ބައިސްކޯފު ޗާޓު: އެންމެ ކުރީގައި ނަމްޒާގެ "ވިތު ލަވް"

Dec 3, 2021, 1:54 AM
ބައިސްކޯފު ޗާޓު: އެންމެ ކުރީގައި ނަމްޒާގެ "ވިތު ލަވް"

މި އަަހަރަކީ ހަމަގައިމުވެސް ބައިސްކޯފު އެޕަށް ވަރަށް ކާމިޔާބު އަހަރެކެވެ. ގިނަ އަދަދެއްގެ ދިވެހި ފިލްމާއި, ސީރީޒް އަދި ޝޯތައް ވެސް ބައިސްކޯފުން ބަލާލަން އަހަރެމެންނަށް ވަނީ ލިބިފަ އެވެ, އެއާއެކު އެންމެ ބޮޑު މަގުބޫލު ކަމެއް ލިބިގެންދިޔަ އެއް ކަލެކްޝަންއަކީ ބައިސްކޯފު އޮރިޖިނަލްސް އެވެ, މި ހިމަނާލަނީ މި ވަގުތު ބައިސްކޯފުގެ އެންމެ ކުރީގައި އޮތް ބައިސްކޯފު އޮރިޖިނަލްސް ޗާޓެވެ.

1. ނަމްޒާގެ "ވިތު ލަވް"

އޮކްޓޯބަރު މަހުގެ ހަތަރެއްގައި ރިލީޒްކުރެވުނު ޓޯކް ޝޯ "ވިތު ލަވް" އަކީ މި ޗާޓުގެ އެއްވަނަ އެވެ. ޓީވީ ޝޯ ހުށަހަޅައިދިނުމުގައި 19 އަހަރުގެ ތަޖުރިބާއާއެކު ކާމިޔާބު ހޯސްޓް ނަމްޒާ، ބައިސްކޯފާއި ގުޅިގެން ތައްޔާރުކުރި މި ޝޯއަކީ އެކި ކަހަލަ އިހުސާސްތަކުން ފުރިގެންވީ ލޯބީގެ ތަފާތު ވާހަަކަތަކެއް ކިޔާ ދިން ޝޯ އެކެވެ. ޖުމްލަ އަށް އެޕިސޯޑާއެކު ޝޯގެ ފުރަތަމަ ސީޒަން ވަނީ ނިމިފަ އެވެ. ކޮންމެ އެޕިސޯޑަކުން ވެސް ތަފާތު ލޯތްބެއްގެ ވާހަކަ ކިޔާދޭއިރު ބެލުންތެރިންނަށް އެންމެ ހާއްސަވީ އެއް އެޕިސޯޑަކީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ބައިވެރިވެވަޑައިގަތް ޝޯގެ ފިނާލޭ ސްޕެޝަލް އެވެ.

2. ލޯބި ވިޔަސް

"ލޯބި ވިޔަސް" މިއީ ކޮކޯ ސްޓޫޑިއޯ އިން ތައްޔާރުކުރި ފުރަތަމަ ވެބް ސީރީޒް އެވެ. ލޯބީގެ މި ސީރީޒްގައި ޖުމްލަ އަށް އެޕިސޯޑު ހިމެނެ އެވެ. ފިލްމީ ދާއިރާގައި މި ވަގުތު ތިބި ފުންނާބު އުސް އެކި ފަރާތްތައް ސީރީޒް އިން ފެނިގެންދެ އެވެ, ނާޝިދާ މުހައްމަދު (ނާއްކޮ)، ނުޒުހަތު ޝުޢައިބް (ނުޒޫ)، އަހުމަދު އީސާ (އާނަންދު)، މަރްޔަމް މަޖުދާ (މަޖޫ)، އަހުމަދު އާސިމް ހިމެނެ އެވެ. ސީރީޒް ޑައިރެކްޓް ކޮށްފައި ވަނީ ހުނަރުވެރި އެކްޓަރު މުހައްމަދު ފައިސަލް އެވެ. މިއީ މަރިޔަމް މޫސާ ލިޔެފައިވާ ވާހަކައެެއްގެ މައްޗަށް އުފައްދާފައިވާ ސީރީޒެކެވެ. ކެމެރާކުރީ ކޮކޯ ހަސަން އެވެ.

3. މަޒްލޫމް

ކަޒްމިކް އިންޓަނޭޝަނަލް އާއި އައި ފިލްމްސް ގުޅިގެން ތައްޔާރުކުރި ކުރު ފިލްމް ސީރީޒް "މަޒްލޫމް" އަކީ ގިނަ ބަޔަކަށް ކަމުދިޔަ މަސައްކަތަކެވެ. ޖުލައި 26 ގައި ބައިސްކޯފަށް ރިލީޒްކުރި މި އެންތޮލޮޖީ ސީރީޒްގެ ފުރަތަމަ ޗެޕްޓާއަކީ ރޭޕްގެ މައްސަލައެކެވެ. އާއްމުކޮށް ދިވެހި ފިލްމުތައް ފެންނަ ސްޓައިލާ ތަފާތުކޮށް ފެންނަ މަޒްލޫމްގެ ތިން ޗެޕްޓާއެއް ވަނީ ރިލީޒްކޮށްފަ އެވެ. ކޮންމެ ޗެޕްޓާއެއްގައި ވެސް ދައްކައިދެނީ އިޖުތިމާއީ މައްސަލަ އެކެވެ. ދެވަނަ ޗެޕްޓާ "ޒައްރޫކް"ގައި ފެނިގެންދަނީ މައިންބަފައިންގެ ފަރާތުުން އަޅާލުން ލިބެންވާ ވަރަށް ނުކިބުނު ކުޑަ ކުއްޖަކަށް ދިމާވާ ނަފުސާނީ މައްސަލަތަކެކެވެ. ތިން ވަނަ ޗެޕްޓާގައި ގެވެށި އަނިޔާގެ މައްސަލަތަކެއް ފެނިގެން ދާއިރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދަނީ ސީރީޒުގެ ފަހު ޗެޕްޓާ އަށެވެ. ގިނަ އަދަދެއްގެ ފަންނާނުންނާއި އެކު ގެނެސްދޭ މި ސީރީޒް ލިޔެ ޑައިރެކްޓް ކުރަނީ އިލްޔާސް ވަހީދު (އިއްލެ) އެވެ.

4. ސަޕް ރާއްޖެ, ވިތް ދި.ންގްލިޝް

ޒަމާނީ ސްޓައިލަކަށް, ޒުވާނުންނަށް ހާއްސަކޮށް ބައިސްކޯފުން ރިލީޒް ކުރި "ސަޕް ރާއްޖެ, ވިތް ދި.ންގްލިޝް" އަކީ ތަފާތު ރަހައެއްގެ ޝޯ އެކެވެ. އާންމުކޮށް މީހުން ވާހަކަ ނުދައްކާ އިޖުތިމާއީ އެތައް ގޯސް އާދަތަކާއި މައްސަލަތަކަކަށް ލޯތައް ހުޅުވައިދިން ސޯޝަލް މީޑިއާ އިންފްލުއެންސާ އަދި ލިޔުންތެރިއެއް ކަމުގައިވާ އަފްނާން (ނާއްކޮ) ގެނެސްދޭ މި ޝޯ އަކީ ޒުވާނުންނަށް ރަހަ ހެޔޮވަރު މަޖާ ޝޯ އެކެވެ. "ދި.ންގްލިޝް" ގެ ތިން އެޕިސޯޑެއް މިހާތަނަށް ވަނީ ރިލީޒްކޮށްފަ އެވެ.

5. ސިއްރު

އަހުމަދު އާސިމް އާއި ހައްވާ ޝާދިޔާ (ޝާ) ލީޑު ރޯލުން ފެނިގެންދާ "ސިއްރު" މި ސީރީޒަކީ މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކޮށް ގެނެސްދޭ ފަސް އެޕިސޯޑްގެ ސީރީޒެކެވެ. ދެ ދެމަފިރިއެއްގެ ހަޔާތުގެ ވާހަކަތަކެއް ސީރީޒްގައި ގެނެސްދޭއިރު ސީރީޒްގެ ބޮޑު ސިއްރު ވެސް ގުޅިފައިވަނީ މި ދެމަފިރިންގެ ޖޯޑުތަކާ އެވެ. އައްޔުމަން ޝަރީފް ބެކް މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ސީރީޒް އެޑިޓްކޮށްފައިވަނީ މުހައްމަދު ޝިފުއާން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox