ރ އަތޮޅަށް ހުޅުވާލައިގެން ދުވާފަރުގައި ޑީ ލައިސަންސް ކޯޗިން ކޯހެއް ބާއްވަނީ

Nov 29, 2021, 8:12 AM
ދުވާފަރުގައި ސަރުކާރުން އަޅާފައިވާ ޓާފް ދަނޑު.-- ފޮޓޯ: ފޭސްބުކް

ދުވާފަރުގައި ސަރުކާރުން އަޅާފައިވާ ޓާފް ދަނޑު.-- ފޮޓޯ: ފޭސްބުކް

ރ އަތޮޅު ދުވާފަރުގައި އެ އަތޮޅަށް ހާއްސަ ކޮށްގެން "ޑީ ލައިސަންސް" ފުޓްބޯޅަ ކޯޗިން ކޯހެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ގުޅިގެން ދުވާފަރުގައި ކުރިއަށްގެންދާ، ޑީ ލައިސަންސް ކޯޗިން ކޯހުގައި ރ. އަތޮޅުގެ ކޮންމެ ރަށެއްގެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ. މި ކޯސް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އަންނަ މަހު 19-23 އަށް ދުވާފަރުގަ އެވެ.

"ޑީ ލައިސަންސް" ކޯސް ފުރިހަމަ ކުރަން ބޭނުންވާ ރ. އަތޮޅުގެ ކޮންމެ މީހަކަށް ވެސް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ކޯހުގައި ރަޖިސްޓްރީވެވޭނެ އެވެ.

ރަޖިސްޓްރޭޝަން ކަންކަން ފުރިހަމަކުރަން ފުރަން ޖެހޭ ފޯމް ދުވާފަރު ދާއިރާގެ މެމްބަރުގެ އިސްމާއިލް އަހުމަދުގެ އޮފީހުން ލިބިވަޑައިގަންނަވާނެ އެވެ. މި ކޯހަކީ މެމްބަރު އިސްމާއިލްގެ އިސްނެންގެވުމުގެ މަތިން އެފްއޭއެމާ ގުޅިގެން ކުރިއަށް ގެންދެވޭ ކޯހެކެވެ.

ކޯހުގައި ބައިވެރިވާން އެދޭ އެހެން ފަރާތްތަކުން މެމްބަރު އިސްމާއިލްގެ އޮފީސް ނަމްބަރު، 7544111 އަށް ގުޅުމުން ކޯހުގައި ބައިވެރިވުމުގެ ކަންކަން ހަމަޖެހިގެންދާނެ އެވެ.

އެފްއޭއެމުން އަންނަނީ ގިނަ ރަށްރަށުގައި ޑީ ލައިސަންސް ކޯސް ކުރިއަށް ގެންދަމުންނެވެ. މާޒިޔާ އިން ނ. ކެނދިކުޅުދޫގައިި މިހާރު ކުރިއަށްގެންދާ ކޭމްޕްގެ ތެރެއިން މާޒިޔާގެ އެހީއާ އެކު އެ ރަށުގައި ވެސް މިހާރު ޑީ ލައިސަންސް ކޯޗިން ކޯހެއް ކުރިއަށްދެ އެވެ. ދާދި ފަހުން ތ. ވިލުފުށީގައި ވެސް ވަނީ ޑީ ލައިސަންސް ކޯޗިން ކޯހެއް ބާއްވައިފަ އެވެ. އެ ކޯހުގައި ތ. އަތޮޅުގެ އެކި ރަށްރަށަށް ނިސްބަތްވާ ގިނަ ޒުވާނުންތަކެއް ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox