ސައުދީ އަރަބިއްޔާގައި ލަވަ ހުށަހަޅަން އުޅޭތީ ބީބާއަށް ޕްރެޝަރު ބޮޑުވެއްޖެ

ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ. -- ފޮޓޯ: އޭއެފްޕީ

ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ. -- ފޮޓޯ: އޭއެފްޕީ

ޑުބާއީ، ޔޫއޭއީ (ޑިސެމްބަރު 1) - ސައުދީ އަރަބިއްޔާގައި އޮންނަ ފޯމިއުލާ ވަން ގްރޯން ޕްރީ ފެށުމުގެ ރަސްމިއްޔާތުގައި ކެނެޑާގެ ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ލަވަ ހުށަހަޅަން އެއްބަސްވުމުން ޕްރެޝަރު ކުރިމަތިވެއްޖެ އެވެ.

އުމުރުން 27 އަހަރުގެ ބީބާ އެތައް ހާސް ބަޔެއްގެ ކުރިމަތީގައި ލަވަ ހުށަހަޅަން ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހު ޖިއްދާގަ އެވެ. އޭނާގެ އިތުރުން ފްރާންސްގެ ސުޕަސްޓާ ޑީޖޭ ޑޭވިޑް ގެޓާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ޖޭށަން ޑެރުލޯގެ ހުށަހެޅުންތައް ވެސް އޮންނާނެ އެވެ.

މީގެ ކުރިން ސައުދީ އަރަބިއްޔާގައި ބާއްވާފައިވާ ބޮޑެތި އިވެންޓުތަކާ ގުޅިގެން އެހެން ތަރިންނަށް ވެސް ފާޑުކިޔުން އަމާޒުވެފައި ވެ އެވެ. އެފަދަ އިވެންޓުތައް ގިނަކޮށް، ސައުދީ އަރަބިއްޔާ އިން މަސައްކަތް ކުރަނީ ގައުމުގެ މޫނުމަތި ބަދަލުކޮށްލުމަށެވެ.

ބީބާގެ ނިންމުން ބަދަލުކޮށް، ސައުދީ އަރަބިއްޔާގައި ހުށަހެޅުން ނުދޭން ޕްރެޝަރު ކުރުމުގައި އެންމެ އިސްކޮށް އުޅެނީ މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ހަޝޮގްޖީގެ ލޯބިވެރިޔާ ހަތީސޭ ސެންގިޒް އެވެ. ދެހާސް އަށާރަ ވަނަ އަހަރު ހަޝޮގްޖީ މަރާލީ ތުރުކީގައި ހުންނަ ސައުދީ ކޮންޒިއުލޭޓް ތެރޭގަ އެވެ.

"މިއީ ދުނިޔެ އަށް ވަރުގަދަ މެސެޖެއް ދޭން ރަނގަޅު ފުރުސަތެއް. މިއީ ފާޑުކިޔާ ފަރާތްތައް މަރާ ސަރުކާރެއްގެ މޫނުމަތި ބަދަލުކުރަން ބީބާގެ ނަމާއި ހުނަރު ބޭނުން ނުކުރެވޭނެކަން އަންގައިދޭން ލިބޭ ފުރުސަތެއް،" ވޮޝިންޓަން ޕޯސްޓުގައި ލިޔުނު އޮޕީނިއަން އެއްގައި ސެންގިޒް ބުންޏެވެ.

ބީބާ އަށް ޕްރެޝަރު ކުރުމަށް ހިންގާ ކެމްޕެއިން ސޯޝަލް މީޑިއާގައި ވެސް ވަނީ ވައިގައި ހިފާފަ އެވެ. އެގޮތުން WTFJustin# ހޭޝްޓެގް ދަނީ ޓްވިޓާގައި ދައުރުވަމުންނެވެ.

މިދިޔަ މަހު ލޮސް އެންޖެލިސްގައި އޮތް އެމެރިކަން މިޔުޒިކް އެވޯޑްސް ހަފްލާ ބޭއްވި މަރުކަޒު ކައިރީގައި ވެސް "ވައި އިޒް ބީބާ ސިންގިން ފޯ ސައުދީ ކިލާޒް؟" ޖަހާފައިވާ ބޮޑު ބެނާއެއް ކުޑަ މަތިންދާބޯޓެއްގެ އެހީގައި ދުއްވާފައި ވެ އެވެ.

އެ ކެމްޕެއިނާ ގުޅޭ ގޮތުން ބީބާ އަދި އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox