ޗައިނާއާ ވާދައަށް އީޔޫގެ އެހީގެ ގޮތުގައި 340 ބިލިއަން ޑޮލަރު ކަނޑައަޅައިފި

ޗައިނާ އަދި އީޔޫގެ ދިދަ.

ޗައިނާ އަދި އީޔޫގެ ދިދަ.

ބްރަސެލްސް، ބެލްޖިއަމް (ޑިސެމްބަރު 1) - ޗައިނާގެ "ބެލްޓް އެންޑް ރޯޑް" ސްޓްރެޓެޖީއާ ވާދަކުރުމުގެ ގޮތުން ޔޫރަޕުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ޕަބްލިކް އަދި ޕްރައިވެޓް އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓުތަކަށް 340 ބިލިއަން ޑޮލަރު ނުވަތަ 300 ބިލިއަން ޔޫރޯ ކަނޑައަޅަން ޔޫރަޕިއަން ކޮމިޝަނުން ނިންމައިފި އެވެ.

"ގްލޯބަލް ގޭޓްވޭގެ އަމާޒަކަށް ވާނީ 2021 ވަނަ އަހަރާއި 2027 ވަނަ އަހަރާ ދެމެދު 300 ބިލިއަން ޔޫރޯގެ އިންވެސްޓްމަންޓު ފެށުން. އީޔޫ އާއި މެމްބަރު ދައުލަތްތަކާއި ޔޫރަޕްގެ މާލީ އިދާރާތަކާއި ވަކި ގައުމުތަކުގެ މާލީ އިދާރާތަކުގެ ވަސީލަތްތައް މިކަމަށް ބޭނުންކުރެވޭނެ،" އެ ކޮމިޝަނުން ތައްޔާރު ކުރި ލިޔުމެއްގައި ވެ އެވެ.

"ގްލޯބަލް ގޭޓްވޭ" ޕްލޭނުގައި ވާދަވެރި ޗައިނާގެ ވާހަކަ ހިމަނާފައެއް ނުވެ އެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވެރިޔާ އުރްސުލާ ވޮން ޑެ ލެޔެން ސިފަކުރެއްވި ގޮތުގައި އެ ޕްލޭނަކީ "ދުނިޔޭގެ އެކި ކަންކޮޅުގައި ބިޔަ އިންފްރާސްޓްރަކްޗާ ބިނާ ކުރުމަށް މަގު ޗާޓެކެވެ."

ޗައިނާގެ އިންވެސްޓްމަންޓް ސްޓްރެޓެޖީ "ބެލްޓް އެންޑް ރޯޑް" ފެށީ 2013 ވަނަ އަހަރު އެވެ. މިއީ ރައީސް ޝީ ޖިންޕިން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ މަޝްރޫއެކެވެ. ޗައިނާ އިން ބުނީ 2020 ވަނަ އަހަރުގެ ނިޔަލަށް އެކި ގައުމުތަކުގައި 139.8 ބިލިއަން ޑޮލަރު އިންވެސްޓު ކުރި ކަމަށާއި އޭގެ ތެރެއިން 22.5 ބިލިއަން އިންވެސްޓު ކުރީ ހަމައެކަނި މިދިޔަ އަހަރުގެ ތެރޭގައި ކަމަށެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ގާއިމްކުރަން ބޭނުންވާ ރޫޓުތައް.
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ގާއިމްކުރަން ބޭނުންވާ ރޫޓުތައް.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ގާއިމްކުރަން ބޭނުންވާ ރޫޓުތައް.

ޗައިނާ އިން ބުނާ ގޮތުގައި އެ މަޝްރޫއުގެ ބޭނުމަކީ ޗައިނާ އާއި އޭޝިއާ، ޔޫރަޕް އަދި އެފްރިކާ ކަނޑާއި އެއްގަމު މަގުން މިހާރަށް ވުރެ ބޮޑަށް ގުޅާލުމެވެ. އޭގެ ބޭނުމަކީ ވިޔަފާރި އާއި ތަރައގީ ކުރިއެރުވުމެވެ. ގިނަ ގައުމުތަކުން ޗައިނާގެ މަޝްރޫއުގައި ބައިވެރިވެ އެވެ.

ނަމަވެސް ހުޅަނގުގެ ގައުމުތަކުން ދެކޭ ގޮތުގައި އެއީ ފަގީރު ގައުމުތަކުގެ މައްޗަށް ޗައިނާގެ ނުފޫޒު ހިންގުމުގެ ވަސީލަތެކެވެ. އެގޮތުން މަޝްރޫއުތައް ހަވާލުކުރުމުގައި ސިއްރުން ހިންގާ ޓެންޑާއިން ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަށާއި މަޝްރޫއުތަކުން ގައުމުތައް ދަރަނީގެ ދަންތުރައެއްގައި ޖެހޭ ކަމަށް ތުހުމަތު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox