ދަތުރު ކުރުން މަނާކުރާތީ ދެކުނު އެފްރިކާއިން ހިތްހަމަނުޖެހިއްޖެ

ދެކުނު އެފްރިކާގެ އެއާޕޯޓެއްގައި ޕަސެންޖަރުން މަޑުކޮށްގެން. -- ފޮޓޯ: އޭޕީ

ދެކުނު އެފްރިކާގެ އެއާޕޯޓެއްގައި ޕަސެންޖަރުން މަޑުކޮށްގެން. -- ފޮޓޯ: އޭޕީ

ޖޮހަނެސްބާގް، ދެކުނު އެފްރިކާ (ނޮވެމްބަރު 27) - ކޮވިޑް ފަތުރާ ވައިރަހުގެ އާ ވޭރިއެންޓެއް ދެކުނު އެފްރިކާ އިން ފެނުމުން އެކި ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ދެކުނު އެފްރިކާ ސަރުކާރުން ހިތްހަމަނުޖެހިއްޖެ އެވެ.

ޔޫރަޕާއި އެމެރިކާ އަދި ކެނެޑާގެ އިތުރުން އެހެން ބައެއް ގައުމުތަކުން ވަނީ ދެކުނު އެފްރިކާ އަށް ދަތުރު ކުރުން މަނާކޮށްފަ އެވެ. ދެކުނު އެފްރިކާ ސަރުކާރުން އެކަން ސިފަކުރީ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފަޔާ ހިލާފަށް ކުރާ ކަމެއްގެ ގޮތުގަ އެވެ.

އަލަށް ފެނުނު ވޭރިއެންޓަށް އޮމިކްރޯންގެ ނަން ދީފައިވާއިރު، ދެކުނު އެފްރިކާގައި ކުއްލިއަކަށް ކޮވިޑް ކޭސްތައް އިތުރުވެގެން އުޅެނީ އެ ވޭރިއެންޓާ ހެދި ކަމަށް ބެލެވެ އެވެ. ހޮންގް ކޮންގް އާއި ބެލްޖިއަމް، އިޒްރޭލް އަދި ބޮޓްސްވާނާ އިން ވެސް މި ވޭރިއެންޓް ވަނީ ފެނިފަ އެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ބައެއް ފިޔަވަޅުތަކަކީ އެއްވެސް ހަމައެއް ނެތި އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށް،" ދެކުނު އެފްރިކާގެ ހެލްތު މިނިސްޓަރު ޖޯ ފާހްލާ ނޫސްވެރިންނަށް ވިދާޅުވި އެވެ.

ދެކުނު އެފްރިކާ އާއި އެފްރިކާ ބައްރުގެ ދެކުނުގައިވާ ގައުމުތަކަށް ދަތުރު ކުރުން އެންމެ ފުރަތަމަ މަނާކުރީ އިނގިރޭސިވިލާތުންނެވެ. މިހާރު އޮސްޓްރިއާ، ކެނެޑާ، ފްރާންސް، ޖަރުމަނުވިލާތް، އިޓަލީ، ނެދަލޭންޑްސް އަދި އެމެރިކާ އިން ވެސް ވަނީ އެ ފިޔަވަޅު އަޅާފަ އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގައުމުތަކަށް ލަފާދިނީ ނުރައްކަލާ ގުޅޭ މައުލޫމާތު ސާފުވަންދެން އެފްރިކާ ބައްރުގެ ދެކުނަށް ކުރާ ހުރިހާ ދަތުރުތަކެއް ހުއްޓާލުމަށެވެ. ނަމަވެސް ޑަބްލިއުއެޗްއޯ އިން ހުކުރު ދުވަހު ގައުމުތަކަށް ބާރު އެޅީ ދަތުރުކުރުން ހުއްޓާ ނުލުމަށެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ ފިޔަވަޅު އަޅަން އަދި މާ އަވަސް ކަމަށާއި ވޭރިއެންޓާ ގުޅޭ މައުލޫމާތު ދެނެގަންނަން ހަފްތާތަކެއް ނަގާނެ ކަމަށެވެ. ޑަބްލިއުއެޗްއޯ އިން ބުނީ އެފަދަ ފިޔަވަޅު އެޅުމުގައި ގައުމުތަކުން ވިސްނަންވީ ނުރައްކާ ދެނެގަނެ، ސައިންޓިފިކް ހެކީގެ އަލީގައި ނިންމުން ނިންމަން ކަމަށެވެ.

"މިހާތަނަށް ކުރި ދިރާސާތަކުން ފެންނަ ގޮތުގައި މި ވޭރިއެންޓުގައި ގިނަ މިއުޓޭޝަންތައް އެކުލެވޭ. އެހެންވެ، އިތުރު ދިރާސާތައް ކުރަން ޖެހޭ. މިއުޓޭޝަންތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދައި، އޭގެ ސަބަބުން ބަލި ފެތުރޭ ހަލުވި މިނަށް އަދި ބަލީގައި ސީރިއަސްވާ މިންވަރަށް ބަދަލު އާދޭތޯ ބަލަމުން ދާނެ،" އެ އިދާރާ އިން ބުންޏެވެ.

"މި ހާލަތުގައި އަޅުގަނޑުމެން އަނެއްކާ ވެސް ތަކުރާރުކޮށް ބުނަން މި ޖެހެނީ، ދަތުރު ކުރުމާ ދެކޮޅަށް ފިޔަވަޅު އެޅުން އެދެވިގެން ނުވޭ."

ޑަބްލިއުއެޗްއޯ އިން ކަންބޮޑުވާ ވޭރިއެންޓުތަކުގެ ލިސްޓުގައި މިހާރު ހިމެނެނީ ހަތަރު ވޭރިއެންޓެކެވެ. އެއީ އަލްފާ، ބޭޓާ، ގަމާ އަދި ޑެލްޓާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފެތުރިފައި ވަނީ ޑެލްޓާ ވޭރިއެންޓެވެ.

އޭގެ އިތުރުން ސަމާލުކަންދީގެން މޮނީޓާ ކުރަމުންދާ ދެ ވޭރިއެންޓެއް ވެ އެވެ. އެއީ ލަމްބްޑާ އާއި މޫ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox