އާ ވޭރިއެންޓު ހުއްޓުވަން ގައުމުތަކުން އަވަސްވެގަނެއްޖެ

ދެކުނު އެފްރިކާ އިން އަލަށް ފެނުނު ވޭރިއެންޓުގެ ނަމަކީ އޮމިކްރޯން. -- ފޮޓޯ: ރޮއިޓާޒް

ދެކުނު އެފްރިކާ އިން އަލަށް ފެނުނު ވޭރިއެންޓުގެ ނަމަކީ އޮމިކްރޯން. -- ފޮޓޯ: ރޮއިޓާޒް

ސިޑްނީ، އޮސްޓްރޭލިއާ (ނޮވެމްބަރު 28) - ކޮވިޑް ފަތުރާ ވައިރަހުގެ ގިނަ މިޔުޓޭޝަންތަކާ އެކު މާ ނުރައްކާ ކަމަށް ބެލެވޭ އާ ވޭރިއެންޓެއް ފެނުމުން ގައުމުތަކުން އަވަސް ފިޔަވަޅު އަޅައިފި އެވެ.

ބަލިމަޑުކަމާ ދެކޮޅަށް މިހާރު ހޯދާފައިވާ ކުރިއެރުންތައް ގެއްލިގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން އުފެދިފައި ވަނީ ދެކުނު އެފްރިކާ އިން މުޅިން އަލަށް ފެނުނު އޮމިކްރޯން ވޭރިއެންޓާ ހެދި އެވެ.

ގިނަ މިޔުޓޭޝަންތައް ހިމެނޭކަން ޔަގީންކުރެވިފައިވާ އެ ވޭރިއެންޓުގެ ނުރައްކާ އޮތް މިންވަރު ދެނެގަންނަން ސައިންޓިސްޓުން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. އެންމެ ބޮޑު އިސްކަމެއް ދީގެން ބަލަނީ ވެކްސިނުން އެ ވޭރިއެންޓާ ދެކޮޅަށް ރައްކާތެރިކަން ލިބޭނެތޯ އެވެ.

ގިނަ ގައުމުތަކުން ދެކުނު އެފްރިކާ އާއި އެފްރިކާ ބައްރުގެ ގައުމުތަކަށް ކުރާ ދަތުރު ހުއްޓާލާފައި ވާއިރު، މިހާތަނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާފައި ވަނީ އިޒްރޭލުންނެވެ. އެގޮތުން އިޒްރޭލުން ނިންމީ ބޯޑަރު އެއްކޮށް ބަންދުކޮށް، އެހެން ގައުމުތަކުގެ މީހުންނަށް އެތެރެވުމުގެ ހުއްދަ ނުދިނުމަށެވެ.

"އަޅުގަނޑުމެން މި ނަގަނީ ރަތް ދިދައެއް،" އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ "މި ނުރައްކާތެރި ވޭރިއެންޓާ" ދެކޮޅަށް މަސައްކަތް ކުރަން 10 މިލިއަން ޕީސީއާރް ޓެސްޓު ކިޓު ގަންނާނެ ކަމަށެވެ.

އޮމިކްރޯން ވޭރިއެންޓް އިޒްރޭލުން މިހާރު ވެސް ފެނިފައި ވާއިރު، އެހެން ގިނަ ގައުމުތަކުން ވެސް ދަނީ ފެންނަމުންނެވެ. ނެދަލޭންޑްސް އާއި އިނގިރޭސިވިލާތުގެ އިތުރުން ހޮންގް ކޮންގުން ނިމުނު ހަފުތާ ބަންދުގައި އެ ވޭރިއެންޓު ފެނުނެވެ.

އާދީއްތަ ދުވަހު އޮސްޓްރޭލިއާ އިން ބުނީ ދެކުނު އެފްރިކާ އިން ސިޑްނީ އަށް ދަތުރު ކުރި ފްލައިޓެއްގައި ތިބި ދެ މީހުން އެ ވޭރިއެންޓަށް ޕޮޒިޓިވް ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ވެކްސިން ފުރިހަމަކޮށްގެން ތިބި މީހުންނެވެ.

އާ ވޭރިއެންޓް ފެނުމާ އެކު ގައުމުތަކުން ފިޔަވަޅު އެޅީ ވަރަށް ކުއްލި ގޮތަކަށެވެ. އެހެންކަމުން ދެކުނު އެފްރިކާގެ ޖޮހަނެސްބާގް އިންޓަނޭޝަނަލް އެއާޕޯޓުގައި ގިނަ ބަޔަކު ތޮއްޖެހެން މެދުވެރިވި އެވެ. އެންމެން ވެސް އުއްމީދުކޮށްގެން ތިބީ އެންމެ ފަހު ފްލައިޓުގައި ފުރައިގެން ދިޔުމަށެވެ.

ދެކުނު އެފްރިކާގެ ސައިންޓިސްޓުން މިދިޔަ ހަފުތާގައި ބުނީ ބީ.529.1.1 ވޭރިއެންޓު ފެނުނު އިރު އޭގައި މަދުވެގެން 10 މިޔުޓޭޝަން އެކުލެވޭ ކަމަށެވެ. އެއީ މީގެ ކުރިން އެންމެ ހަލުވިކޮށް ފެތުރުނު ބޭޓާ އާއި ޑެލްޓާ އަށް ވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ.

އެ ވޭރިއެންޓް ދެނެގަނެވުމާ އެކު ލަސްނުކޮށް ގައުމުތަކަށް އެންގުމުން އެމެރިކާ އިން ވަނީ ދެކުނު އެފްރިކާ އަށް ތައުރީފުކޮށްފަ އެވެ. ނަމަވެސް ދެކުނު އެފްރިކާ އިން ވަނީ ގައުމުތަކުން ދަތުރު ކުރުން ހުއްޓާލުމުން ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox