އާސެނަލް ބަލިކޮށް ވަގުތީ ކޯޗު ކެރިކް ޔުނައިޓެޑް ދޫކޮށްލައިފި

Dec 2, 2021, 11:05 PM
މިރޭގެ މެޗުގެ ތެރެއިން ކެރިކް: އޭނާ ވަނީ ޔުނައިޓެޑް ދޫކޮށްލަން ނިންމާފައި.

މިރޭގެ މެޗުގެ ތެރެއިން ކެރިކް: އޭނާ ވަނީ ޔުނައިޓެޑް ދޫކޮށްލަން ނިންމާފައި.

މެންޗެސްޓާ (ޑިސެމްބަރު 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް އަތުން 3-2 އިން މެންޗެސްޓާ ޔުނައިޓެޑް މޮޅުވި މެޗަށް ފަހު އެ ޓީމުގެ ވަގުތީ ކޯޗުގެ މަގާމު އަދާކުރި މައިކަލް ކެރިކް ޓީމު ދޫކޮށްލައިފި އެވެ.

ޔުނައިޓެޑްގެ ކޯޗުކަމުގައި އޮލެ ގުނަ ސޯލްޝެއާ ހުރިއިރު، ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ހުރި ކެރިކް ވަގުތީ ގޮތުން ހެޑް ކޯޗެއްގެ ޒިންމާ ނަގަން ފެށީ ސޯލްޝެއާ މަގާމުން ވަކިކުރުމުންނެވެ. ކެރިކްގެ ކޯޗުކަމުގައި ޔުނައިޓެޑުން ފުރަތަމަ ކުުޅުނު މެޗުގައި ވަނީ ޗެމްޕިއަންސް ލީގުގައި 2-0 އިން ވިޔަރެއާލް ބަލިކޮށްފަ އެވެ. ދެ ވަނަ މެޗުން މިދިޔަ އާދިއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީއާ 1-1 އިން އެއްވަރުކުރިއިރު، ތިން ވަނަ މެޗުން މިރޭ މި ވަނީ އަމިއްލަ ދަނޑުގައި އާސެނަލް ބަލިކޮށްފަ އެވެ.

މިއީ އެންމެ ފަހުން އާސެނަލާ ދެކޮޅަށް ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ޔުނައިޓެޑަށް ލިބުނު ފުރަތަމަ މޮޅެވެ. އަދި ލީގުގައި އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވި ދެ ވަނަ މެޗެވެ. މެޗަށް ފަހު ޔުނައިޓެޑުން ވަނީ ކެރިކް ކްލަބް ދޫކޮށްލިކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.

"ފަނަރަ އަހަރު ކުރިން މި ކްލަބަށް ކުޅުންތެރިއެއްގެ ގޮތުގައި ސޮއިކޮށް އަހަރެން ވަރަށް ގިނަ ތަށިތަކެއް ހޯދިން. އެއީ ވަރަށް ހަނދާން ހުންނާނެ ކަންތައްތަކެއް. ކުޅުންތެރިއެއްގެ ގޮތުގައި ތަޖުރިބާ ކުރި ކަންތައްތަކާއި ކޯޗެއްގެ ގޮތުގައި މި ކުރެވުނު މަސައްކަތް އަބަދުވެސް ހަނދާން ހުންނާނެ. މިއީ އަހަރެން އެހެން މިސްރާބަކަށް ދާން ޖެހޭ ވަގުތެއް، އަބަދުވެސް ހުންނާނީ ޔުނައިޓެޑްގެ ސަޕޯޓަރެއްގެ ގޮތުގައި،" ކެރިކް ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ ދެން ހަވާލުވާ ޖަރުމަނުގެ ކޯޗު ރަލްފް ރަންގްނިކްގެ ވޯކްވިސާ ހަމަޖެހިފައިވާއިރު، އޭނާ ޓީމާ ރަސްމީކޮށް ހަވާލުވެ ނުކުންނާނެ ފުރަތަމަ މެޗަކީ އާދިއްތަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

އާސެނަލްގެ ޓޮމިޔާސޫ (ކ) އާއި ބެން ވައިޓް ކައިރިން ރޮނާލްޑޯ ބޯޅަހިފައިގެން.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުން ފަށަން ޖެހުނީ ގޯލެއް ފަހަތުންނެވެ. މެޗުގެ 13 ވަނަ މިނިޓްގައި އާސެނަލުން ލީޑުނެގީ އެމިލް ސްމިތު-ރޯވް ޖެހި ގޯލުންނެވެ. ކޯނަރަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައެއްގައި ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ މިޑްފީލްޑަރު ފްރެޑްގެ ފައިން އެ ޓީމުގެ ކީޕަރު ޑޭވިޑް ޑެހެއާ ފައިމައްޗަށް އެރުނެވެ. އެ ވަގުތު ޑެހެއާ ވެއްޓިފައި އޮއްވައި ކުޅުމުގެ ތެެރެއިން ސްމިތު-ރޯވް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ ރެފްރީ މާޓިން އެޓްކިންސަން ފުރަތަމަ ފައުލަކަށް ދެއްކި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދެއްކީ ގޯލެއް ކަމަށެވެ.

އުމުރުން 21 އަހަރުގެ ސްމިތު-ރޯވް އަކީ ޔުނައިޓެޑް ދަނޑުގައި އާސެނަލަށް ގޯލެއް ޖަހައިދިން ދެ ވަނަ އަށް އެންމެ ހަގު ކުޅުންތެރިޔާ އެވެ.

ފްރެޑް ވަނީ ފުރަތަމަ ހާފުގައި އޭނާ އަށް ހެދުނު ގޯސް ރަނގަޅުކޮށް ޔުނައިޓެޑަށް އެއްވަރުކޮށްދޭން އެހީތެރިވެފަ އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑަށް އެއްވަރުކޮށްދިން ގޯލު ޖެހީ ފްރެޑް އޭރިއާތެރެއިން ދިން ބޯޅައަކުންނެވެ. މިއީ ފެނާންޑޭޒް ޔުނައިޓެޑަށް ކުޅެދިން 100 ވަނަ މެޗެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ މާކަސް ރެޝްފޯޑް ދިން ބޯޅައަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ލީޑުނަގަައިދީފަ އެވެ. އެންމެ ފަހުން ޗެލްސީ މެޗުގައި ބަދަލެއްގެ ގޮތުގައި ކުޅެން އެރި ރޮނާލްޑޯ މިރޭ ވަނީ ފުރަތަަމަ އެގާރައިގައި ކުޅެފަ އެވެ.

ޔުނައިޓެޑަށް ލީޑު ހިފަހައްޓައިލެވުނީ ދެ މިނިޓް އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތަކުން މެޗުގެ 54 ވަނަ މިނިޓްގައި މާޓިން އޮޑެގާޑް ވަނީ އާސެނަލަށް އެއްވަރުކޮށްދީފަ އެވެ. ޔުނައިޓެޑުން އަލުން ލީޑުނެގި ގޯލަކީ އޮޑެގާޑް ދިން ޕެނަލްޓީ އަކުން ރޮނާލްޑޯ ޖެހި ގޯލެކެވެ. އޭރިއާތެރެއިން ފްރެޑަށް އޮޑެގާޑް ކުރި ފައުލަށް ރެފްރީ އެޓްކިންސަން ޕެނަލްޓީ ދޭން ނިންމީ ވީއޭއާރް އިން ބަލައިފަ އެވެ. ރޮނާްލްޑޯ ޕެނަލްޓީ ފޮނުވާލީ ގޯލުގެ މެދަށެވެ.

މިރޭގެ ދެ ގޯލާ އެކު ރޮނާލްޑޯ ވަނީ ކެރިއަރުގައި 801 ގޯލު ހަމަކޮށްފަ އެވެ. ޔުނައިޓެޑަށް ދެ ފަހަރެއްގެ މަތިން ކުޅުނުއިރު އެ ޓީމަށް 130 ގޯލު ޖަހައިދިނެވެ. އެންމެ ފުރަތަމަ ކުޅުނު ސްޕޯޓިން ލިޒްބަން އަށް ފަސް ގޯލު ޖަހައިދިންއިރު، ރެއާލް މެޑްރިޑަށް 450 ގޯލާއި ޔުވެންޓަސް އަށް 101 ގޯލު ޖަހައިދިނެވެ. އަދި ޕޯޗުގަލް ގައުމީ ޓީމަށް 115 ގޯލު ޖެހި އެވެ.

އާސެނަލަށް މިރޭ މޮޅުވެގެން ހަތަރަކަށް އެރުމުގެ ފުރުސަތު އޮތްނަމަ ވެސް ބަލިވުމުން އެ ޓީމު އޮތީ ފަސް ވަނައިގައި 14 މެޗުން 23 ޕޮއިންޓާ އެކު އެވެ. ހަ ވަަނައިގައި އޮތީ މިރޭ ބްރެންޓްފޯޑް އަތުން 2-0 އިން މޮޅުވި އެންޓޯނިއޯ ކޮންޓޭ ކޯޗުކޮށްދޭ ޓޮޓެންހަމް އެވެ. ޓޮޓެންހަމަށް 13 މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. ޔުނައިޓެޑް، ހަތް ވަނައިގައި އޮތީ 14 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ. އެއީ ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީ އަށް ވުރެ 12 ޕޮއިންޓް ފަހަތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox