ރާމޯސްގެ ފުރަތަމަ މެޗުގައި މެސީ ވިދާލިއިރު، ނޭމާ އަށް އަނިޔާވެއްޖެ

Nov 28, 2021, 2:41 PM
ސެއިން އެޓިއެން ކުޅުންތެރިއަކު ކައިރިން މެސީ (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ސެއިން އެޓިއެން ކުޅުންތެރިއަކު ކައިރިން މެސީ (ކ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (ނޮވެމްބަރު 28) - ސާޖިއޯ ރާމޯސް ޕީއެސްޖީ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗުގައި ލިއޮނަލް މެސީގެ މޮޅު ކުޅުމާ އެކު އެ ޓީމު 3-1 އިން ފްރެންޗް ލީގުގައި ސެއިންޓް-އެޓިއެން ބަލިކޮށްފި އެވެ.

މި މެޗުގެ ދެ ވަނަ ހާފުގައި ޕީއެސްޖީގެ ތަރި ނޭމާގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާގެ ސަބަބުން ބާލަން ޖެހުނީ އަށިގަނޑުގަ އެވެ. އަނިޔާގެ ސަބަބުން މިދިޔަ އަހަރުތަކުގައި ޕީއެސްޖީގެ ގިނަ މެޗުތަކެއް ނޭމާ އަށް ގެއްލުނުއިރު، މި ފަހަރު ކުޑަހުޅަށް މި ލިބުނު އަނިޔާގެ ސަބަބުން ވެސް ދިގު މުއްދަތަކަށް ކުޅުމާ ދުރަށް ދާން ޖެހުމުގެ ބިރު އެބައޮތެވެ.

ހިލޭ ޓްރާންސްފާއެއްގެ ދަށުން މި ސީޒަން ފެށުމުގެ ކުރިން ރެއާލް މެޑްރިޑް ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ރާމޯސް މިރޭ ވަނީ ފުރަތަމަ ފަހަރަށް ޕީއެސްޖީ އަށް މެޗެއް ކުޅެދީފަ އެވެ. އޭނާ އަށް އަނިޔާގެ ސަބަބުން ސީޒަނުގެ ކުރީކޮޅުގައި ޕީއެސްޖީ ކުޅުނު މެޗުތަކުގައި ނުކުޅެވުނެވެ.

ސެއިންޓް-އެޓިއެންއާ ދެކޮޅަށް މިރޭ ކުޅުނު މެޗުގެ ތެރެއިން ރާމޯސް.-- ފޮޓޯ: އޭއެފްޕީ

ސެއިންޓް-އެޓިއެން ދަނޑުގައި މިރޭ ކުޅުނު މެޗުގައި ފުރަތަަމަ ގޯލެއް ޖެހީ ވެސް ނޭމާ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ނިންމީ ގޯލު ބަލައިނުގަންނާށެވެ. ޕީއެސްޖީ ހާސްކޮށްލުމަށް ފަހު ފުރަތަމަ ގޯލު ޖެހީ ސެއިންޓް-އެޓިއެން އިންނެވެ. މެޗުގެ 23 ވަނަ މިނިޓްގައި އެ ޓީމުގެ ގޯލު ޖެހީ ޑެނިސް ބޮއަންގާ އެވެ. ޕީއެސްޖީން އޮފްސައިޑް ކަމަށް ބަލައިގެން ހުރި ނަމަވެސް ރެފްރީ ނިންމީ ގޯލެއް ކަަމަށެވެ. އެއީ ވީއޭއާރް އިން ބެލުމަށް ފަހު އެވެ.

ލީޑުހިފެހެއްޓުމުގައި ސެއިންޓް-އެޓިއެން އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ މެޗުގެ 45 ވަނަ މިނިޓްގައި އެ ޓީމުގެ ޓިމޮތީ ކޮލޮޑްޒޮއިޒެޗަށް ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާ އަށް ސީދާ ރަތް ކާޑެއް ދެއްކީ ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.

ސެއިންޓް-އެޓިއެންގެ ކުޅުންތެރިއަކު މަދުވިތާ މިނިޓެއްހާއިރު ފަހުން ޕީއެސްޖީ އަށް އެއްވަރުކޮށްދިނީ މެސީ ހިލޭ ޖެހުމަކުން ނެގި ބޯޅައަކުން ކެޕްޓަން މާކުއީނިއޯސް އެވެ. މާކުއީނިއޯސް މި ގޯލު ޖެހީ ބޮލުންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ސެއިންޓް-އެޓިއެން އިން ޑިފެންސް ކުރަމުންދަނިކޮށް ޕީއެސްޖީ އަށް ލީޑުނަގައިދިނީ މެޗުގެ 79 ވަނަ މިނިޓްގައި މެސީ ދިން ބޯޅައަކުން އެންހެލް ޑި މާރިއާ އެވެ.

ނޭމާ އަށް އަނިޔާވެގެން އަށިގަނޑަށް ލައިގެން ބާލަނީ.

އޭގެ ހަތަރު މިނިޓް ފަހުން ނޭމާގެ ކުޑަހުޅަށް ލިބުނު އަނިޔާއާ ގުޅިގެން އަށިގަނޑުގައި ބޭލި އެވެ. ދަނޑުން ފައިބައިގެން ދިޔައިރު، ނޭމާ އަށް ހުރީ ރޮވިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި މެސީ ނެގި ހުރަހަކުން މާކުއީނިއޯސް ބޮލުން ޖެހި ގޯލާ އެކު ޕީއެސްޖީން ވަނީ މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްފަ އެވެ. މިއީ މި ފަހަރު ލީގުގައި މާކުއީނިއޯސް ޖެހި ފުރަތަމަ ގޯލުތަކެވެ.

މި މޮޅާ އެކު ފްރެންޗް ލީގުގެ އެއް ވަނައިގައި ޕީއެސްޖީ އޮތީ 14 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެއީ 15 މެޗުން 40 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ރެނެސް އިން ލޮރިއެންޓް ބަލިކޮށްފިނަމަ ޕީއެސްޖީގެ ލީޑު 12 ޕޮއިންޓަށް ކުޑަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox