ބްލޮކް ގްރާންޓުން ކައުންސިލިތަކުގެ ޒިންމާ އަދާނުކުރެވޭނެ ކަމަށް ބުނުމުން ނުރުހުން

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ކަނޑައެޅި 1.5 ބިލިއަން ރުފިޔާއަކީ އެކަށީގެންވާ އަދަދެއް ކަމަށް ވިދާޅުވި. -ފޮޓޯ: މަޖިލިސް

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޭން ކަނޑައެޅި 1.5 ބިލިއަން ރުފިޔާއަކީ އެކަށީގެންވާ އަދަދެއް ކަމަށް ވިދާޅުވި. -ފޮޓޯ: މަޖިލިސް

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅާފައިވާ ފައިސާއިން، ކައުންސިލްތަކުގެ ގާނޫނީ ޒިންމާތަކާއި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނުމުން، ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި ބަދަލާއެކު ދައުލަތުގެ އާމްދަނީގެ ގޮތުގައި ފާސްކުރާ ފައިސާގެ ފަސް ޕަސަންޓް އަދި ކައުންސިލްތަކުގެ އިހުތިސާސުގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސަންޓު ކައުންސިލްތަކުގެ މެދުގައި ބަހަންޖެހެ އެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު، އޭގެ ފަސް ޕަސެންޓަށްވާ 854.9 މިލިއަން ރުފިޔާ ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ވަނީ ހިމަނާފަ އެވެ.

ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން 710.5 މިލިއަން ރުފިޔާ އާއެކު، ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް ޖުމްލަ 1.5 ބިލިއަން ރުފިޔާ އަންނަ އަހަރަށް ބަޖެޓުކޮށްފައިވެ އެވެ.

އެ ފައިސާ މަދުވެގެން ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، އެލްޖީއޭއިން ބަޖެޓް ކޮމިޓީގައި ކަންބޮޑުވުން ފާޅުކުރައްވައި ބުނެފައިވަނީ، ބްލޮކް ގްރާންޓުން ފުދޭނީ ކައުންސިލުތަކުގެ ރިކަރަންޓް ހަރަދު އެކަނި ކަމަށާއި، އިތުރު ޕްރޮގްރާމެއް ހިންގާނެ ފައިސާއެއް ނުހުންނާނެ ކަމަށެވެ.

ވަކި ފޯމިއުލާއެއްގެ ދަށުން ބްލޮކް ގްރާންޓް ބަހާއިރު، 100 އަށް ވުރެ ގިނަ ރަށަށް ޕްރޮގްރާމް ބަޖެޓެއް ނުލިބޭ ކަމާއި، މިހާރު ކަނޑައެޅިފައިވާ ފައިސާއިން އަންހެނުންގެ ކޮމިޓީތަކުގެ މެމްބަރުންނަށް މުސާރަ ހަމަވާން ވެސް ދަތިވާނެ ކަމަށް އެލްޖީއޭއިން ފާހަގަކުރި އެވެ.

އެލްޖީއޭގެ ކަންބޮޑުވުމާއެކު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ވަނީ ބްލޮކް ގްރާންޓް ދޭ އުސޫލަށް ބަދަލެއް ގެންނަންޖެހޭތޯ މާލިއްޔަތު ކޮމިޓީން ދިރާސާ ކުރުމަށްފަހު، ލާމަރުކަޒީ ކޮމިޓީއަށް ހުށަހެޅުމަށް ބަޖެޓު ރެކަމެންޑޭޝަނެއްގެ ގޮތުގައި ހިމަނައިފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ދިރާސާކުރުމަށް ފަހު ކޮމިޓީން ފާސްކުރި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި އިއްޔެ ބަހުސްކުރައްވަމުން އަލީ ނިޔާޒް ވިދާޅުވީ މިހާރު އޮތް ގޮތަށް ގާނޫނު ބަދަލުކުރުމުގެ ކުރިން ކައުންސިލްތަކަށް ދައުލަތުގެ ދިނީ 600 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އަންނަ އަހަރު 1.5 ބިލިއަން ރުފިޔާ ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް ދޭއިރު، އެ ފައިސާއިން ޒިންމާ އަދާނުކުރެވޭނެ ކަމަށް އެލްޖީއޭއިން ގަބޫލުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެސް ވަރަކަށް ނުބުނަން، އަދި ގާނޫނު ހެދިއިރުގައި ވެސް އަދި އެއްވެސް ބަހުސެއްގައި ވެސް އަޅުގަނޑުމެން ނުބުނަން ހަމައެކަނި ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާއިންނޭ ކައުންސިލްތަކުގެ ހަރަދު ހަމަޖައްސަންވާނީ،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކައުންސިލުތަކަށް ކުންފުނި ހަދައިގެން ވިޔަފާރި ކުރުމުގެ ފުރުސަތު ގާނޫނުން ފަހިކޮށްދީފައި ވާއިރު، އިތުރު އާމްދަނީ ހޯދޭނެ ގޮތްތައް ފަހިކުރެވެން ވާނެ އެވެ.

މި ނިޒާމުގެ އެންމެ ރަނގަޅު ގޮތަކީ އެ ސަރަހައްދަކުން ލިބޭ އާމްދަނީ އެ ސަރަހައްދަކަށް ދިނުން ކަމަށްވީ ނަމަވެސް، އެއީ ދައުލަތުގެ އާމްދަނީ ބެހިފައިވާ ގޮތުން މި ވަގުތަށް ކުރަން ދަތި ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ނަމަވެސް، މިހާރު ބްލޮކް ގްރާންޓު ބަހަން ބޭނުންކުރާ ފިސްކަލް ފޯމިއުލާގެ ވެއިޓޭޖެއް ބަދަލެއް ގެންނަންޖެހޭނަމަ އެކަމާމެދު މަޝްވަރާ ކުރެވިދާނެ ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުމެން މި ނިޒާމު ޕްރޮމޯޓްކޮށް ކުރިއަށްދާން ތިބޭ ބަޔަކު، ހަމައެކަނި ދައުލަތުގެ ބަޖެޓުން ލިބޭ ފައިސާއިން ކައުންސިލުތައް ހިންގުމުގެ ވިސްނުން ނެރެ، އެކަން އެއީ ހަމައެކަނި އޮތް ގޮތް ކަމަށް ދުށުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި އަޅުގަނޑު ދެކެން،" ކައުންސިލިތަކަށް ކަނޑައެޅި ބަޖެޓަކީ އެކަށީގެންވާ ބަޖެޓެއްކަން ފާހަގަކުރައްވަމުން ނިޔާޒު ވިދާޅުވި އެވެ.

ގާނޫނުތައް ހުރި ގޮތުން ކައުންސިލުތަކަށް އިތުރު އާމްދަނީ ހޯދަން ހުރަސްއެޅޭނަމަ، އެފަދަ ގާނޫނުތައް މި ސަރުކާރުން އިސްލާހު ކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ބްލޮކް ގްރާންޓް ބަހާ ނިސްބަތް

ބްލޮކް ގްރާންޓް ވަކިވަކި ކައުންސިލްތަކަށް ބަހާއިރު ދެ ގޮތަކަށް ފައިސާ ބެހިގެންދެ އެވެ.

އެއީ އިކުއަލައިޒޭޝަން ގްރާންޓްގެ ގޮތުގައި ދޭ އަދަދާއި ފިސްކަލް ފޯމިއުލާއިން ކަނޑައަޅާ އަދަދެވެ.

titledesc

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ކަނޑައަޅާ ބަޖެޓުގެ ތެރެއިން އިކުއަލައިޒޭޝަން ގްރާންޓުން ކަނޑައަޅަން ނިންމާފައި ވަނީ؛

  • ރަށު ކައުންސިލްތަކަށް 10 ޕަސަންޓު
  • އަތޮޅު ކައުންސިލްތަކަށް 50 ޕަސަންޓު
  • ސިޓީ ކައުންސިލްތަކަށް 20 ޕަސަންޓު

ބާކީ ބައި ބަހާނީ ފިނޭންސްގެ ފިސްކަލް ފޯމިއުލާގެ ދަށުންނެވެ.

ޖުމްލަކޮށް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެދުގައި ބްލޮކްގްރާންޓް ބަހަން ކަނޑައަޅާފައި ވަނީ؛

  • ރަށު ކައުންސިލްތަކަށް 72 ޕަސަންޓު
  • އަތޮޅު ކައުންސިލްތަކަށް 9 ޕަސަންޓު
  • ސިޓީ ކައުންސިލްތަކަށް 19 ޕަސަންޓު

މެދުރާސްތާގައި މިއަދަދު އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފައިވާ އިރު ކޮވިޑްގެ ހާލަތު ރަނގަޅުވެ ދައުލަތުގެ އާމްދަނީ ރަނގަޅުވާ މިންވަރަކުން ކައުންސިލްތަކަށް ދޭ އެހީގެ މިންވަރު އިތުރުވަމުންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox