"ޝަރުއީ ދާއިރާއަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެކަން ސާފުވެއްޖެ"

ކުރީގެ ރައީސް ޔާމީންގެ ހުކުމް ބާތިލުކުރުމާއެކު އެމަނިކުފާނު ގެއަށް ވަޑައިގަންނަވަން ކާރު ސުޕްރީމް ކޯޓުގެ ބޭރުގައި. -ފޮޓޯ: ހުސެއިން އަރުބާން ފަވާޒް/ އަދަދު

ކުރީގެ ރައީސް ޔާމީންގެ ހުކުމް ބާތިލުކުރުމާއެކު އެމަނިކުފާނު ގެއަށް ވަޑައިގަންނަވަން ކާރު ސުޕްރީމް ކޯޓުގެ ބޭރުގައި. -ފޮޓޯ: ހުސެއިން އަރުބާން ފަވާޒް/ އަދަދު

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައި އެ ހުކުމް ބާތިލް ކުރި ކުރުން ދޭހަ ވަނީ މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެކަން ކަމަށް ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.

ޔާމީންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ އުފުލީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަށް ޖާމަކޮށް, އެ ފައިސާގެ އަސްލު އޮޅުވާލައި އޭގެން މަންފާ ހޯދާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރި މައްސަލާގަ އެވެ.

އެ މައްސަލާގައި ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައެޅި އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އަގުލަބިއްޔަތު ރައުޔަކާއެކު ހުކުމް ދެމެހެއްޓި އެވެ.

Advertisement

އެ ހުކުމް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ގިނަ, އަދި ދިގު އަޑުއެހުންތަކެއް ކުރިއަށް ގެންގޮސް މިއަދު ވަނީ ހުކުމް އިއްވުމުގެ މަޖިލިސް ބާއްވާފަ އެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ނިންމި ނިންމުން ބާތިލުކުރަންޖެހޭ ކަމަށް ފެންނަ ކަމަށް ފަނޑިޔާރު މަހާޒްގެ ރައުޔުއަށް ފަނޑިޔާރު އަޒްމިރަލްދާގެ އިތުރުން ފަނޑިޔާރު އިބްރާހިމް މުހައްމަދު ތާއީދުކުރެއްވުމާއެކު އެމަނިކުފާނު ވަނީ މިނިވަންވެފަ އެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމް ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ސިފަކުރެއްވީ އީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިންސާފުވެރިކަމުގެ ގޮތުގަ އެވެ.

އެމްޑީޕީގެ އެކްޓިވިސްޓް އަދި މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ ކަލްޗުރަލް ހެރިޓޭޖްގެ ޑިރެކްޓާ ޝައްމޫން ޖަލީލް (ލޫކަސް ޖަލީލް) ވިދާޅުވީ ރެޔާ ހަމައަށް އިދިކޮޅު ޕާޓީތަކުން ބުނަމުން އައީ ރައީސް އޮފީހުން ހުކުމް ލިޔެދޭ ވާހަކަ ކަމަށެވެ.

ދަންވަރު ފަނޑިޔާރުން ގެނެސް ހުކުމް ލިޔެދިނުން ބަދަލުކޮށް މިނިވަން ފަނޑިޔާރުގެއެއް ރާއްޖެއަށް ހޯދައިދިނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށާއި އެންމެ ނުރުހޭ މީހާއަށްވެސް ކަންކަން ހިނގަންވާނީ މިނިވަންކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދުވަހު ފުރާޅުން ޓިނު ނެގި. ކޯޓުގެ ހުކުމްތަކުގެ ކުރިމައްޗަށް ނެރުނީ ބަޑި. ސިފައިން ލައްވާ ގާޒީން ސްޕްރީމް ކޯޓުން ނެރެ ދަމާ ކޫތަ ޖަލަށް ގެންދިޔަ. ސިފައިންނާ ފުލުހުން ދައުލަތުގެ މީޑިއާއަށް ނެރެ ބިރު ދެއްކި. ކަންތައްތަކެއް ބަދަލުކުރެވި ހެޔޮ ބަދަލެއް ގެނެވިއްޖެ ކަމުގެ އިހްސާސްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރު މައި ޕާޓީއަށް ނިސްބަތްވާ ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ރައްޒާން ވިދާޅުވީ އެޖެންޑާ19 ގަައި ހުށަހެޅި ލެޖިސްލޭޓިވް އެޖެންޑާއާ އެއްގޮތަށް ޖުޑީޝަރީ އިސްލާހުކުރެވި ކޯޓުތައް ތަރުތީބު ވަމުންދާ ކަމަށެވެ.

އަދި އެމްޑީޕީއިން ކުރަމުން ދަނީ ގައުމެއް ބިނާކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް އިއްވި ހުކުމް ބާތިލް ކުރުމާ ގުޅިގެން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ މި ސަރުކާރުން ފަނޑިޔާރުން ހައްޔަރު ނުކުރާނެ ކަމަށެވެ. އަދި ފުރާޅުން ޓިނެއް ވެސް ނުނަގާނެ ކަމަށެވެ.

"މިއަދު ފެނިގެން މި ދިޔައީ ސުޕްރީމް ކޯޓުގެ މިނިވަންކަން،" ޔުމްނާ ވިދާޅުވި އެވެ.

ޔާމީންގެ ހުކުމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ ސުޕްރީމް ކޯޓުން އިއްވި ހުކުމުން ސާފުވަނީ ތަހުގީގީ އިދާރާތްތައް ހަރުދަނާކުރަންޖެހޭ ކަމަށެވެ.

ފަނޑިޔާރުގޭގެ ހުކުމް ސާފު ކަމަށާއި، ސިޔާސީ މީހަކަށް ވީތީ އިންސާފުން ބޭރުން ހުކުމެއް ނީއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޫސާ ސިރާޖް ވިދާޅުވީ ބޮޑެތި ގިނަ މައްސަލަތަށް ގެއްލެނީ ތަހުގީގުކުރުމުގައި ހެދޭ ގޯސް ގިނަކަމުން ކަމަށެވެ.

މިއަދު އޮތް ރައީސް ޔާމީނުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގައި ޔާމީންގެ ފަރާތުން 22 ނުކުތާއެއް ފާހަގަކުރި އެވެ. އޭގެ ތެރެއިން އިޖުރާއީ ބައެއް ގޯސްތަކާ ގުޅޭ ގޮތުން ހުށަހެޅި ގިނަ ނުކުތާތަކެއް ހިމެނެ އެވެ. އެ ހުރިހާ ނުކުތާއެއް ވެސް ސުޕްރީމް ކޯޓުން ނިންމީ ޔާމީނާ ދެކޮޅަށެވެ. އެއީ, އެ ނުކުތާތައް ސާބިތުކުރުމަށް އެކަށީގެންވާ ގާނޫނޫ ސަބަބުތަކެއް ޔާމީނަށް ދެކިފައިނެތް ކަމަށާއި އޭގެ ސަބަބުން ޔާމީންގެ ހައްގެއް ގެއްލިފައިވާ ކަމަށް ބުނެދެވިފައި ނެތުމުންނެވެ.

ނަމަވެސް, ދަށު ކޯޓުގެ ފަސް ގާޒީން ޔާމީންގެ މައްޗަށް އަދަބު ކަނޑައަޅާފައި އޮތް ގޮތް ގޯސް ކަމަށް ކަނޑައެޅި އެވެ. އެއީ, ޖަލު އަދަބާއި ޖޫރިމަނާގެ އަދަބު އުގޫބާތެއްގެ ގޮތުގައި ކަނޑައަޅާނަމަ އެކަން ކުރަން ޖެހޭނީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް, މި މައްސަލާގައި ޖަލު ހުކުމް އެންމެ ދަށްކޮށް ޖޫރިމަނާ އެންމެ މަތިކޮށްފައިވަނީ އެ ހަމަހަމަ ކަމުގެ އުސޫލުން ބޭރު ކަމަށް ވިދާޅުވި އެވެ.

މައްސަލާގައި ހެކި ވަޒަންކުރި ގޮތާއި ކުށް ސާބިތުކުރި ގޮތާ ގުޅޭ ގޮތުން ޔާމީންގެ ފަރާތުން ފާހަގަކުރި ނުކުތާއް ސުޕްރީމް ކޯޓުގައި ނިންމާފައިވަނީ އެމަނިކުފާނާ އެއްގޮތަށެވެ. ދަށު ކޯޓުން އިއްވި ހުކުމުން ސަލާމަތްވެވުނީ އެ ނުކުތާތަކުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox