ބޯހިމެނުމުގައި ބޭނުން ކުރުމަށް ޔުނިސެފުން 100 ޓެބްލެޓް ހަދިޔާކޮށްފި

ޔުނިސެފުން ސްޓެޓިސްޓިކްސް މޯލްޑިވްސްއަށް ހަދިޔާކުރި ޓެބްލެޓްތަކާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ޔުނިސެފް މޯލްޑިވްސް

ޔުނިސެފުން ސްޓެޓިސްޓިކްސް މޯލްޑިވްސްއަށް ހަދިޔާކުރި ޓެބްލެޓްތަކާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ޔުނިސެފް މޯލްޑިވްސް

އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ބޯހިމެނުމުގައި ބޭނުން ކުރުމަށް 100 ޓެބްލެޓް ޔުސިސެފުން، ސްޓެޓިސްޓިކްސް ބިއުރޯއަށް ހަދިޔާ ކޮށްފި އެވެ.

ރާއްޖޭގައި ކޮންމެ 10 އަހަރަކުން އެއް އަހަރު ކުރިޔަށް ގެންދާ ބޯހިމެނުން ބާއްވަން ފެށުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު "އަދަދު" އަށް ވިދާޅުވީ އަންނަ އަހަރު ބޭއްވުމަށް ނިންމާފައިވާ ބޯހިމެނުމުގައި މައުލޫމާތު ރައްކާކުރުމަށް ޖުމްލަ 1876 ޓެބްލެޓް ބޭނުންވާ ކަމަށެވެ.

Advertisement

"މިހާތަނަށް ލިބިފައި ވަނީ އެހެން ސާވޭ ތަކަށް ބޭނުން ކުރުމަށް ގަނެފައިވާ 187 ޓެބްލެޓާއި ޔުނިސެފުން ހަދިޔާކުރި ޓެބްލެޓްސް،" އައިޝަތު ވިދާޅުވި އެވެ.

ބާކީ ނުލިބި ހުރި ޓެބްލެޓްތައް ސަރުކާރު ބަޖެޓުންނާއި ބޯހިމެނުމުގައި ބައިވެރިވާ މީހުން ބޭނުން ކުރާ ޓެބްލެޓްތައް ބޭނުންކޮށްގެން ހަމަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭނުން ވެއްޖާ އެ ބޭފުޅުންގެ އަމިއްލަ ޑިވައިސް ބޭނުން ކޮށްގެން ޑޭޓާ ކަލެޓް ކުރެވޭނެ. އެކަމަކު އެ މުއްދަތުގަ ޓެބްލެޓްތައް ހުންނަން ޖެހޭނީ އަޅުގަނޑުމެން އަތުގައި،" އައިޝަތު ވިދާޅުވި އެވެ.

އަންނަ އަހަރުގެ ބޯހިމެނުމަށް މިހާރުން ފަށައިގެންވެސް ތައްޔާރުުވުމުގެ މަސައްކަތްތައް ކުރިޔަށްދާއިރު، ބޯހިމެނުމަށް 4،300 އެއްހާ މަސައްކަތްތެރިން ބޭނުންވާނެ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ލަފާ ކުރެ އެވެ.

އަދި އެއް ފަހަރާ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޯހިމެނުން ކުރިޔަށްގެންދާއިރު، އެއީ އުނދަގޫ މަސައްކަތެއް ކަމަށާއި އެހެންކަމުން އެއީ ގައުމީ ކަމެއްގެ ގޮތުގައި ދެކުމަށް އެންމެންގެ އެއްބާރުލުން ދިނުމަށް ޗީފް ސްޓެޓިސްޓިޝަން އައިޝަތު އެދިލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox