ވެސްޓް ހޭމާއި ލެސްޓާ މޮޅުވިއިރު، ކޮންޓޭގެ ޓޮޓެންހަމް ބަލިވެއްޖެ

Nov 26, 2021, 3:19 AM
ވެސްޓް ހޭމާއި ލެސްޓާ މޮޅުވިއިރު، ކޮންޓޭގެ ޓޮޓެންހަމް ބަލިވެއްޖެ

ލަންޑަން (ނޮވެމްބަރު 26) - ޔޫރޮޕާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާއި ލެސްޓާ ސިޓީ ކުޅުނު މެޗުތަކުން މޮޅުވިއިރު، ޔުއެފާ ކޮންފަރެންސް ލީގުގައި ކުޅޭ ޓޮޓެންހަމް ހޮޓްސްޕާސް ދާދި ފަހުން ޓީމާ ހަވާލުވި ކޯޗު އެންޓޯނިއޯ ކޮންޓޭއާ އެކު ފުރަތަަމަ ފަހަރު މެޗަކުން ބަލިވެއްޖެ އެެވެ.

އޮސްޓްރިއާގެ ރެޕިޑް ވިއޭނާ ދަނޑުގައި ވެސްޓް ހޭމް މޮޅުވީ 2-0 އިންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު ލެސްޓާ އިން ވަނީ 3-1 އިން ޕޮލެންޑްގެ ލެހިއާ ވޯސޯ ބަލިކޮށްފަ އެވެ. ސްލޮވީނިއާ ލީގުގެ ފަސް ވަަނައިގައި އޮތް އެންއެސް މޫރާ ވަނީ ޓޮޓެންހަމް 2-1 އިން ބަލިކޮށް ޔޫރަޕްގެ މުބާރާތެއްގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ.

އެންޑީ ޔާމޮލަންކޯގެ ގޯލާއި މާކް ނޯބަލްގެ ޕެނަލްޓީން ރެޕިޑް ވިއޭނާ ބަލިކޮށް ވެސްޓް ހޭމް ވަނީ ނޮކައުޓް ބުުރުން ގްރޫޕް އެޗްގެ އެއް ވަނައިގެ ގޮތުގައި ޖާގަ ޔަގީންކޮށްފަ އެވެ. ކުޅުނު ފަސް މެޗުގެ ތެރެއިން ހަަތަރު މެޗުން މޮޅުވި ވެސްޓް ހޭމަށް ވަނީ 13 ޕޮއިންޓް ލިބިފަ އެވެ. އެ ގްރޫޕްގެ ދެ ވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓާ އެކު ކްރޮއޭޝިއާގެ ޑިނަމޯ ޒަގްރެބް އެވެ.

ލެހިއާ ކޮޅަށް ލެސްޓާގެ ގޯލުތައް ޖެހީ ޕަޓްސަން ޑަކާ، ޖޭމްސް މެޑިސަން އަދި ވިލްފްރެޑް އެންޑީޑީ އެވެ. ލެހިއާގެ ހަމައެކަނި ގޯލު ޖެހީ ފިލިޕް މިލަޑެނޯވިޗް އެވެ.

މި މޮޅާ އެކު ލެސްޓާ ވަނީ ގްރޫޕް ސީގެ އެއް ވަނަ ދަމަހައްޓައި އަނެއް ބުރުގެ ޖާގަ ހޯދުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ. ފަހު މެޗުތަކަށްދާއިރު، ލެސްޓާ އެއް ވަނައިގައި އޮތީ ފަސް މެޗުން އަށް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްޕާޓަކް މޮސްކޯ އާއި ތިނެއްގައި އޮތް އިޓަލީގެ ނަޕޯލީ އަށް ވަނީ ފަސް މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ލެހިއާ އަށް ފަސް މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ.

ސްލޮވީނިއާގެ 11،000 މިހުން ދިރިއުޅޭ އަަވަށަކުން 2012 ވަނަ އަހަރު ވުޖޫދުވި ކްލަބް މޫރާ އިން ރޭ ޓޮޓެންހަމް އަތުން ތާރީހީ މުހިއްމު މޮޅެކެވެ.

މޫރާ އަށް މެޗުގެ 11 ވަނަ މިނިޓްގައި ލީޑުނަގައިިދިނީ ޓޮމީ ހޯވާޓް އެވެ. ޓޮޓެންހަމަށް މައްސަލަ ދިމާވީ މެޗުގެ 31 ވަނަ މިނިޓްގައި އެ ޓީމުގެ ރަޔާން ސެސެންޔޯން އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ޓޮޓެންހަމަށް މެޗުގެ 72 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ކޭން އެވެ. އިތުރު ވަގުތުގައި މޫރާ މޮޅުވި ގޯލު ޖެހީ އަމަޑޭއީ މަރޯސާ އެވެ.

މެޗަށް ފަހު ޓޮޓެންހަމްގެ ކޯޗު ކޮންޓޭ ބުނީ މި މެޗުގައި އޭނާގެ ޓީމުގެ ފަރާތުން ބޭނުންވާ އެއްވެސް ކަމެއް ރަނގަޅަށް ނުފެނުނު ކަމަށެވެ. އަދި ތިން ހަފްތާ ބައި ތެރޭ އެ ކްލަބްގައި ކުރި މަސައްކަތުން މިހާރު އެ ޓީމުގައި ހުރި މައްސަލަތައް ރަނގަޅަށް ދެނެގަންނަން ފުރުސަތު ލިބެމުން އަންނަކަން ކޮންޓޭ ފާހަގަކުރި އެވެ.

ކޮންފަރެންސް ލީގުގެ ގްރޫޕް ޖީގެ އެއް ވަނައިގެ ގޮތުގައި ނޮކައުޓް ބުރަށް ދިއުމުގެ ދޮރު ޓޮޓެންހަމަށް ވަނީ ބަންދުވެފަ އެވެ. ބާކީ އެއް މެޗު އޮތްއިރު ޓޮޓެންހަމް ދެ ވަނައިގައި އޮތީ ފްރާންސްގެ ރެނެސް އަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުގަ އެވެ. ޓޮޓެންހަމަށް ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން އަނެއް ބުރުގެ ޖާގަ ހޯދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox