ޔުނައިޓެޑާ ގުޅުވައިގެން ދެއްކި ވާހަކަ އެންރީކޭ އަށް ވީ ޖޯކަކަށް

Nov 22, 2021, 3:53 AM
ޔުނައިޓެޑާ ގުޅުވައިގެން ދެއްކި ވާހަކަ އެންރީކޭ އަށް ވީ ޖޯކަކަށް

މެޑްރިޑް (ނޮވެމްބަރު 22) - ހުސްވެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމަށް ސްޕެއިނު ގައުމީ ޓީމުގައި ހުރި ކޯޗު ލުއިސް އެންރީކޭ ގެންނަން އުޅޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް އޭނާ ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗަކަށް ހުރި އޮލެ ގުނަ ސޯލްޝެއާ ވަނީ މަގާމުން ވަކިވެފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުތަކުގައި ޔުނައިޓެޑްގެ ނަތީޖާތައް ދަށްވިއިރު، ސޯލްޝެއާ މަގާމުން ދުރުކުރީ އިނގިރޭސި ޕްރިމިއާ ލީގުގައި ވަޓްފޯޑް އަތުން ޔުނައިޓެޑް 4-1 އިން ބަލިވިތާ އެއް ދުވަސް ފަހުންނެވެ.

އާ ކޯޗެއް ގެންނަންދެން ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ ސޯލްޝެއާގެ އެސިސްޓަންޓަކަށް ހުރި ކުރީގެ މިޑްފީލްޑަރު މައިކަލް ކެރިކް އެވެ. ޔުނައިޓެޑުން ގެންނަން ބޭނުންވާ ކޯޗުންގެ ލިސްޓުގައި އެންރީކޭ އާއި ޒިނެދިން ޒިދާން، ޕީއެސްޖީގެ މައުރީސިއޯ ޕޮޗެޓީނޯ، ލެސްޓާ ސިޓީގެ ބްރެންޑަން ރޮޖާސް އަދި އަޔަކްސްގެ އެރިކް ޓެން ހާގް ހިމެެނެ އެވެ.

އިއްޔެ ބޭއްވި ޗެރިޓީ އިވެންޓެއްގެ ތެރެއިން ސްޕެއިނުގެ ކޯޗު އެންރީކޭ ގާތުގައި ޔުނައިޓެޑްގެ ކޯޗުކަމުގެ ވަޒީފާއާ ހަވާލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކައާ ބެހޭގޮތުން ސުވާލުކުރުމުން އެންރީކޭ ވެސް ޖަވާބުގައި ކުރީ ސުވާލެކެވެ. އެންރީކޭ އެހީ "މިއީ އޭޕްރީލް ފޫލްސް ޑޭ" ތޯ އެވެ. އެ އަށް ފަހު އެންރީކޭ ވަނީ އޭނާ ސްޕެއިން ޓީމުގައި ހުރީ ވަރަށް އުފަލުން ކަމަށް ބުނެފަ އެވެ.

"އަހަރެންގެ ވިސްނުން މި ވަގުތު މި ހުރީ ސްޕެއިން ގައުމީ ޓީމު ގޮވައިގެން ގަތަރު ވޯލްޑް ކަޕަށް ތައްޔާރުވާން. ކްލަބަކާ ހަވާލުވުމުގެ ޝައުގެއް ނެތް،" އެންރީކޭ ބުންޏެވެ.

އެންރީކޭގެ ކޯޗިން ކެރިއަރު ފެށީ 2008 ވަނަ އަހަރު ބާސެލޯނާ ބީ ޓީމުންނެވެ. ދެން އޭނާ ހަވާލުވީ 2011 ވަނަ އަހަރު އިޓަލީގެ ރޯމާއާ އެވެ. ރޯމާ އަށް ކޯޗުކޮށްދިނުމަށް ފަހު 2013 ވަނަ އަހަރު ސްޕެއިނުގެ ސެލްޓާގައި ވެސް ސީޒަނެއް ހޭދަކުރި އެވެ. އެންރީކޭގެ ކޯޗިން ކެރިއަރުގައި އެންމެ ވިދުން ގަދަވީ 2014 އިން 2017 އަށް ބާސެލޯނާގައި ހުރިއިރު އެެވެ. އެ ޓީމާ އެކު ނުވަ ތަށި ހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox