ސައުދީ ސަރުކާރުން ނިއުކާސަލަށް ނުފޫޒެއް ނުފޯރުވާނެ: ޕްރިމިއާ ލީގު

Nov 27, 2021, 8:14 AM
ސައުދީ ސަރުކާރުން ނިއުކާސަލަށް ނުފޫޒެއް ނުފޯރުވާނެ: ޕްރިމިއާ ލީގު

ލަންޑަން (ނޮވެމްބަރު 27) - ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން އިނގިރޭސި ކްލަބް، ނިއުކާސަލް ޔުނައިޓެޑް ގަތް ނަމަވެސް، އެ ޓީމުގެ ކަންކަމުގައި ސައުދީ ސަރުކާރުން ނުފޫޒުނުފޯރުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިނގިރޭސި ޕްރިމިއާ ލީގުން ބުނެފި އެވެ.

މީގެ މަހެއްހާ ދުވަސް ކުރިން ސައުދީން އިސްވެ، ނިއުކާސަލް ގަތީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ، ޕްރިމިއާ ލީގުގެ ބޯޑަށް ވަނީ ވަރަށް ބޮޑަށް ޕްރެޝަރު ބޮޑުވެފަ އެވެ. އެ ޑީލާ ހެދި ކްލަބްތަކާއި ސިޔާސީ ފަރާތްތަކުގެ ފަރާތުން ކުރިމަތިވި ޕްރެޝަރުތަކާ ހެދި ޕްރިމިއާ ލީގުގެ ޗެއާމަން ގެރީ ހޮފްމަން އިސްތިއުފާ ދިނުމަށް ނިންމައިފި ކަމަށް މީޑިއާތަކުން ރިޕޯޓްކުރި އެވެ.

ދާދި ފަހުން ބީބީސީ އަށް ޕްރިމިއާ ލީގުގެ ޗީފް އެގްޒެކްޓިވް ރިޗާޑް މާސްޓާސް ދެެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިނގިރޭސި ކްލަބްތަކުން ކަންބޮޑުވާ ފަދަ ކަންތައްތަކެއް ނިއުކާސަލް މެދުވެރިކޮށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އަދި ނިއުކާސަލް ގަންނަން ސައުދީގެ ޕީއައިއެފް އާއި ވިޔަފާރިވެރިޔާ އަމަންޑާ ސްޓަވީލީސްގެ ކުންފުނިން ކަންތައްތައް ގެންދިޔައީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް މާސްޓާސް ވަނީ ވިދާޅުވެފަ އެވެ.

"މީގެ ހަނދާން ކުރަން ޖެހޭ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވައިދެއް އެބައޮތް. ޕީއައިއެފް އަކީ ސައުދީ ސަރުކާރުގެ ބާރު ހިންގާ ފަންޑެއް ނަމަވެސް އޭގެ ހިއްސާވެގެން ހިންގާ ކްލަބަކަށް ބާރެއް ނުފޯރުވޭނެ. އެއީ ނުކުރެވޭނެ ކަމެއް،" މާސްޓާސް ވިދާޅުވި އެވެ.

"ޕީއައިއެފްގައި ކިތަންމެ ފައިސާއެއް ހުއްޓަސް ހަރަދުކުރެވެނީ އޮންނަ އުސޫލުން އެ ކްލަބް ހިންގަން ގާއިމްކުރެވޭ ވަކި ބަޖެޓަކުން. ޕީއައިއެފްގެ ހުރިހާ ފައިސާ އަކީ ނިއުކާސަލްގެ އެއްޗެއް ނޫން،"

ނިއުކާސަލް ގަންނަން ޕީއައިއެފް އާއި އަމަަންޑާ ސްޓަވީލީސްގެ ޕާޓްނަޝިޕުން ޖުމްލަ 408 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ މިހާރު އޮތް ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ ފުޓްބޯޅަ ކްލަބެއް ހިންގާ ބައެއްގެ އެންމެ ބޮޑު މިލްކިއްޔާތެވެ. ދެން އެ ޓީމާ އެންމެ ކައިރި ކުރަނީ މެންޗެސްޓާ ސިޓީ ހިންގަމުން އަންނަ ސިޓީ ފުޓްބޯލް ގްރޫޕްގެ ވެރިޔާ ޔޫއޭއީގެ ޝެއިހް މަންސޫރެވެ. އޭނާގެ މިލްކިއްޔާތުގައި 32 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ޕްރިމިއާ ލީގުގެ ކްލަބްތަކުން ދެން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަކީ ސައުދީ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތައް ފޮރުވަން ފުޓްބޯޅަ ތެރެއިން ކުރާ މަސައްކަތުގައި ޕްރިމިއާ ލީގުން ބައިވެރިވީ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތަކާ ހެދި އެވެ.

ސައުދީން އެންމެ ފުރަތަމަ މީގެ އެއް އަހަރު ކުރިން ނިއުކާސަލް ގަންނަން ކުރި މަަސައްކަތް ކާމިޔާބެއްނުވީ ގިނަ ޕްރެޝަރުތަކެއްގެ ސަބަބުންނެވެ.

މިދިޔަ އަހަރު ސައުދީން ނިއުކާސަލް ގަންނަން މަސައްކަތްކުރިއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ އެމްނެސްޓީ އިންޓަނޭޝަަނަލް އިން ވަނީ އެ ޑީލާ ދެކޮޅަށް އިންޒާރެއް ދީފަ އެވެ. އެ ޖަމިއްޔާ އިން ތުހުމަތުކުރާ ގޮތުގައި ސައުދީން އިސްވެ ކުޅިވަރު ހަރަކާތްތަކަށް އިންވެސްޓްކުރަނީ އެ ގައުމުން އިންސާނިއްޔަތާ ހިލާފަށް ހިންގާ އަމަލުތައް ފޮރުވުމުގެ ގޮތުން ކަމަށެވެ. އެކަމަކު، މި ފަހަރު ނިއުކާސަލްގެ ޑީލް ސައުދީގެ ޕީއައިފް އިން ނިންމާލިއިރު، އެމްނެސްޓީން މީޑިއާގައި ވާހަކައެއް ނުދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox