ބޮޑު ހިޔާނާތުގައި ގެއްލުނު ފައިސާތަކެއް އަނބުރާ ދައުލަތަށް ނަގައިދޭން ފުރަތަމަ ފަހަރަށް ހުކުމްކޮށްފި

ކޮރަޕްޝަން ހިންގި ދުވަސްވަރު އަދީބާއި ޒިޔަތު އެމްއެމްޕީއާރްސީގެ އިވެންޓެއްގައި: ގެއްލުނު ފައިސާތަކެއް އަނބުރާ ދައުލަތަށް ނަގައިދޭން ވަނީ ހުކުމް ކޮށްފައި - ފޮޓޯ: ސަން

ކޮރަޕްޝަން ހިންގި ދުވަސްވަރު އަދީބާއި ޒިޔަތު އެމްއެމްޕީއާރްސީގެ އިވެންޓެއްގައި: ގެއްލުނު ފައިސާތަކެއް އަނބުރާ ދައުލަތަށް ނަގައިދޭން ވަނީ ހުކުމް ކޮށްފައި - ފޮޓޯ: ސަން

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އާއިލާ މީހެއްގެ ކުންފުންޏެއް އެކައުންޓަށް ޖަމާކުރި ފައިސާ އަނބުރާ ދައްކަން ހައިކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މިއީ މި ބޮޑު ހިޔާނާތުގައި ދައުލަތަށް ގެއްލިގެން ދިޔަ އެއް ބިލިއަން ރުފިޔާގެ ތެރެއިން ފައިސާ ނަގައިދިނުމަށް ކުރި ފުރަތަމަ ހުކުމެވެ.

އެމްއެމްޕީއާރުސީ މެދުވެރުކޮށް ޓޫރިޒަމް ތަރައްގީކުރަން މީގެ ހަ އަހަރު ކުރިން 2014 އާއި 2015 ގައި ދޫކުރި ރަށްތަކަށް ދެއްކި ޗެކްތައް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ޒިޔަތުގެ ގާތް މީހުންނާއި ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ފައިސާ ނެގިއެވެ. އެ ހިޔާނާތަށް އެ ދެ މީހުން ވެސް އިއުތިރާފުވެ މިހާރު ތިބީ ޖަލު ހުކުމެއްގަ އެވެ.

ގެއްލިގެން ދިޔަ ފައިސާ ހޯދަން ބައެއް ކުންފުނިތަކާ ދެކޮޅަށް ކޮށްފައިވާ ދައުވާތަކުގެ ތެރެއިން ހައި ކޯޓުން އިއްޔެ ހުކުމްކުރީ އދ. ފުށިދިއްގާ (ރަށްދިއްގާ) 50 އަހަރަށް ކުއްޔަށް ނެގުމަށްޓަކައި، އެ ކުންފުނިން ދެއްކި 50,000 ޑޮލަރު ޒިޔަތުގެ އާއިލާގެ ކުންފުންޏަކަށް ޖަމާކޮށްފައިވާތީ، އެ ފައިސާ ދައުލަތަށް ނަގައި ދިނުމަށެވެ.

ފުޅާ ދާއިރާއެއްގައި ތެޔޮ ވިއްކާ، އެޗްއެމްއެޗްއައި ކުންފުނިން ދިން ޗެކް ލިބިފައިވާ ކަމަށް ޒިޔަތު ސޮޔެއް ނުކުރެ އެވެ. އަދި އެ ފައިސާ އެމްއެމްޕީއާރްސީގެ އެކައުންޓަށް ލުމުގެ ބަދަލުކޮށް ޖަމާކުރީ ޒިޔަތުގެ ބޮޑު ބޭބެއެއްގެ ކުންފުންޏެއް ކަމަށްވާ އެމްއެޗްއާރްގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ އެކައުންޓަކަށެވެ.

އެކަން އެ ބޭންކުން ފޮނުވާފައިވާ ސިޓީއަކުންނާއި އެމްއެޗްއާރްގެ ބޭންކް ސްޓޭޓްމެންޓުން ވެސް ސާބިތުވެ އެވެ.

އެ ފައިސާ ހޯދުމަށް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކުރި އެވެ. ނަމަވެސް, އެ ކޯޓުން ހުކުމް ކޮށްފައިވަނީ އެ ފައިސާ ދައުލަތަށް ނަގައިދޭން ޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ މައްސަލާގައި ހައިކޯޓުން އިއްޔެ ކުރި ހުކުމްގައިވާ ގޮތުގައި އެޗްއެމްއެޗްއައި ކުންފުނިން ޗެކް ދޫކުރީ އެ ޗެކްގައި އެކައުންޓް ޕޭއީ ނުޖަހައެވެ. އެމްއެމްޕީއާރްސީގެ ނަމުގައި އޮތް ޗެކެއް އެހެން ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާކުރަން ފުރުސަތު ލިބިފައިވަނީ އެހެންވެ ކަމަށް ހުކުމުގައިވެ އެވެ.

ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުން އެޗްއެމްއެޗްއައިގެ ޗެކް އެމްއެމްޕީއާރްސީއަށް ޖަމާވެފައިނުވާ ކަމާއި އެ ޖަމާވީ އެމްއެޗްއާރްގެ އެކައުންޓަކަށް އެނގެން އޮތްކަން ކަމަށާއި އެ ނޫން ގޮތަކަށް އެކަން ދައުވާ ރައްދުވާ އެމްއެޗްއާރްއަށް ސާބިތުކޮށްދެވިފައި ނެތްކަން ހުކުމްގައިވެ އެވެ.

މި މައްސަލާގައި އެމްއެޗްއާރްއިން ވަނީ ހައިކޯޓަށް އާ ހެއްކެއް ހުށަހަޅާފަ އެވެ. ނަމަވެސް, ހައިކޯޓުގެ ފަނޑިޔާރުން މާނަ ކުރެއްވި ގޮތުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ޒިޔަތު ދީފައިވާ އެ ބަޔާންވީ އެ ކުންފުންޏާ ދެކޮޅު ހެއްކަކަށެވެ.

ބަޔާނުގައި ޒިޔަތު ވަނީ ފުށިދިއްގާއާ ގުޅޭ މުއާމަލާތްތަކުގެ ސައްހަކަމާމެދު ސުވާލު އުފައްދާފަ އެވެ. ނަމަވެސް އެ ބަޔާނުގައި ޗެކްގައި އެމްއެޗްއާރް ޖެހީ ކީއްވެކަން ނޭނގޭ ކަމާއި އެ ޗެކާ ހަވާލުވި ހަނދާނެއް ނެތް ކަމަށް ޒިޔަތު ބުނެފައިވެ އެވެ.

އެ ކުންފުންޏަކީ ޒިޔަތުގެ އާއިލާ މީހެއްގެ ކުންފުންޏެއްކަން އޭނާގެ ބަހުން ވެސް އެނގެން އޮތްއިރު, މުއާމަލާތް ހިނގާފައިވާ ގޮތް ކަމަށް ދައުލަތުން ބުނަމުން އަންނަ ބުނުމުގެ ތެދު ކަމަށް އިތުރު ބުރަދަނެއް ލިބޭ ކަމަށް ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނީ އއ. ފުށިދިއްގާއާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހެދި ރިޕޯޓްގައި ވެސް ޗެކްގެ ފައިސާ އެމްއެޗްއާރްއަށް ހައްގުވާ ގޮތެއް އަދި އެ ޗެކް އެމްއެޗްއާރްގެ އެކައުންޓަށް ޖަމާވިކަން ނަފީވާ ކަމެއް ވެސް ނެތް ކަމަށެވެ.

އެމްއެޗްއާރްއިން މަސައްކަތް ކޮށްފައިވަނީ އެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްގެ ތެރެއިން ލިބުނު ޗެކެއްކަން ސާބިތުކޮށްދޭށެވެ. ނަމަވެސް, އެކަން އެ ކުންފުނިން ހުށަހެޅި ލިޔުންތަކުން ސާބިތެއް ނުކޮށްދެވުނެވެ.

އެހެންވެ, ހައިކޯޓުން ކަނޑައެޅީ އެޗްއެމްއެޗްއައިއިން އެމްއެމްޕީއާރްސީއަށް ދޫކުރި ޗެކް އެމްއެޗްއާރްއަށް ޖަމާވެފައިވާތީ, އެ ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް މަދަނީ މިންގަނޑުން ބުރަވެވޭ ކަމަށެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ އެމްއެޗްއާރް ކުންފުނިން އެ ފައިސާ 30 ދުވަހުގެ ތެރޭ ސިވިލް ކޯޓަށް ދައްކާ ހަލާސްކުރުމަށެވެ.

މި މައްސަލަ ބެއްލެވީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު އަލީ ސަމީރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox