ރާޅާއެޅުމުގެ ގައުމީ ޗެމްޕިއަނަކަށް ގައްދޫގެ ހޫދު

Nov 29, 2021, 6:02 PM
ޗެމްޕިއަންކަން ހޯދި ހޫދު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ފޮޓޯ އަކަށް ހުއްޓިގެން.

ޗެމްޕިއަންކަން ހޯދި ހޫދު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ފޮޓޯ އަކަށް ހުއްޓިގެން.

ރާޅާއެޅުމުގެ ގައުމީ މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓް ކަމަށްވާ ޝޯޓްބޯޑް އިވެންޓްގެ ޗެމްޕިއަންކަން ގދ. ގައްދޫގެ ކުޅަދާނަ ސާފަރު ހޫދު އަހުމަދު މިއަދު ހޯދައިފި އެވެ.

މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ ގައުމީ ސާފިން މުބާރާތަށް މި ފަހަރު ނަން ދީފައިވަނީ ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖްގެ ނަމުންނެވެ. މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެވެ. އަރިހުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ ދެ ވަނަ އަށް ދިޔަ ހޫދަށް ޗެމްޕިއަން ޓްރޮފީ އާއި 15،000 ރުފިޔާގެ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. ހޫދަށް މި ލިބުނު ކާމިޔާބީ އޭނާ ހާއްސަކުރީ މިއަދު އެއް އަހަރުވީ އުފަން ދުވަސް ފާހަގަކުރި ދަރިފުޅު ޒެހެކް އަށެވެ. ހޫދު ބުނީ މިއީ ދަރިފުޅަށް ދިން ހަދިޔާއެއް ކަމަށެވެ.

ޝޯޓްބޯޑް އިވެންޓްގެ ގަދަ ތިން ރާޅާ އެޅުންތެރިން ރައީސާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.

ފިރިހެން ޝޯޓް ބޯޑް ކެޓަގަރީން ދެ ވަނަ ދިޔައީ އަހުމަދު އާގިލް އެވެ. އޭނާ އަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނެވެ. މި ކެޓަގަރީން ބްރޯންޒް މެޑަލް ހޯދީ ގދ. ގައްދޫ ނަޖާހު މުހައްމަދު އެވެ. އޭނާ އަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުނެވެ.

މުޅިން އަލަށް މި ފަހަރު ބޭއްވި އަންހެން ކެޓަގަރީން ރަން މެޑަލް ހޯދީ އާޔާ ނަސީމް އެވެ. އޭނާ އަށް މިއަދު ވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްފަ އެވެ. ދެ ވަނަ އަށް ދިޔ ޝާޒިޔާ ސައީދު (ޝާޒު) އާއި ތިން ވަނަ ހާސިލްކުރީ ނާހާ ނަސްރުﷲ އަށް ވެސް މެޑަލާއި ފައިސާގެ އިނާމް ދިނެވެ.

ޖޫނިއާ ކެޓަގަރީން ރަން މެޑަލް ހާސިލްކުރީ ދ. ކުޑަހުވަދޫގެ އަހުމަދު އަމީލް އެވެ. އޭނާ އަށް ވަނީ 7500 ރުފިޔާގެ އިނާމެއް ދީފަ އެވެ. އަދި މި ބައިން ރިހި މެޑަލް ހޯދި އަޔާން ނޫރައްދީނަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނެވެ. މި ބައިން ލޯ މެޑަލް ހާސިލްކުރި ކަޔާން އަބްދުﷲ އަރީފަށް 3000 ރުފިޔާގެ އިނާމެއް ލިބުނެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގައި ފުރަތަމަ ފަހަރަށް ބޭއްވި މާސްޓާސް ޑިވިޝަން ކާމިޔާބުކުރީ އިބްރާހިމް އަރީފް (އިބޫ) އެވެ. އޭނާ އަށް 7000 ރުފިޔާގެ އިނާމެއް ވަނީ ދީފަ އެވެ. މި ކެޓަގަރީން ރިހި މެޑަލް ލިބުނު ރ. ރަސްމާދޫ ހަސަން އަރީފް (ކައިރޭ) އަށް 5000 ރުފިޔާގެ އިނާމެއް ދިނެވެ. އަދި ލޯ މެޑަލް ހޯދި އަބްދުލް ގަފޫރު އަލީ (ގައްބެ) އަށް ވަނީ 3000 ރުފިޔާގެ އިނާމެއް ދީފަ އެވެ.

އެސްޔޫޕީ ޑިވިޝަން ކާމިޔާބުކުރީ މުހައްމަދު މުއާޒް އެވެ. އޭނާ އަށް ފައިސާގެ އިނާމުގެ ގޮތުގައި 7000 ރުފިޔާ ދިނެވެ. ރިހި މެޑަލް ލިބުނު މުހައްމަދު ތޮއްލަމަށް ދިނީ 5000 ރުފިޔާގެ އިނާމެކެވެ. އަދި ލޯ މެޑަލް ހާސިލްކުރީ އަބްދުﷲ އަރީފް (ފުކޫ) އެވެ. އޭނާ އަށް 3000 ރުފިޔާ ދިނެވެ.

ރައީސް އަންހެން ޑިވިޝަނުގެ ގަދަ ތިން ސާފަރުންނާ އެކު ފޮޓޯ އަކަށް ހުއްޓިގެން

މުޅިން އަލަށް ބޭއްވި ފޯރިގަދަ ލޯންގްބޯޑް ޑިވިޝަން ކާމިޔާބުކުރީ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) އެވެ. ކުޑަ އިއްސެ އަށް މެޑަލްގެ އިތުރުން 5000 ރުފިޔާގެ އިނާމެއް ދިނެވެ. ރިހި މެޑަލާއި 3000 ރުފިޔާގެ އިނާމް ހޯދީ ފުކޫ އެވެ. މިބައިން ލޯ މެޑަލް ހާސިލްކުރީ އަބްދުﷲ ލަތީފް (ޝެޑޯ) އެވެ. މެޑަލާ އެކު އޭނާ އަށް 2000 ރުފިޔާގެ އިނާމެއް ލިބުނެވެ.

މި ފަހަރުގެ ގައުމީ ސާފިން މުބާރާތުގައި 14 ރަށަކަށް ނިސްބަތްވާ ޓީމުތަކަކުން ވާދަކުރާއިރު، އޭގެ ތެރޭގައި 25 ރަށަކަށް ނިސްބަތްވާ 102 ސާފަރުން ހިމެނެ އެވެ. އެއް ސާފަރަކަށް ވުރެ ގިނައިން އެއް ރަށަކުން ބައިވެރިވާނަމަ އެއީ ޓީމެއް ގޮތަށް ގުނަން އެމްއެސްއޭ އިން ވަނީ ނިންމައިފަ އެވެ.

ޓީމު ވަނަތައް ފުރަތަަމަ ފަހަރަށް ހޮވިއިރު، އެއް ވަނަ ހޯދީ މާލޭ ޓީމުންނެވެ. މާލޭ ޓީމުން 8130 ޕޮއިންޓް ހޯދިއިރު، ރިހި މެޑަލް ހާސިލްކުރި ގދ. ގައްދޫ ޓީމަށް ވަނީ 3190 ޕޮއިންޓް ލިބިފަ އެވެ. އަދި ތިން ވަނަ ހާސިލްކޮށް، ލޯ މެޑަލް ހޯދި ރ. ރަސްމާދޫ ޓީމަށް ލިބިފައިވަނީ 2930 ޕޮއިންޓެވެ. މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ނިންމީ ޓީމު އިވެންޓްގެ މެޑަލް ދޭނީ އެންމެ މަތިން ސްކޯ ކުރާ 10 ރާޅާއެޅުންތެރިއަކަށް ކަމަށެވެ.

މި ފަހަރުގެ މުބާރާތުގެ ރޭންކިން އާއި ޕޮއިންޓަށް ބަލައި ޖޫނިއާ އަދި ސީނިއާ ނެޝަނަލް ޓީމު ވަނީ ނަގައިފަ އެވެ. އެ ގޮތުން ޖޫނިއާ ނެޝަނަލް ޓީމުގައި ހިމެނެނީ މުހައްމަދު ޒަޔާން، ކަޔާން އަބްދުﷲ އަރީފް، އަހުމަދު އަމީލް، ސައްޔިދު ސަލާހުއްދީން އަދި ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. އަދި ސީނިއާ ނެޝަނަލް ޓީމުގައި ތިބީ އިސްމާއިލް ރަަޝީދު، ހޫދު އަހުމަދު، އަހުމަދު އާގިލް އަދި ނަޖާހު އަހުމަދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox