ރިސޯޓުތަކުން މޫދަށް ކުނި އަޅަން ހުއްދަ ލިބޭ މާއްދާ ގަވާއިދުން އުވާލައިފި

އެމެރަލް ރިސޯޓު: މޫދަށް ކުނި އެޅުން މަނާކޮށްފައި މި ވަނީ އެމެރަލްޑް ރިސޯޓުން މޫދަށް ކުނި އަޅަމުންދިޔަ މައްސަލައެއް މިދިޔަ މަހު ފެންމަތިވެފައި އޮއްވާ -- ފޮޓޯ: ޓްރިޕް އެޑްވައިޒާ

އެމެރަލް ރިސޯޓު: މޫދަށް ކުނި އެޅުން މަނާކޮށްފައި މި ވަނީ އެމެރަލްޑް ރިސޯޓުން މޫދަށް ކުނި އަޅަމުންދިޔަ މައްސަލައެއް މިދިޔަ މަހު ފެންމަތިވެފައި އޮއްވާ -- ފޮޓޯ: ޓްރިޕް އެޑްވައިޒާ

ފަސް ތަރީގެ ރިސޯޓަކުން މޫދަށް ޕްލާސްޓިކާއި ފަނާ ނުވާ ފަދަ ކުނި އުކަމުންދިޔަ މައްސަލައެއް ފެންމަތިވެފައި އޮއްވައި، ރާއްޖޭގައި ހިންގާ ރިސޯޓުތަކުން މޫދަށް ކުނި އެޅުމަށް ގަވާއިދަކުން ހުއްދަ ދީފައިވާ އޮތް މާއްދާ ޓުއަރިޒަމް މިނިސްޓްރީން މިއަދު ބާތިލްކޮށްފި އެވެ.

"ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު" އަށް މިއަދު ގެނެއި އިސްލާހުން އުވާލާފައި ވަނީ އެ ގަވާއިދުގެ 5.3.3 ވަނަ މާއްދާ އެވެ. މި އިސްލާހާއެކު ރިސޯޓުތަކުން މޫދަށް ކުނި އުކުމަށް 2006 ވަނަ އަހަރު އަމަލު ކުރަން ފެށި އެ ގަވާއިދުން ފަހި ކުރި މަގު ބަންދުވީ އެވެ.

އެ މާއްދާގައި ބުނެފައި ވަނީ "ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ އުކާލެވޭނީ ހަމައެކަނި ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ ބަޔޯޑީގްރޭޑަބަލް ތަކެތި" ކަމަށެވެ. އަދި "މިގޮތުން އުކާލެވޭ އަމިއްލައަށް ފަނާވެނެތިދާ ކުނި އުކާލަންޖެހޭނީ އަތޮޅުން ބޭރަށް ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށް" ކަމަށް ވެސް އެ މާއްދާގައި ބުނެފައި އޮތެވެ.

ރިސޯޓުތަކުން މޫދަށް ކުނި އެޅުން މަނާކޮށްފައި މި ވަނީ ފަސް ތަރީގެ އެމެރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއިން މޫދަށް ކުނިއަޅާކަން އެ ރިސޯޓުގައި މަސައްކަތް ކުރި މީހަކު ފަޅާއަރުވާލާފައި އޮއްވަ އެވެ. ރ. އަތޮޅުގައި ހިންގާ 160 އެނދުގެ އެ ރިސޯޓުން މޫދަށް އެޅި ކުނި ތެރޭގައި ޕްލާސްޓިކާއި އަމިއްލައަށް ފަނާވެނުދާނެ ފަދަ ތަކެތި ވެސް ހިމެނެ އެވެ.

މޫދަށް ކުނި އެޅުން މިއަދު މަނާކޮށްފައި މި ވަނީ އެމަރަލްޑުގެ މައްސަލައިގައި ބަލަމުންދާ ކަމަށް އީޕީއޭއިން ބުނެފައި އޮއްވަ އެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައިގައި ރިސޯޓާމެދު ފިޔަވަޅު އެޅިކަން އެނގިފައެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox