ވަގުތީ ކޯޗަކަށް ވާން ޔުނައިޓެޑުން ވަލްވޭޑޭއާ މަޝްވަރާކުރަނީ

Nov 24, 2021, 3:03 AM
ވަގުތީ ކޯޗަކަށް ވާން ޔުނައިޓެޑުން ވަލްވޭޑޭއާ މަޝްވަރާކުރަނީ

މެންޗެސްޓާ (ނޮވެމްބަރު 24) - ހުސްވެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމަށް ވަގުތީ ގޮތުން ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭ ހަމަޖައްސަން މަޝްވަރާ ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗުގެ މަގާމު ހުސްވީ އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ވަޓްފޯޑް އަތުން 4-1 އިން ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗަކަށް ހުރި އޮލެ ގުނަ ސޯލްޝެއާ މަގާމުން ދުރުކުރުމުންނެވެ.

ޔުނައިޓެޑްގެ ކެއާޓޭކާ ކޯޗުގެ ޒިންމާ ނަގައިގެން ހުރީ ސޯލްްޝެއާގެ އެސިސްޓަންޓް ކޯޗު މައިކަލް ކެރިކް އެވެ. ކެރިކްގެ ކޯޗުކަމުގައި ރޭ ޔުނައިޓެޑުން ވަނީ ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް ދަނޑުގައި 2-0 އިން މޮޅުވެފަ އެވެ.

Advertisement

ޔުނައިޓެޑުން އެންމެ ގެންނަން ބޭނުންވާ ކޯޗުން ތިބީ އެހެން ޓީމުތަކުގެ ކޮންޓްރެކްޓްގަ އެވެ. އެއީ ޕީއެސްޖީގެ މައުރީސިއޯ ޕޮޗެޓީނޯ އާއި ލެސްޓާ ސިޓީގެ ބްރެންޑަން ރޮޖާސް އެވެ.

ސީޒަނުގެ މެދުތެރެއިން އެ ކޯޗުން ގެނައުން ވާނީ އުނދަގޫ ކަމަކަށް ކަން ޔުނައިޓެޑްގެ މެނޭޖްމަންޓަށް އެނގޭތީ އާ ކޯޗަކު ހޯދުމުގައި ޔުނައިޓެޑުން ވަނީ ތަފާތު މަގެއް އިހުތިޔާރުކުރަން ވަނީ ވިސްނައިފަ އެވެ. ޔުނައިޓެޑުން ގެންގުޅޭ އެއް ވިސްނުމަކީ މި ސީޒަނުގެ ނިޔަލަށް އިންޓަރިމް ކޯޗެއް (ވަގުތީ ކޯޗެއް) ގެންނާށެވެ. އެ މަގާމަށް ގެންނަން ވެސް ޔުނައިޓެޑުން ވަނީ ކޯޗުންތަކެއް ޝޯޓްލިސްޓްކޮށްފަ އެވެ. އޭގެ ތެރޭގައި ވަލްވޭޑޭގެ އިތުރުން އާރްބީ ލައިޕްޒިގުގެ ކުރީގެ ކޯޗު ރާލްފް ރަޖްނިކް ހިމެނެ އެވެ.

ދެހާސް އެއް ވަނަ އަހަރު އެތުލެޓިކް ބިލްބާއޯގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ކެރިއަރު ފެށި ވަލްވޭޑޭ ހެޑް ކޯޗެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރި ވެސް އެ ޓީމުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ސްޕެއިނުގެ ހަތަރު ޓީމަކާއި ގްރީސްގެ އޮލިމްޕިއާކޯސް އަށް ވެސް ކޯޗުކޮށްދީފަ އެވެ. ސްޕެއިނުގައި މަސައްކަތްކުރީ އެސްޕަންޔޯލް، ވެލެންސިއާ، ވިޔަރެއާލް އަދި ބާސެލޯނާގަ އެވެ. ބާސެލޯނާ ކޯޗުކަމުން މިދިޔަ އަހަރު ޖެނުއަރީ މަހު ވަކިކުރި ފަހުން ވަލްވޭޑޭ ހުރީ ޓީމަކާ ހަވާނުލުވެ އެވެ.

ވިއްސަކަށް އަހަރުވީ ކޯޗިން ކެރިއަރުގައި ވަލްވޭޑޭ ވަނީ 10 ޓްރޮފީ ހޯދައިފަ އެވެ. އޭގެ ތެރޭގައި އޮލިމްޕިއާކޯސްގައި ހުރެ ގްރީސްގެ ސުޕަ ލީގު ތިން ފަަހަރު ހޯދުމާއި ބާސެލޯނާ އަށް ދެ ފަހަރު ސްޕެނިޝް ލީގު ހޯދައިދިނުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox