ކުރިއަރުވަނީ ހަމައެކަނި ފުޓްބޯޅައެއް ނޫން: މަހުލޫފް

އިއްޔެ ބޭއްވި ސާފިންގެ ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް.-- ފޮޓޯ: ރައީސް އޮފީސް

އިއްޔެ ބޭއްވި ސާފިންގެ ނިމުމުގެ ރަސްމިއްޔާތުގެ ތެރެއިން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް.-- ފޮޓޯ: ރައީސް އޮފީސް

ޔޫތު މިނިސްޓަރުގެ މަގާމުގައި ހުންނަވައި ހަމައެކަނި ކުރާ ކަމަކީ ފުޓްބޯޅަ ކުރިއެރުވުމޭ ބަޔަކު ބުނި ކަމުގައި ވިޔަސް އެއީ ހަގީގަތެއް ނޫން ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ގައުމީ ރާޅާއެޅުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި އިއްޔެ ހަވީރު ވާހަކަ ދައްކަވަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އިންނެވި މި އިވެންޓްގައި ވާހަކަދައްކަވަމުން މަހުލޫފް ވިދާޅުވީ ކުޅިވަރުގެ ތަރައްގީ އަށް ސަރުކާރުން ވަރަށް ބައިވަރު ކަންތައްތަކެއް އެބަކުރެވޭ ކަމަށެެވެ.

"ވަރަށް ގިނައިން އަޅުގަނޑަށް ހާއްސަކޮށް ސޯޝަލް މީޑިއާ ތެރެއިން އަމާޒުވެގެން އަންނާނެ މަހުލޫފް، ހަމައެކަނި ކުރާ ކަމަކީ ފުޓްބޯޅަ ކުރިއެރުވުން ހެއްޔޭ. އަޅުގަނޑު، ވަރަށް ކެރިހުރެ، މިތާ ހުރެ، ބުނަން ކެރޭ އަޅުގަނޑުމެން ކުރިއަރުވަނީ ހަމައެކަނި ފުޓްބޯޅައެއް ނޫން،" މަހުލޫފް ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ އިއްޔެ ހަވީރު އޮތް ރާޅާއެޅުމުގެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށް އައުމުގެ ކުރިން ވޭތުވެދިޔަ ތަނުގައި ސާފިން އަށް ސަރުކާރުތަކުން ކޮށްފައިވާ ހޭދަ ބަލާލި ކަމަށެވެ.

ފާހަގަވި ކަމަކީ 2019 ވަނަ އަހަރުގެ ކުރިން ޔޫތު މިނިސްޓްރީން ސާފިން އެސޯސިއޭޝަނަށް ދީފައިވަނީ އެންމެ 20،000 ރުފިޔާ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އަދި މި ފަހަރުގެ ގައުމީ ސާފިން މުބާރާތަށް އެކަނި ވެސް ޔޫތު މިނިސްޓްރީ މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އަށް ހަތަރު ލައްކަ ރުފިޔާ ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި އިވެންޓްގެ ތެރެއިން ރައީސް ސޯލިހު (ކ) އާއި ޔޫތު މިނިސްޓަރު މަހުލޫފް (މ) އަދި ފިނޭންސް މިނިސްޓަރު އަމީރް

ކުޅިވަރުގެ ކޮންމެ އުމްރާނީ ވަސީލަތެއް ތަރައްގީ ކުރަން ބެލިޔަސް އެއީ ވަރަށް ގިނަ ހަރަދުތަކެއް ހިންގާ ކަންތައްތަކެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

"ދެންމެ އެތާ އަޑުއަހަން އިންއިރު (އިއްޔެގެ އިވެންޓްގައި އިންއިރު) އަހުސަން ގޮވާ އަޑުއިވޭ މިއީ މާ ބޮޑު ހަރަދެއް ހިނގާ ކަމެއް ނޫނޭ (ކުޅިވަރުގެ) ފެސިލިޓީސް ޑިވެލޮޕްކޮށް ހަދަން. ދެންމެ އަޅުގަނޑު އަމީރު (ފިނޭންސް މިނިސްޓަރު) ކައިރީގައި އިނދެފައި މި ބުނީ ގދ. ގައްދޫގައި އަޅާ ސާފް ޓްރެކްގެ އަގު 3.4 މިލިއަން ރުފިޔާއޭ އެއީ،" މަހުލޫފް ވިދާޅުވި އެވެ.

"އަޅުގަނޑު މިއީ ރާޅާ އަޅާ މީހެއް ނޫން. ސާފިން އެސޯސިއޭޝަނުން އަޅުގަނޑު ކައިރިއަށް އައިސްފައި ހަމަގައިމުވެސް ހުސްއަތާ ދާން ނުޖެހޭނެކަން ސާފިން އެސޯސިއޭޝަނަށް އެނގޭނެ،"

މިނިސްޓަރު ވިދާޅުވީ ސާފިން އެސޯސިއޭޝަނާއި ރާއްޖޭގެ ރާޅާ އެޅުންތެރިންނަށް ވެސް ދޭން އޮތް ޔަގީންކަމަކީ ކުޅިވަރު ތަފާތު ނުކުރާނެކަން ކަމަށެެވެ. އަދި ސަރުކާރުގެ ހަރަދުގައި އަޅަމުން މިދާ ސާފް ޓްރެކްތަކާ އެކީގައި ތަމްރީން ޕްރޮގްރާމްތަކާއި މުބާރާތްތައް ބޭއްވުމަށް މަހުލޫފް ގޮވާލެއްވި އެވެ.

އަދި މި އަންނަ އަހަރު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ކަންކަން ކުރިއަށްގެންދިއުމަށް އެދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފް ވިދާޅުވީ "ކުޅިވަރުގައި ހުރި ތަފާތުތައް ނައްތާލުމަށް" އެންމެ ބޮޑު އެއްބާރުލުމެއް ދެއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ.

އިއްޔެގެ، އިވެންޓަކީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މިނިސްޓަރު މަހުލޫފްގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އުފުލި ފަހުން ރައީސް ސޯލިހާއި މިނިސްޓަރު މަހުލޫފް އެކުގައި ބައިވެެރިވެވަޑައިގެންނެވި ފުރަތަމަ އިވެންޓެވެ،

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox