ޓެނިސް ތަރީގެ މައްސަލަ ބޮޑުވެ ޗައިނާ މުބާރާތްތައް ހުއްޓުމަކަށް

ޗައިނާގެ ޓެނިސް ތަރި ޕެންގް ޝުއާއީ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ޗައިނާގެ ޓެނިސް ތަރި ޕެންގް ޝުއާއީ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ޓެނިސް ތަރި ޕެންގް ޝުއާއީގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރުމަށް ފަހު ޗައިނާގައި ބާއްވާ ޓެނިސް މުބާރާތްތައް ސަސްޕެންޑު ކުރަން ވިމެންސް ޓެނިސް އެސޯސިއޭޝަން (ޑަބްލިއުޓީއޭ) އިން ނިންމައިފި އެވެ.

އުމުރުން 35 އަހަރުގެ ޕެންގް އާއްމު ތަންތަނުން ފެނުން ހުއްޓުނީ މީގެ ތިން ހަފުތާ ކުރިން ޗައިނާގެ އިސް އޮފިޝަލަކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރި ފަހުންނެވެ.

ޑަބްލިއުޓީއޭގެ ވެރިޔާ ސްޓީވް ސައިމަން ވިދާޅުވީ ޕެންގް "މިނިވަންކަމާ އެކު ބިރެއް ނެތި" އުޅޭ ކަމާ މެދު "ސީރިއަސް ޝައްކުތަކެއް" އެބަ ހުރި ކަމަށެވެ.

"މި ހާލަތުގައި އަޅުގަނޑުމެންގެ އެތުލީޓުން ޗައިނާގައި އޮންނަ މުބާރާތްތަކުގައި ވާދަކުރުމަށް އެދެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.

ޕެންގް އުފުލި ޖިންސީ ގޯނާގެ ތުހުމަތާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގަން ޑަބްލިއުޓީއޭ އިން ތަކުރާރުކޮށް ގޮވާލާފައި ވެ އެވެ.

ޕެންގްގެ ހާލަތާ މެދު ކަންބޮޑުވުން އުފެދުނީ ކުރީގެ ވައިސް ޕްރިމިއާ ޒާންގް ގައޯލީ އަށް ޖިންސީ ގޯނާގެ ތުހުމަތު ކުރި ފަހުންނެވެ.

ނޮވެމްބަރު މަހު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސް ބެކްއާ އެކު ބޭއްވި ވީޑިއޯ ކޯލެއްގައި ޕެންގް ބުނީ އޭނާ ހުރީ "ރައްކާތެރިކަމާ އެކު ހެޔޮ ހާލުގައި" ކަމަށެވެ.

ނަމަވެސް ޑަބްލިއުޓީއޭ އިން ބުނީ އެ ވީޑިއޯއަކީ ޕެންގްގެ ރައްކާތެރިކަން ކަށަވަރު ކުރަން އެންމެ އެކަށޭނަ މިންވަރުގެ ހެކި ނޫން ކަމަށެވެ.

ދިގު ބަޔާނެއްގައި ސައިމަން ވިދާޅުވީ 2022 ވަނަ އަހަރު ޗައިނާގައި މުބާރާތްތައް ބާއްވާ ނަމަ ކުޅުންތެރިންނާއި މުވައްޒަފުންނަށް ދިމާވެދާނެ ނުރައްކަލަކާ މެދު "ވަރަށް ކަންބޮޑުވާ" ކަމަށެވެ.

"މި ސީރިއަސް މައްސަލައާ ގުޅިގެން ޗައިނާގެ ލީޑާޝިޕުން އޮއްޓަރު ހުރި ގޮތަކަށް އަމަލުކޮށްފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

"ބާރު ހުރި މީހުންނަށް އަންހެނުންގެ އަޑު ކަނޑުވާލައި ޖިންސީ ގޯނާގެ ވާހަކަތައް ފަސް އަޅަން ފުރުސަތު ލިބޭ ނަމަ، ޑަބްލިއުޓީއޭ އުފެދުނު އަސާސް ކަމުގައިވާ އަންހެނުންނަށް ހަމަހަމަ ފުރުސަތު ދިނުމުގެ އަމާޒަށް ވާސިލްނުވާނެ."

"ޑަބްލިއުޓީއޭ އާއި މި ތަނުގެ ކުޅުންތެރިންނަށް އެހެން ދިމާވާން ޖާގައެއް ނުދޭނަން."

ޑަބްލިއުޓީއޭ އިން ސަސްޕެންޑު ކުރި މުބާރާތްތަކުގެ ތެރޭގައި ޗައިނާގެ ހޮންކޮންގައި ބާއްވަން ހަމަޖެހިފައިވާ އިވެންޓުތައް ވެސް ހިމެނެ އެވެ.

ޕެންގްގެ ތުހުމަތު

ނޮވެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ޕެންގް ގެއްލުނީ ޗައިނާގެ ކުރީގެ ވައިސް ޕްރިމިއާ ޒާންގް ގައޯލީއާ ގުޅޭ ތުހުމަތުތަކެއް ޗައިނާގެ ސޯޝަލް މީޑިއާ ވެއިބޯގައި ޕޯސްޓު ކުރި ފަހުންނެވެ.

ޕެންގް ބުނީ 2013 އިން 2018 އަށް ވައިސް ޕްރިމިއާކަން ކުރެއްވި ޒާންގްއާ އެކު ޖިންސީ ގުޅުމެއް ބާއްވަން އޭނާ އަށް މަޖުބޫރު ކުރުވި ކަމަށެވެ.

މިހާރު އުމުރުން 70 ގެ އަހަރުތައް ގުނަމުންދާ ޒާންގްއާ އެކު އެތައް އަހަރެއް ވަންދެން ޖިންސީ ގުޅުމެއް ބާއްވަން އޭނާ އަށް މަޖުބޫރު ކުރި ކަމަށް ޕެންގްގެ ޕޯސްޓުގައި ލިޔެފައި ވެ އެވެ.

ޗައިނާގެ ކުރީގެ ވައިސް ޕްރިމިއާ ޒާންގް ގައޯލީ.
ޗައިނާގެ ކުރީގެ ވައިސް ޕްރިމިއާ ޒާންގް ގައޯލީ.

ޗައިނާގެ ކުރީގެ ވައިސް ޕްރިމިއާ ޒާންގް ގައޯލީ.

ފަހުން އެ ޕޯސްޓު ވަނީ ރިމޫވްކޮށްފަ އެވެ. އަދި އޭގެ ފަހުން ޕެންގްގެ ހަބަރެއް ނުވެ އެވެ. ކުރީގެ ވައިސް ޕްރިމިއާ ޒާންގް އަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

އެ ޕޯސްޓަށް ފަހު ޕެންގްގެ ހަބަރެއް ނުވުމުން ޑަބްލިއުޓީއޭ އިން ކަންބޮޑުވުން ފާޅުކުރަން ފެށި އެވެ. އޭގެ އިތުރުން މަޝްހޫރު ޓެނިސް ތަރިން ވެސް ޕެންގްއާ މެދު ކަންބޮޑުވުން ފާޅުކުރި އެވެ.

އޭގެ ފަހުން ޗައިނާގެ މީޑިއާ އިން ވަނީ ޕެންގްގެ އީމެއިލެއް ކަމަށް ބުނާ އީމެއިލެއް އާއްމުކޮށްފަ އެވެ. ޑަބްލިއުޓީއޭ އަށް ފޮނުވި އީމެއިލްގައި ވަނީ ޖިންސީ ގޯނާގެ ތުހުމަތަކީ ދޮގެއް ކަމަށް ބުނެފަ އެވެ.

އެ އީމެއިލްގެ ސައްހަ ކަމާ މެދު ޑަބްލިއުޓީއޭ އިން ސުވާލު އުފައްދަން ފެށުމުން، ދެން ޕެންގް ފެނުނީ ރަސްމީ ޓެނިސް އިވެންޓަކުންނެވެ.

އެއަށްފަހު އޮލިމްޕިކް ކޮމިޓީގެ ރައީސްއާ އެކު 30 މިނެޓުގެ ވީޑިއޯ ކޯލެއް ކޮށް، ޕެންގް އެދުނީ އޭނާގެ ޒާތީ މިނިވަންކަމަށް އިހްތިރާމް ކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox