ޝިފާނާގެ ކަސްރަތު ޓިޕްސް: ހުޅުތަކާ އެކު ބުންވަރު ގަދަކުރާނެ ގޮތް

އައިޝަތު ޝިފާނާ --ފޮޓޯ:ފޭސްބުކް

އައިޝަތު ޝިފާނާ --ފޮޓޯ:ފޭސްބުކް

ކަސްރަތުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ސެޓުކުރާ އިރު ސަމާލުކަން ދޭންވީ ބޭސިކް ކަންތައްތަކެއް ހުރެ އެވެ. އެއީ ހެލިފެލިވުން ފަސޭހަ، ފިޓު ބޮޑީއެއް ކަސްރަތުން ހާސިލުކުރުން ކަމުގައި ވިޔަސް، ބަރުދަން ލުއިކުރުން ކަމުގައި ވިޔަސް، އަދި ރީތި ބައްޓަމެއް ހާސިލުކުރުން ކަމުގައި ވިޔަސް ހެވެވެ.

ފިޓްނަސްގެ ދާއިރާގައި 19 އަހަރުގެ ތަޖުރިބާއާ އެކު ރާއްޖޭގެ އެންމެ މަގުބޫލު އެއް ޖިމް، ހީޓް ހެލްތު އެންޑް ފިޓްނަސްގެ ސީއީއޯ އައިޝަތު ޝިފާނާ ވަޖީހު މި ދައްކަނީ އެ ވާހަކަ ތަކެވެ. ޝިފާނާގެ ޓުވިޓާ ފީޑަކީ ފިޓްނަސް އަށް މަރުދޭ މީހުންނަށް ކުޑަ ވަރެއްގެ 'އެދުރުގެ' އެކޭ ބުންޏަސް ދޮގެއް ހެދި ކަމަކަށް ނުވާނެ އެވެ.

ހުރިހާ ވާހަކައެއްގެ ތަފްސީލަށް ދިއުމުގެ ކުރިން ޝިފާނާގެ ފުރަތަމަ އަދި އެންމެ ބޮޑު ނަސޭހަތެވެ.

Advertisement
ކަސްރަތުން ކޮންމެ ބޭނުމެއް ހާސިލްކުރި ކަމުގައި ވިޔަސް، ފުރަތަމަ އަދި އެންމެ ބޮޑު ސަމާލު ކަމެއް ދޭންވީ ބުންވަރު އިތުރުކުރުމާ އެެއްވަރަށް މަސްތަކުގައި ވަރުޖައްސައި ހުޅުތައް ދުޅަހެޔޮ ކުރުމަށް.

މި އާޓިކަލްގައި ހިމަނާލާނީ، އަލަށް ކަސްރަތުކުރަން ފަށައިގަންނަ މީހުންނަށާއި ކަސްރަތުގައި ވަކި މިންވަރެއް ހާސިލުކުރުމަށްފަހު ދާން ވީ ރާސްތާ އޮޅުންވެފައި ތިބި މީހުންނަށް ޝިފާނާގެ މުހިއްމު އަދި ބޭނުންތެރި ޓިޕްސްކޮޅެކެވެ.

ބުންވަރު އިތުރުކުރުމަކުން އެކަނި ނުފުދޭ 

"ކަސްރަތުކުރަން އެންމެންވެސް މި ނުކުންނަނީ. އެކަމަކު ބުންވަރު އިތުރުކުރަން އެކަނި ކަސްރަތުކުރީމަ މިވާގޮތަކީ ހުޅުތައް އޯވާލޯޑުވެ ގެއްލުން ވަނީ،" ޝިފާނާ ކިޔައިދިނެވެ.

އެހެންވެ، ޝިފާނާ ބުނާ ގޮތުން، އެންމެ ރަނގަޅު ގޮތަކީ، ގޭގައި އަމިއްލަ އަށް ކަސްރަތު ކުރިއަސް، ނުވަތަ މީހަކާ އެކީގައި ކަސްރަތަށް ދިޔަސް، އެމީހަކު އެ ޖައްސާ ޕްރޮގްރާމަކީ ހުޅުތައް ވަރުގަދަ ކުރުމާ އެކު ބުންވަރު ގަދަކޮށްދޭ ބައިތައް ވެސް ހިމެނުމެވެ.

ކޮންމެ ކަހަލަ ކަސްރަތެއް ކުރިނަމަވެސް މަދުވެގެން ހަފްތާއަކު ދެ ދުވަހު މުޅި ހަށިގަނޑުގެ ހުރިހާ މަސްތަކާ ހުޅުތަކެއް ކަސްރަތު ކުރުވާ, ވަރުޖެއްސުމަށްޓަކައި ސްޓްރެންތް ޓްރެއިނިން, ވެއިޓް ލިފްޓިން ނުވަތަ މަސްގަނޑަށް އަސަރުކުރާ ވަރުގެ ކަސްރަތެއް ކުރުމަކީ މުހިންމުކަމެއް ކަމަށް ބުންޏެވެ.

 ހެނދުނު ހޭލާފައި ސްޓްރެޗްކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް. އެއީ ހަށިގަނޑުގެ ފްލެކްސިބިލިޓީ އިތުރުކޮށްދޭޭނޭ ކަމެއް.“ 

އޭނާ ބުނީ، ފައިގެ ކުޑަ ހުޅުން ފެށިގެން ބޮލާއި ހިސާބަށް ހަށިގަނޑުގެ ހުރިހާ މަސްތަކާއި ހުޅުތައް ހިމެނޭ ގޮތަށް ކޮންމެ ދުވަހަކުވެސް ސްޓްރެޗް ކުރުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

އެންމެ ރަނގަޅު ކަސްރަތު ޕްރޮގްރާމް ހިޔާރުކުރާނެ ގޮތް

ޝިފާނާގެ ނަޒަރުގައި، ރަނގަޅު ކަސްރަތު ޕްރޮގްރާމެއްގައި ތިން ބައެއް ހިމެނެން މަޖުބޫރެވެ.

އޭގެ ތެރޭގައި، ހިތާ ފުއްޕާމޭ އަދި ލޭ ދައުރު ކުރާ ނިޒާމު ދުޅަހެޔޮކޮށް، ބުންވަރު ރަނގަޅު ކުރާ 'ކާޑިއޯ' ކަސްރަތާއި، މަސްތަކުގައި ވަރުޖައްސާ ހުޅުތަކުގެ ދުޅަހެޔޮކަން ރަނގަޅު ކުރަން ޖައްސާ 'ސްޓްރެންތް ޓްރެއިނިން' އާއި ހުޅުތަކުގެ ގާބިލުކަން އިތުރުކޮށް ފްލެކްސިބިލިޓީ އިތުރުކުރަން ކުރާ 'ސްޗްރެޗިން' ހިމެނެ އެވެ.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ އިން 2020 ވަނަ އަހަރުން ފެށިގެން 2025 އާ ހަމަައަށް ނެރެފައިވާ ފިޒިކަލް އެކްޓިވިޓީ ގައިޑްލައިންގައިވާ ގޮތުން އިންސާނެއްގެ ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި މަދުވެގެން ކޮންމެ ހަފްތާއަކު 150 މިނިޓާއި 300 މިނިޓާއި ދެމެދުގެ ބުންވަރު އިތުރުކުރާ ނުވަތަ ކާޑިއޯ އެކްސަސައިޒް ކުރަން ވާނެ އެވެ. އެހެންކަމުން މި މިންވަރުހަފްތާގެ ހަ ދުވަހަށް ބަހާލައިިފިނަމަ މަދުވެގެން 25-50 މިނިޓު މިފަދަ ކޮންމެވެސް ކަސްރަތެއް ކުރަންޖެހެ އެވެ. 

އަދި މަދުވެގެން ދެ ދުވަހު ހުޅުތަކާއި މަސްތަކުގެ ކަސްރަތު ހިމަނާލަން އެދެވެގެންވާއިރު ކޮންމެ ހަފްތާއެއްގެވެސް އެއް ދުވަސް އަރާމުކޮށް ހަށިގަނޑުގެ ރިކަވަރީ އަށް ހާއްސަކޮށްލަން ޖެހެ އެވެ. 

ކަސްރަތާއެކު މިންހެޔޮކޮށް ކެއުން 

ދުޅަހެޔޮކަމަކީ ހަމައެކަނި ހެލިފެލިވެ ކަސްރަތުކުރުމުން އެކަނި ހާސިލްކުރެވޭ ކަމެއް ނޫނެވެ.

ޝިފާނާ ބުނިގޮތުގައި ކަސްރަތަކީ މި މަސައްކަތުގެ އެއްބައެވެ. މި މަސައްކަތް ފުރިހަަމަވުމަށްޓަކައި ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ލިބިދޭ ކާނާ ގަޑިން ގަޑިއަށް ކެއުންވެސް ވަރަށް މުހިންމެވެ. ހާއްސަކޮށް ކަސްރަތުން ލިބިދޭ ފައިދާތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހަށިގަނޑަށް ފޯރުވައިދިނުމަށްޓަކައި ވިޓަމިންސްއާ މިނަރަލްސްގެ މުހިންމުކަން އޭނާ ފާހަގަކުރި އެވެ. 

ކަސްރަތުކޮށްދޭ އިންސްޓްރަކްޓަރުން ނުހަނު ގިނަވެފައިވާ މި ދުވަސްވަރު އަދި އަމިއްލައަށްވެސް އެކިއެކި ކަސްރަތުތައް ކުރާ މީހުން ވެސް ގިނައިރު, ތިމާ އެއްކުރާ މައުލޫމާތަކީ ސައްހަ މަސްދަރުތަކުން އެއްކުރާ މައުލޫމާތަށް ހެދުމަކީ މުހިންމުކަމެކެވެ. ރާއްޖޭގައި ވެސް ނެޝެނަލް ނިއުޓްރިޝަން ގައިޑްލައިންއަކާ ނެޝެނަލް އެކްޓިވިޓީ ގައިޑްލައިނެއް ހެދިފައިވާއިރު މި ގައިޑްލައިންގައިވާ މިންގަނޑުތަކަށް ފަރުވާތެރިވުމަކީ އެންމެންގެވެސް ޒިންމާއެއްކަން އޭނާ ހަނދާންކޮށްދިނެވެ.

ފަހުގެ ޚަބަރު

މައިކަލް ޖެކްސަންގެ ޖެކެޓާއި މާކަރީގެ ނޯޓުފޮތް ވިއްކާލައިފި

މައިކަލް ޖެކްސަން ބޭނުންކުރި މިލިޓަރީ ޖެކެޓާއި، ފްރެޑީ މާކަރީ ލަވަތައް ލިޔެފައިވާ ނޯޓުފޮތް ހިމެނޭހެން މަޝްހޫރު ފަންނާނުންގެ ބައެއް ތަކެތި ނީލަމެއްގައި ބޮޑު އަގުގައި ވިއްކާލައިފިއެވެ. މީގެ އިތުރުން ޖޯން ލެނަންގެ އަވިއައިނަކާއި، ނޮއެލް ގަލަގާ ބޭނުންކުރި ގިޓާ ދުނިޔޭގެ ރެކޯޑް އަގަކަށް މި ނީލަމުގައި ވަނީ ވިކިފައެވެ.

ކެއުމަށްފަހު ލޭގައި ހަކުރު މަތިވުމަކީ ކަންބޮޑުވާންޖެހޭ ކަމެއްތަ؟

ކެއުމަށްފަހު ނުވަތަ ކަސްރަތު ކުރުމުން ލޭގައި ހަކުރުގެ މިންވަރު ވަގުތީގޮތުން މަތިވުމަކީ ހަށިގަނޑުގައި ގުދުރަތީ ގޮތުން ހިނގާ އާދައިގެ ކަމެކެވެ. ނަމަވެސް ހަކުރުބަލި ހުންނަ މީހުންގެ ހަށިގަނޑުގައި އިންސިއުލިން މަސައްކަތްކުރާ މިންވަރު ދަށްވުމުގެ ސަބަބުން، މިގޮތަށް ހަކުރު މަތިވުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެއެވެ. އެހެންކަމުން ބަލި ހުންނަ މީހުން ކެއުމާއި ކަސްރަތަށް ސަމާލުވެ، ގަވާއިދުން ހަކުރު ޗެކްކުރުން މުހިންމެވެ.

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

Newsletter

Get the latest news delivered straight to your inbox