުދިނުމުންނެވެ. ޕްރެސް ކޮންފަރެންސަށް ހާޒިރުނުވާތީ ކަމަށް ބުނެ އަލީ އަޝްފާގް (ދަގަނޑޭ) ސަސްޕެންޑްކުރުމުން އަސްހަދު ހީކުރީ ބޭންޑް ލިބޭނީ އޭނާ އަށް ކަމަށެވެ.

ކްލަބް ވެލެންސިއާގެ ޕްރެކްޓިހުގެ ތެރެއިން އަސްހަދު.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

އެކަމަކު، ކެޕްޓަންކަން ދިނީ އަކުރަމް އަބްދުލް ގަނީ (އަކޫ) އަށެވެ. ސެގާޓް ބުނީ އަސްހަދަށް ބޭންޑް ނުދިނީ އެ އަހަރު ރިޓަޔާކުރަން އޭނާ ނިންމާފައިވާތީ ކަމަށެވެ. އަސްހަދަކީ މީގެ ކުރިން ވެސް އަހުލާގީ މައްސަލަތައް ގިނަ ކުޅުންތެރިއެކެވެ. އެގޮތުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން މެލޭޝިއާ އަށް ގައުމީ ޓީމު ފުރަން ގޮސް ތިއްބާ ކިޓް މެނޭޖަރު ހަސަން ނިޒާރު މުހައްމަދު (ބޮޑޭ) ގެ ޕާސްޕޯޓް ފޮރުވި މައްސަލައިގައި އޭނާ، ރާއްޖެ ތަށި ނެގި އެ މުބާރާތުގައި ވާދަކުރި ގައުމީ ޓީމުން ސަސްޕެންޑްކުރި އެވެ.

އޭގެ ފަހުން ސިޔާސީ ހަރަކާތްތަކެއްގެ ތެރެއިން ފުލުހުން އޭނާ ދެ ފަހަރެއްގެ މަތިން ހައްޔަރުކުރި އެވެ. އެއާ އެކު ކްލަބް ލެވެލްގެ ބައެއް މެޗުތައް ގެއްލުނެވެ. އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރު އަބްދުލް ބާރީ ޔޫސުފްގެ ފޮޓޯއެއް ނެގި މައްސަލައިގައި 2016 ގައި އަސްހަދު ހައްޔަރުކުރި އެެވެ. އެ ފަހަރު އޭނާ ބަންދުކޮށްފައި ހުރުމުން އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު މެޗުތަކެއްގައި ނުކުޅެވުނެވެ.

ވިކްޓްރީ، ވީބީ، ބީޖީ، މާޒިޔާ އަދި ނިއު ރޭޑިއަންޓުގެ ކުރީގެ ކުޅުންތެރިޔާ އަކީ ކުރިން ފޯވާޑެކެވެ. އެކަމަކު ފަހުން މިޑްފީލްޑަރަކަށް ބަދަލުވީ އެވެ. އޭނާ އަކީ މަސައްކަތުގެ ރޭޓު ވަރަށް މަތީ ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި އީގަލްސް އިން ފެނުނު އަސްހަދު ކުރިއަށް އޮތް ސީޒަނަށް ޕްރެކްޓިސް ކުރަމުން އަންނަނީ ކްލަބް ވެލެންސިއާއާ އެކު އެވެ. ވެލެންސިއާ އިން ބުނީ އަސްހަދު އެ ޓީމަށް ބަދަލުވުމުގެ ކަންކަން ރަސްމީކޮށް ނުނިމޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox