ޔުނައިޓެޑް އެ އޮތީ އާސެނަލް ވެސް އޮތް ހާލަތެއްގައި: އާޓެޓާ

Dec 2, 2021, 7:32 AM
ޔުނައިޓެޑް އެ އޮތީ އާސެނަލް ވެސް އޮތް ހާލަތެއްގައި: އާޓެޓާ

މެންޗެސްޓާ (ޑިސެމްބަރު 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭގެ މެޗަށް ނުކުންނައިރު، މެންޗެސްޓާ ޔުނައިޓެޑް ލީގު ތާވަލުގައި އޮތް މަގާމަށް ބަަލައި، އެ ޓީމަކީ ދަށް ޓީމެއްގެ ގޮތުގައި ނުދެކޭނެ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ލީގުގެ ފަސް ވަނައިގައި އާސެނަލް އޮތީ 13 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ޔުނައިޓެޑް 10 ވަނައިގައި އޮތީ 13 މެޗުން 18 ޕޮއިންޓާ އެކު އެވެ. އާސެނަލަށް މިރޭގެ މެޗުން މޮޅުވެގެން ލީގުގެ ހަތަރަކަށް އެރޭނެ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު އާޓެޓާ ބުނީ ޔުނައިޓެޑް މި ވަގުތު ކޮންމެ ހާލަތެއްގައި އޮތް ކަމުގައި ވިޔަސް މެޗުތަކުގައި އެ ޓީމުން ކުރާ ރަނގަޅު މަސައްކަތް ފެންނަ ކަމަށެވެ. އަދި މި ވަގުތު އެ ޓީމުގެ ނަތީޖާތަކަށް ބަލައިގެން މުޅި ޓީމާ މެދު ގޮތެއް ނުނިންމޭނެ ކަމަށް އާޓެޓާ ގަބޫލުކުރެ އެވެ.

"އެ ޓީމަށް ބަލަންވީ. ނަތީޖާ ކޮންމެ ގޮތަކަށް ވެސް ނުކުމެދާނެ. އަހަންނަށް ޔުނައިޓެޑް އަދިވެސް ފެންނަނީ އެންމެ ވަރުގަދަ އެއް ޓީމުގެ ގޮތުގައި، އެ މީހުން މި ވަގުތު އޮތް މަގާމަށް ބަލައިގެން އެއީ ދަށް ޓީމެއްގެ ގޮތުގައި ދެކުމަކީ ގޯހެއް،" އާޓެޓާ ބުންޏެވެ.

"ޔުނައިޓެޑް އެ އޮތީ އަހަރެމެން (އާސެނަލް) ވެސް މި ސީޒަނުގައި އޮތް ހާލަތެއްގައި. މޮޅުތަކެއް ވުމާ އެކު ފޯމު ރަނގަޅުވާނެ"

އާސެނަލާއި ޔުނައިޓެޑްގެ ކުރިމަތިލުންތަކުގެ ތެރެއިން ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ޔުނައިޓެޑަށް އާސެނަލް ބަލިނުކުރެވެ އެވެ. މިރޭގެ މެޗުން ވެސް ބަލިނުވެ، އާސެނަލުން ފަރުޖައްސާލައިފިނަމަ މިއީ ޔުނައިޓެޑް ތާރީހުގައި އާސެނަލް ބަލިނުކޮށް ލީގުގައި އެންމެ ދިގު މުއްދަތެއް ހޭދަވާ ފަހަރެވެ. އާސެނަލުން އެންމެ ފަހުން ޔުނައިޓެޑް ދަނޑުގައި ލީގުގައި ޖެހިޖެހިގެން ދެ މޮޅު ހޯދީ 1979 ވަނަ އަހަރު އެވެ.

މިދިޔަ ސީޒަނުގައި ޔުނައިޓެޑް ދަނޑުގައި އާސެނަލުން ހޯދި މޮޅުން މިރޭގެ މެޗަށް ކުރާނެ އަސަރެއް އެބައޮތްތޯ ސުވާލުކުރުމުން އާޓެޓާ ބުނީ ކުރިން ވެފައި އޮތް ކަންކަމަށް ސަމާލުކަމެއް ނުދީ އޭނާ ވިސްނާނީ ކުރިއަށް އޮތް މެޗުން މޮޅުވެވޭނެ ގޮތްތަކަށް ސަމާލުކަން ދީގެން އެ އަށް މަސައްކަތް ކުރުމަށް ކަމަށެވެ.

ޔުނައިޓެޑް ބަލިކޮށްގެން މި ވަގުތު ގަދަ ހަތަރަކަށް ވަދެވެން އޮތް ކަމުގައި ވިޔަސް އެ އަށް ވުރެ ބޮޑަށް ބޭނުންވަނީ "ގަދަ ހަ ކްލަބް"ގެ ތެރެއިން ކޮންމެ ވެސް ޓީމެއްގެ ދަނޑެއްގައި މޮޅެއް ހޯދައި މުޅި ޓީމުގެ ކޮންފިޑެންސް ރަނގަޅު ކުރުމަށް ކަމަށް އާޓެޓާ ބުނެފައިވެ އެވެ.

ޔުނައިޓެޑްގެ ކޯޗުގެ މަގާމާ ހަވާލުވި ޖަރުމަނުގެ މަޝްހޫރު ކޯޗު ރަލްފް ރަންގްނިކްގެ ވޯކް ޕާމިޓް ކަންކަން ހަމަނުޖެހޭތީ މިރޭ އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް އިރުޝާދު ދޭނީ އެންމެ ފަހުން ދެ މެޗުގައި ވެސް ފެނުނު ވަގުތީ ކޯޗު މައިކަލް ކެރިކް އެވެ.

ކެރިކް ބުނީ މިރޭގެ މެޗުގައި ޓީމު ނެގުމުގެ ހުރިހާ ކަމަކާއި ތައްޔާރީތަކުގެ ހުރިހާ ޒިންމާއެއް އޮތީ އޭނާ އަށް ކަމަށެވެ.

"އާ ކޯޗެއް ގެނައި ކަމުގައި ވިޔަސް މި މެޗުގައި މި ހުރީ އަހަރެން. އާ ކޯޗު (ރަންގްނިކް)ގެ ހުރިހާ ކަމެއް ހަަަމަނުޖެހޭތީ އޭނާ އަށް ޓީމު ރޭވުމުގައި ބައިވެރިވެވޭނެ ގޮތެއް އަދި ނޯންނާނެ،" ކެރިކް ބުންޏެވެ.

ޗެލްސީ އާއި ޔުނައިޓެޑް 1-1 އިން އެއްވަރުވި މެޗުގައި ޔުނައިޓެޑްގެ ބެންޗުގައި އިނދެ، ކޯޗިން ޓީމުގައި ހިމެނޭ ޑަރެން ފްލެޗާ ހެޑްފޯނު އަޅައިގެން ވާހަަކަ ދައްކަން އިނީ ރަންގްނިކްއާ ކަމަށް އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް ކެރިކް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ. މިރޭގެ އާސެނަލާއި ޔުނައިޓެޑް ކުޅޭ މެޗު ބަލަން ރަންގްނިކް ޔުނައިޓެޑްގެ ދަނޑަށް ދާނެ އެވެ.

ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ޔުނައިޓެޑް މޮޅުވީ އެންމެ މެޗަކުންނެވެ. ޔުނައިޓެޑާއި އާސެނަލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox