ފަސް މަހަށް ފަހު އިރާނުގެ ނިޔުކްލިއާ މަޝްވަރާތައް އާ ފެށުމަކަށް

އިރާނުގެ ރައީސް އިބްރާހިމް ރައިސީ. -- ފޮޓޯ: ރޮއިޓާޒް

އިރާނުގެ ރައީސް އިބްރާހިމް ރައިސީ. -- ފޮޓޯ: ރޮއިޓާޒް

އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ބެހޭ އެއްބަސްވުމުގެ މަޝްވަރާ ފަސް މަހުގެ މެދުކެނޑުމަކަށް ފަހު އޮސްޓްރިއާގެ ވިއެނާގައި އަލުން ފަށަން ތައްޔާރުވެއްޖެ އެވެ.

މަޝްވަރާ ކުރާނެ އެންމެ މުހިއްމު އެއް ކަމަކީ 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުގައި އެމެރިކާގެ ބައިވެރިވުން އަލުން ހިމެނުމާ މެދު ގޮތެއް ނިންމުމެވެ.

އެއްބަސްވުމުގެ ދަށުން އިރާނުގެ ނިޔުކްލިއާ ހަރަކާތްތައް މަޑުޖައްސާލުމުން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނިންމި އެވެ. ނަމަވެސް 2018 ވަނަ އަހަރު އެމެރިކާ އިން އެއްބަސްވުމުން ވަކިވުމުން، އިރާނުން ވެސް އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލި އެވެ.

ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ބޭނުންވެވަޑައިގަންނަވަނީ އިރާނުން ވެސް އެއްބަސްވުމަށް އަމަލު ކުރާ ނަމަ، އަލުން އެއްބަސްވުމުގައި ބައިވެރިވުމަށެވެ.

އިރާނުގެ ޔުރޭނިއަމް މުއްސަނދި ކުރުމުގެ ޕްރޮގްރާމުގައި މިހާރު ހޯދާފައިވާ ކުރިއެރުމަށް ބަލާއިރު، މިފަދަ އެއްބަސްވުމެއް ތަންފީޒު ކުރަން ވަގުތު ކުޑަތަންވަމުންދާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ޔުރޭނިއަމް މުއްސަނދި ކުރުމަކީ ނިޔުކްލިއާ ބޮމަކަށް ވާސިލްވުމުގެ މަގެވެ. ނަމަވެސް އިރާނުން ބުނާ ގޮތުގައި ޔުރޭނިއަމް މުއްސަނދި ކުރަނީ ނިޔުކްލިއާގެ އެހީގައި ހަކަތަ އުފެއްދުމަށެވެ.

އިރާނާއި ފަސް ގައުމު ހިމެނޭ މަޝްވަރާތަކުގެ ރަސްމީ ނަމަކީ ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ) އެވެ. މަޝްވަރާގައި ބައިވެރިވަނީ ޗައިނާ، ފްރާންސް، ޖަރުމަނުވިލާތް، ރަޝިއާ އަދި އިނގިރޭސިވިލާތެވެ.

އެ މަޝްވަރާތައް ފެށީ ވިއެނާގައި މިދިޔަ އޭޕްރިލް މަހު އެވެ. އެމެރިކާގެ މަންދޫބުން ދިޔައީ ނުސީދާކޮށް ބައިވެރިވަމުންނެވެ. ނަމަވެސް އޭގެ ފަހުން ބައްދަލުވުންތައް އޮތީ މެދުކެނޑިފަ އެވެ.

އެމެރިކާގެ އިސް އޮފިޝަލަކު ބުނެފައި ވަނީ މިދިޔަ ޖޫން މަހު އިރާނުގެ ރިޔާސީ އިންތިހާބުގެ ކުރިން އެއްބަސްވުމުގެ ބޮޑު ބައި އޮތީ ނިމިފައި ކަމަށެވެ. އިބްރާހިމް ރައިސީ އިންތިހާބުވެވަޑައިގެންނެވި ފަހުން އަދި މަޝްވަރާކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox