ބެންޒެމާގެ ގޯލުން ރެއާލަށް އެއް ވަނައިގައި ބޮޑު ލީޑެއް

Dec 1, 2021, 10:55 PM
ބެންޒެމާގެ ގޯލުން ރެއާލަށް އެއް ވަނައިގައި ބޮޑު ލީޑެއް

މެޑްރިޑް (ޑިސެމްބަރު 1) - ސްޕެނިޝް ލީގުގައި މިރޭ ކަރިމް ބެންޒެމާގެ ގޯލުން 1-0 އިން އެތުލެޓިކް ބިލްބާއޯ ބަލިކޮށް ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑުން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

ރެއާލް އެއް ވަނައިގައި އޮތީ 15 މެޗުން 36 ޕޮއިންޓާ އެކު އެވެ. އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ދެ ވަނައިގައި އޮތީ 14 މެޗުން 29 ޕޮއިންޓާ އެކު އެވެ. އެތުލެޓިކޯ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ހުކުރު ދުވަހުގެރޭ ކުޅޭ ރެއާލް މަޔޯކާއާ އެވެ.

މެޑްރިޑް ދަނޑުގައި މިރޭގެ މެޗު ފަށައިގެން ބިލްބާއޯ އިން ދިޔައީ ލިބޭ ފުރުސަތުތަކުގައި ރެއާލްގެ ޑިފެންސްލައިނަށް ބާރު ބޮޑުކުރަމުންނެވެ. އެ ގޮތުން ބިލްބާއޯގެ އެންމެ ކުރިއަށް ކުޅެމުންދިޔަ އިނާކީ ވިލިއަމްސް ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. ވިލިއަމްސް ޖެހި ދެ ބޯޅަ ގޯލާ ސީދާނުވެ ދިޔައިރު، އެ ޓީމުގެ ރައުލް ގާސިއާ މުޅިން ހުސްކޮށް ހުރެފައި ބޮލުން ޖެހި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ބިލްބާއޯ އަށް ލިބުނު ރަނުގެ ފުރުސަތުތައް ނަގާލިއިރު، ރެއާލުން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ 40 ވަނަ މިނިޓްގަ އެވެ. ރެއާލްގެ މާކޯ އަސެންސިއޯ އޭރިއާބޭރުން ފޮނުވާލި ބޯޅަ ބިލްބާއޯގެ ކީޕަރު އުނާއި ސިމޯން އަތުގައި ޖެހިފައި ނުކުތް ވަގުތު ރެއާލްގެ ލޫކަ މޮޑްރިޗް ގޯލަށް ފޮނުވާލަން މަސައްކަތް ކުރި އެވެ. މޮޑްރިޗް ޖެހި ބޯޅަ މިސްރާބު ބަދަލުވެގެން ލިބުނީ ބެންޒެމާ އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

މިއީ މި ފަހަރު ހުރިހާ މުބާރާތެއްގައި ބެންޒެމާ 24 މެޗުން ޖެހި 20 ވަނަ ގޯލެވެ. ފްރާންސް ފުޓްބޯލް އިން ހޮވި ބެލޮންޑިއޯ އެވޯޑަށް ވާދަކުރި ބެންޒެމާ ދިޔައީ ހަތަރު ވަނަ އެވެ. މިރޭގެ މެޗުގައި ބެންޒެމާ ގޯލު ޖެހުމުން ރެއާލްގެ ސަޕޯޓަރުން އޭނާ އަށް ތަރުހީބު ދިނުމުގެ ގޮތުން ގޮވީ "ކަރީމް ޑިއޯ" މިހެނެވެ.

ބިލްބާއޯ އިން މިރޭގެ މެޗުގެ ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ރެއާލްގެ ފަހަތަށް ކުޅޭ ކުޅުންތެރިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗަށް ފަހު ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ ބެންޒެމާ އަށް ބެލޮންޑިއޯ ނުލިބުމަކީ ހުރިހާ ކަމެއްގެ ނިމުމެއް ނޫން ކަމަށާއި އެކަން މިރޭ ފެނުނު ތަރުހީބުން ވެސް އެގޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox