ޔުވެންޓަސްއާ ގުޅޭ ކޮރަޕްޝަންގެ ސީރިއަސް މައްސަލައެއް ތަހުގީގުކުރަނީ

Dec 1, 2021, 4:13 AM
ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެއްލީ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.

ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެއްލީ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.

މިލާން (ޑިސެމްބަރު 1) - އިޓަލީގެ ކޮންސިއުމާ ރައިޓްސް ގްރޫޕް، ކޮޑަކޯންސް އިން ހުށަހަޅައިގެން ޔުވެންޓަސްއާ ގުޅޭ ކޮރަޕްޝަންގެ ސީރިއަސް މައްސަލައެއް އިޓަލީގެ ތަހުގީގީ އިދާރާތަކުން ބަލަން ފަށައިފި އެވެ.

ދާދި ފަހުން ތަހުގީގު ފެށި މި މައްސަލައިގައި ބަލަމުން އަންނަނީ 2019 އިން 2021 އާ ހަމައަށް ޔުވެންޓަސް އިން ކުރި ޓްރާންސްފާތަކާއި ލިބުނު ފައިދާގެ އިތުރުން ކުޅުންތެރިން ގަންނަން ދެއްކި އެޖެންޓް ފީތަކުގެ ފުރިހަމަ މައުލޫމާތު ކްލަބްގެ އެކައުންޓްސްގެ ލިޔެކިޔުންތަކުގައި ހިމަނާފައިނުވާތީ އެވެ.

ކޮޑަކޯންސްގެ ރައީސް މާކޯ ޑޮންޒޭލީ ވިދާޅުވީ ޔުވެންޓަސްގެ މާލީ ހަބަރުތަކުން ފެންނަ ކަންކަމާއި ކްލަބްގެ އެކައުންޓްސްގެ ލިޔެކިޔުންތައް ބަލާއިރު، ބޮޑެތި ފަރަގުތަކެއް އެބަހުރި ކަމަށެވެ. ޔުވެންޓަސް އިން ކުރި ހަރަދުތަކުގެ ތެރެއިން އެ ކްލަބްގެ އޮފިޝަލުން ނާޖާއިދު ފައިދާތަކެއް ޔުވެންޓަސް އިން ނަގާފައިވާ ކަމަށް ޑޮންޒޭލީ ތުހުމަތުކުރެއްވި އެވެ.

ޔުވެންޓަސްއާ ގުޅޭ މި މައްސަލައިގައި އެ ކްލަބްގެ ސީނިއާ ހަ އޮފިޝަލުންގެ އަމިއްލަ ބެންކް އެކައުންޓްތައް ވެސް ބަލާނެ އެވެ. އޭގެ ތެރޭގައި ޔުވެންޓަސްގެ ރައީސް އަންދްރެއާ އަގްނެއްލީ އާއި ވައިސް ޗެއާމަން ޕަވެލް ނެޑްވެޑް އަދި މިދިޔަ ސީޒަނަށް ފަހު ޔުވެންޓަސްގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމު ދޫކޮށް މިހާރު ޓޮޓެންހަމް ހޮޓްސްޕާސްއާ ހަވާލުވެހުރި ފަބިއޯ ޕަރަޓިޗީ ހިމެނެ އެވެ.

ޓިއުރިންގެ އިކޮނޮމިކް ފައިނޭންޝިއަލް ޕޮލިސް ޔުނިޓާ ވެސް ގުޅިގެން ބަލަމުން އަންނަ މި މައްސަލައިގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ދެ އަހަރުގެ މުއްދަތެއްގެ ތެރޭގައި ޔުވެންޓަސް އިން 56 މިލިއަން ޑޮލަރުގެ ފައިދާއެއް ލިބުނު ކަމަށް އިއުލާނުކޮށްފައިވީ ނަމަވެސް އޭގެ ތަފްސީލެއް ކްލަބްގެ އެކައުންޓްތަކުން ފެންނަން ނެތް ކަމެވެ.

ޔުވެންޓަސްގެ މި މައްސަލައިގައި އެ ކްލަބުން ހިންގި 42 ޓްރާންސްފާއެއްގައި ވެސް ގޯސްތަކެއް ހަދާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓް ކުރެ އެވެ. އޭގެ ތެރޭގައި ޔުވެންޓަސް އިން ޔޮއާއޯ ކަންސޭލޯ، އާތޫރް މެލޯ، މިރަލެމް ޕިޔަނިޗް އަދި ޑަނީލޯގެ ޓްރާންސްފާގެ ކަންކަން ހިމެނެ އެވެ. މީގެ ތެރެއިން އާތޫރާއި ޕިޔަނިޗްގެ ޓްރާންސްފާ ކަންތައްތައް ކުރިއަށް ދިޔަ ގޮތް ރަނގަޅު ނޫންކަން ބާސެލޯނާގެ އޯޑިޓުން ވެސް ފާހަގަކޮށްފައިވެ އެވެ. އާތޫރް ޔުވެންޓަސް އަށް ދިޔައީ 85 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓްކޮށްފައިވީ ނަމަވެސް ދެ ކްލަބްގެ މާލީ ލިޔެކިޔުންތަކުން ފެންނަން ހުރީ 45 މިލިއަން ޑޮލަރެވެ.

މި މައްސަލައިގައި ތަހުގީގު ނިމޭއިރު، ޔުވެންޓަސްގެ މައްޗަށް ކުރާ ތުހުމަތުތައް ސާބިތުވެއްޖެނަމަ އެ ޓީމު އިޓަލީގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކޮށް، 2020 ވަނަ އަހަރުގެ އިޓާލިއަން ލީގު ތަށި އަތުލާނެ އެވެ.

މީގެ ކުރިން ވެސް ޔުވެންޓަސް އަށް ވަނީ މެޗު ފިކްސިން (މެޗު ގަތުމާއި ވިއްކުން) އާއި މާލީ އިތުރު މައްސަލަތަކެއްގެ ސަބަބުން އަދަބުދީފަ އެވެ. އެ ގޮތުން އެ ފަހަރު ޔުވެންޓަސް ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްކޮށްލިއިރު، 2005 އާއި 2006 ވަނަ އަހަރު ޔުވެންޓަސް އިން ހޯދި އިޓާލިއަން ލީގު ތަށި ވަނީ އަތުލައިފަ އެވެ..

އިޓާލިއަން ލީގުގައި ރޭ ޔުވެންޓަސް ވަނީ އެންމެ ފުލުގައި އޮތް ސަލެނިޓާނާ އަތުން 2-0 އިން މޮޅުވެފަ އެވެ. ޔުވެންޓަސްގެ ގޯލުތައް ޖެހީ ޕައޮލޯ ޑިބާލާ އާއި އަލްވާރޯ މޮރާޓާ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox