އަރަބިއްޔާ އިމާރާތުގެ ނުރައްކަލެއް ދަރިވަރުންނަށް އަދި ނެތް: މިނިސްޓަރު

އަރަބިއްޔާ ސްކޫލުގެ މައި ތަނބެއްގައި ރެނދުލާފައި: އެ އިމާރާތުގެ އެސެސްމަންޓެއް ހަދަމުންދާއިރު، މިވަގުތަށް ދަރުވަރުންނަށް ނުރައްކަލެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވޭ. -ފޮޓޯ: ޓްވިޓާ

އަރަބިއްޔާ ސްކޫލުގެ މައި ތަނބެއްގައި ރެނދުލާފައި: އެ އިމާރާތުގެ އެސެސްމަންޓެއް ހަދަމުންދާއިރު، މިވަގުތަށް ދަރުވަރުންނަށް ނުރައްކަލެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވޭ. -ފޮޓޯ: ޓްވިޓާ

އަރަބިއްޔާ ސުކޫލް ހިންގަމުން އަންނަ އިމާރާތުގައި ބޮޑެތި ރެނދުތަކެއް ލާފައިވާއިރު، އެތަނުގެ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދަމުން އަންނަ ކަމަށާއި ނަމަވެސް މިވަގުތު އެ ސްކޫލްގެ ދަރިވަރުންނަށް ނުރައްކަލެއް ނެތް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އެ އިމާރާތުގެ ތަނބުތަކުން ބައިބައި ވެއްޓެމުން އަންނަ ކަމަށާއި ދަރިވަރުންގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެ ގިނަ ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރ. މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލެއް ހޯދުން ލަސްވާތީ އެ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުވެވަޑައިގެންފައިވާއިރު، އަރަބިއްޔާ ސްކޫލް ހިންގާ އިމާރާތުގެ ހާލަތާ ގުޅޭގޮތުން މެމްބަރަކު ވަނީ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން، މިނިސްޓަރު ވިދާޅުވީ އެ ސްކޫލާ ގުޅޭގޮތުން ސަރުކާރުގެ ވެސް ކަންބޮޑުވުން ހުރި ކަމަށެވެ.

މިގޮތުން، އައިޝަތު އަލީ ވިދާޅުވީ 2013 ވަނަ އަހަރު ހުޅުވި ސްކޫލްގައި ބޮޑެތި ރެނދުތަކެއް ހުރި ކަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކަމަށެވެ.

އެކަން ފާހަގަވުމާ ގުޅިގެން ޕްލޭނިން މިނިސްޓްރީއާ ގުޅިގެން އެ އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހެދި ކަމަށާއި އޭގެ ރިޕޯޓެއް އެޑިޔުކޭޝަނާ ހިއްސާ ކުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ލަފާދީފައިވަނީ ވިޝުއަލް އިންސްޕެކްޝަނަކުން އިމާރާތުގެ ހާލަތު ދެނެގަންނަން ދަތިވާނެތީ ސްޓްރަކްޗަރަލް އެސެސްމަންޓެއްގެ ހެދުމަށެވެ.

މިނިސްޓަރު
މިނިސްޓަރު

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލިސް

އެފަދަ އެސެސްމަންޓެއް ހަދަން ބަޔަކު ހޯދަން ދަތިވި ނަމަވެސް، މިހާރު ބަޔަކު ލިބި އެ މަސައްކަތް ފެށިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި ދަރިވަރުންނަށް އަދި ގެއްލުމެއް ނެތް. އަޅުގަނޑުމެން ވަރަށް ކްލޯޒްލީ މޮނީޓާ ކުރަމުން މިދަނީ،" އައިޝަތު އަލީ ވިދާޅުވި އެވެ.

އަދި ދަރިވަރުންނަށް ނުރައްކާވާކަން އެނގޭ ހިސާބުން އެތަނުން ކުދިން ނެރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރު މިއަދު ވަނީ ދެއްވައިފަ އެވެ.

އަރަބިއްޔާ ސްކޫލު އެންމެ ފުރަތަމަ ހިންގީ އީޕީއެސް ކުރިން ހުރި އިމާރާތުގަ އެވެ. އޭގެ ފަހުން މަޖީދީ މަގުގައި ޓާޓާ ފްލެޓުތައް އަޅާފައި ހުރި ތަނާއި މަންދު ކޮލެޖު ހިންގި އެމްއީއެސް އިމާރާތުގައި ވެސް އަރަބިއްޔާ ސްކޫލު ހިންގި އެވެ.

މިހާރު އެ ސްކޫލު ހިންގާ އާ އިމާރާތް އެއްކޮށް ނިމުމުން އެ ތަނަށް ބަދަލުވީ ޖެނުއަރީ، 2013 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox