ޔާމީނާ ގުޅުވައި ޖަމީލު ދިން ހަމަލާއަށް ޝަހީމް ރައްދު ދެއްވައިފި

ޔާމީން މިނިވަންވުމުން ޝަހީމް, އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ: ޖަމީލަށް ޝަހީމް ރައްދު ދެއްވި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ޔާމީން މިނިވަންވުމުން ޝަހީމް, އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ: ޖަމީލަށް ޝަހީމް ރައްދު ދެއްވި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް މިނިވަންވުމާއެކު އެމަނިކުފާނުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދު އިދިކޮޅުގެ އެހެން ވެރިންނަށް ދެއްވި "ހަމަލާ"އަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފި އެވެ.

ޔާމީން މިނިވަންވުމުން އެމަނިކުފާނުގެ ގާނޫނީ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމާ ހަމައަށް ޔާމީނަށް އިންސާފު ލިބިގެން ދާނެ ކަމަށް އެންމެ ކައިރީގައި ތިބި މީހުން ވެސް ސުވާލު އުފެއްދި އެވެ.

"ތީ ނުވާނެ ކަމެއް ކަމުގައި ކައިރީގައި ތިބި ގިނަ ބަޔަކު ވެސް ގަބޫލުކޮށްގެން ތިބި ގޮތާއި، އަދި އެގޮތަށް މުޖްތަމައުގެ ގިނަ ބަޔަކު އެހެން ބުނަމުން ދިޔައިރު، އެގޮތާއި ހިލާފަށް ނިކުމެ، މި މަސައްކަތް ކާމިޔާބު ކުރެވުނީ،" ޖަމީލް ވިދާޅުވި އެވެ.

ޖަމީލު ވަނީ ޔާމީން މިނިވަންކުރަން އޭނާ އިސްކޮށް ހުންނަވައި ކުރި ބުރަ މަސައްކަތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަރަށް ބޮޑަށް ފާހަގަކުރައްވާފަ އެވެ. އަދި ޔާމީން މިނިވަންވުމާއެކު ކުރެއްވި ޓްވީޓްގައި ވެސް އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ރަނިންމޭޓު, ނައިބު ރައީސް އަދި ވަކީލެއްގެ ހައިސިއްޔަތުން ޔާމީންނާއެކު ހުންނެވިކަން އަންގައިދޭ ފޮޓޯތައް ހިއްސާ ކުރެއްވި އެވެ.

ޕީޕީއެމްގެ އިސް ސަފުގައި ތިއްބެވި އެހެން ބޭފުޅުންނަށް ޖަމީލު އަމާޒު ކުރެއްވި ހަމަލާއަށް ރައްދު ދެއްވީ އެންމެފަހުން ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އޭނާ ވިދާޅުވި ގޮތުގައި, އެންމެ ކައިރީގައި ތިއްބެވި ބޭފުޅުން ފެށުނީންސުރެ ވެސް ގަބޫލު ކުރަމުން ދިޔައީ ޔާމީން މިނިވަން ވާނެ ކަމަށް ކަމަށެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ބޭފުޅުން ތިއްބެވީ އެގޮތުގައި ކަމަށެވެ.

"ދުޝްމަނުން ވަގަށް ގޮވިއިރު ވެސް އެ ބޭފުޅުން ވިދާޅުވަމުން ގެންދެވީ ވަގެއް ނޫނޭ ރައީސް ޔާމީނަކީ," ޝަހީމް ޓްވީޓް ކުރެއްވި އެވެ.

ޝަހީމްގެ މި ހަމަލާ ސީދާ އަމާޒުކުރައްވާފައިމިވަނީ ނައިބު ރައީސް ކަމުން ޖަމީލު ދުރުކުރުމުން އޭނާ ޔާމީނަށް ވިދާޅުވި ފާޑުކިޔުންތަކަށެވެ.

އޭރު އިނގިރޭސިވިލާތުގައި ހުންނަވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ޔުނައިޓެޑް އޮޕޮޒިޝަން ހައްދަވައިގެން ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ޔާމީނަކީ އެންމެ ބޮޑު ހިޔާނާތްތެރިޔާ އަދި ގައުމަށް ޣައްދާރެއްގެ ގޮތުގައި ވެސް ޖަމީލު އޭރު ވިދާޅުވެފައިވެ އެވެ.

ޔާމީނާއެކު ޝަހީމް ނުކުންނެވި އިންތިހާބުގެ ތެރޭގައި ވެސް ޖަމީލު ވަނީ ޔާމީނަށް ހަމަލާތައް އަމާޒު ކުރައްވައި, އެމަނިކުފާނަށް އެންޓި ކެމްޕެއިން ކުރައްވާފަ އެވެ. އޭގެފަހުން ރާއްޖެ ވަޑައިގެން ވެސް ޔާމީނަށް ފާޑުވިދާޅުވި އެވެ. ނަމަވެސް, ރައްޔިތުންގެ މަޖިލީހުގައި އަމިއްލަ ގޮތުން ވާދަ ކުރައްވައި ކުރިމަތިވި ނާކާމިޔާބަށްފަހު ޖަމީލު އަނެއްކާވެސް ޔާމީންގެ ކޮޅަށް އަރުއްވައި ޕީޕީއެމްއަށް ސޮއި ކުރެއްވި އެވެ.

އެފަހުން ޖަމީލު ގެންދެވީ ޔާމީންގެ އެންމެ އިސް ވަކީލެއްގެ ގޮތުން އެމަނިކުފާނާ ވަރަށް އަރިހުގައި މަސައްކަތް ކުރައްވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox