ޝައްމަ އާއި ނިއުމާ، ބަދަލުނުވި ފަނޑުނުވި އެކުވެރިކަމެއް

ޝައްމަ އާއި ނިއުމާ, ބަގީޗާ ޝޯލްގައި

ޝައްމަ އާއި ނިއުމާ, ބަގީޗާ ޝޯލްގައި

ދިވެހިންގެ މެދުގައި 'މޮޑަސްޓް ފެޝަން' އަށް އިންގިލާބީ ބަަދަލެއް ގެނުވީ ކުޅަދާނަ، ވިޔަފާރިވެރި ދެ އަންހެނުންނެވެ. ދެ ގޮތެއް ނުވެ, ކޮންމެ ކާމިޔާބީ އަކާއި ނާކާމިޔާބީ އެއްގައި އެއްވަރަކަށް ހިއްސާވި ވަފާތެރި ދެ ޕާޓްނަރުންނެވެ. ޒިންމާދާރު ދެ މަންމައިން ނެވެ. މަސައްކަތުގެ ފުރިހަމަކަމާއި, ސާދާ ކަމާއި އުފެއްދުންތެރިކަމުގައި އެއީ މިސާލެކެވެ. އެކަމަކު އެންމެ ހާއްސައީ ފެޝަނަށް އޮތް ލޯތްބާއި ޖޯޝުން އެއްތަން ކުރުވި މި ދެ މިތުރުންގެ މެދުގައިވީ ފަނޑުވުމެއް ނެތް ލޯތްބާއި ރަހުމަތްތެރި ކަމެވެ. 

ފާތިމަތު ޝައްމާ މުހައްމަދު (ޝައްމަ) އާއި ނިއުމާ އަހުމަދަކީ އެއް އިރެއްގައި ރާއްޖޭގައި އެންމެ މަގުބޫލު ހިޖާބް ސްޓައިލިސްޓުން ނެވެ. ދެ މީހުންގެ މަސައްކަތް އެންމެ ފުރަތަމަ ފެންނަން ފެށީ 2011 ވަނަ އަހަރު "ޝަމްސީސް ބްރައިޑަލް ހިޖާބް“ ގެ ނަމުގައި ޝައްމަ ފެށި އަމިއްލަ ވިޔަފާރީގެ ތެރެއިންނެވެ. ނިއުމާގެ ބައިވެރިވުމާ އެކު ކައިވެނީގެ ހަފްލާތަކަށާއި އެނޫންވެސް މުނާސަބަތުތަކަށް ބުރުގާ އަޅުވައިދިނުމާ, ބުރުގާގައި ޖަހާ އެކި ތަކެތި ހެދުމުގެ އިތުރަށް، އެންމެ މަގުބޫލުވި އެކައްޗަކީ މި ބްރޭންޑުން ތައާރަފްކުރި ރެޑީ-ޓު-ވެއާ ބްރައިޑަލް ހިޖާބެވެ. ރާއްޖޭގެ އެކި އަތޮޅުތަކުގެ އިތުރުން, އެމެރިކާ، އިނގިރޭސިވިލާތް، ނިއު ޒީލެންޑް، ޕޮލެންޑް، ޖަރުމަން އަދި މެލޭޝިއާ ފަދަ ގައުމުތަކަށް ވެސް މި ބުރުގާތަކުގެ މަގުބޫލުކަން ދިޔަ އެވެ.

އޭގެ އެތައް އަހަރެއް ފަހެވެ. ޝައްމަ އާއި ނިއުމާގެ އެ ވިޔަފާރި އެތައް ހަރުފަތެއް ގިރާކޮށް މުޅިން އެހެން ފަންތިއެއްގައި ފައިތިލަ ސާބިތުކޮށްފި އެވެ. އެކު އެކީގައި އެއް ވަރަކަށް މޫލައި ބަދަހި ވެ، ފޮޅެމުން އައީ ދެމީހުންގެ އެކުވެރިކަމެވެ.

މެލޭޝިއާގައި މިވަގުތު ދިރިއުޅެމުންދާ ޝައްމަ އާއި މާލޭގައި އުޅެމުން އަންނަ ނިއުމާއާ އެއް ވަގުތެއްގައި އެއް ފޯނުކޯލަކުން ވާހަކަ ދައްކާލަން ލިބުމަކީ މަދުން ނޫނީ ލިބޭނެ ފުރުސަތެއް ނޫނެވެ. މީގެ 14 އަހަރު ކުރީގެ ސޮފްހާތައް ހުޅުވާ އެ އުފާވެރި ހަނދާންތައް ދެ މީހުން އެކީ ހަމަ ދެންމެ ދެންމެ ވީކަމެއްގެ ގޮތުގައި ކިޔައިދޭން ފެށި އެވެ. 

"އެންމެ ފުރަތަމަ ދެ މީހުންނަށް އެކަކު އަނެކަކު އެނގެނީ 2007 ގައި . އޭރު ނިއުމާ ހުރީ ޝައްމަގެ ކަޒިންްސް ތަކަކާ އެކު ލަންކާގައި ކިޔަވަން. އެމީހުން އިންޓްރޮޑިއުސް ކޮށްދިނީ ދެ މީހުން, ދެން  ޝައްމަ ހުރީ ނިންމާފައި މާލޭގައި. ހަމަ ބޮޑަށް އެމްއެސްއެން އިން އޭރު ވާހަކަ ދައްކާނީ ވެސް،“ ދެ މީހުންނަށް އެކަކު އަނެކަކު އެނގުނު ގޮތް ކިޔައިދިނެވެ. 

ޝައްމަ އާއި ނިއުމާ
ޝައްމަ އާއި ނިއުމާ

ޝައްމަ އާއި ނިއުމާގެ ކުރީގެ ފޮޓޯއެއް--

މުޅިން ދެ ފަސްގަނޑެއްގައި, ތަފާތު ދެ މާހައުލެއްގައި އުޅެމުންދިޔަ މި ދެ މިތުރުންގެ ހިތާ ހިތް ގުޅުވާލަދިނީ ”މޮޑަސްޓް ފެޝަން“ އަށް އޮތް ލޯތްބެވެ. އޭގެ ޖެހިގެން އައި އަހަރު ކެއާ ސޮސައިޓީގެ ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން ޝައްމަ އޭނާގެ އަމިއްލަ ބްލޮގްގެ މަސައްކަތް ފެށިއިރު, ނިއުމާ ވެސް ހުރީ އޭނާގެ ބްލޮގް ފަށައި އެކަމުގެ ތެރެއަށް ވަދެވިފަ އެވެ. އެކަކު އަނެކަކާ ދިމާވެ ގުޅުން ބަދަހިވެ ދަސްވާން ފެށުނީ އެކުގައި އެކި ”ކޮލެބް“ ތައް ހަދަން ފެށުމުންނެވެ. 

"އަސްލު އެހާ ގެޓް އެލޯންގް ވި އެންމެ ބޮޑު ސަބަބަކީ 'އެކްސެޕްޓަންސް' ކަންނޭނގެ, އަބަދުވެސް އެކަކު އަނެކަކުގެ ހިޔާލުތައް ބަލައިގަނެ, އެ ދެވުނު ސަޕޯޓް ހެން ހީވަނީ“ ނިއުމާ ބުންޏެވެ.

ޝަމްސީސް ބްރައިޑަލް ހިޖާބު ގެ މަސައްކަތެއް --
ޝަމްސީސް ބްރައިޑަލް ހިޖާބު ގެ މަސައްކަތެއް --

ޝަމްސީސް ބްރައިޑަލް ހިޖާބު ގެ މަސައްކަތެއް --

ދެމީހުން ކިޔައިދިން ގޮތުގައި ރެޑީޓުވެއާ އެއްޗެހި ހެދުމުގެ ހިޔާލު ފުރަތަމަ ދިނީ ނިއުމާ އެވެ. އެއީ ވެދާނެ ކަމެއް ކަމަށް ގަބޫލުކުރަން ޝައްމައަށް ކުޑަކޮށް އުނދަގޫވިޔަސް ނިއުމާގެ ފެހުމުގެ ހުނަރާއި ހިޔާލާއި ގާބިލިއްޔަަތަށް ކުޑަވެސް ޝައްކެއް ނެތްކަމަށް ޝައްމަ ބުންޏެވެ. ހަމައެގޮތަށް ފޮޓޯޝޫޓް ތަކަށް ތައްޔާރުވުމުގައި ވެސް ޝައްމަގެ ހުންނަ 'ކްލެސިކަލް ވިންޓޭޖް ސްޓައިލް' ތައް ނިއުމާ ނިކަން ފަސޭހައިން ބަލައިގަންނަ ކަމަށް ޝައްމަ ބުންޏެވެ. 

  ” މީހުން ބުނާނެ އަހަރެމެން ދެމީހުން ވަރަށް އެއްގޮތޭ, ވެދާނެ ހަމަ ތެދަކަށް. އެކަމަކު ދެމީހުންގެ ޓޭސްޓްވެސް ހިޔާލުތައްވެސް ހަމަ ވަރަށް ތަފާތު. ދެމީހުންވެސް ކޮންމެވެސް ޔުނީކް ކަމެއް މި ގެންނަނީ ޓޭބަލްއަށް“ ޝައްމަ 

ދެމީހުންގެ މަސައްކަތް އެންމެ ބޮޑަށް މަގުބޫލުވެގެން ދިޔައީ 2011 ގައި އާންމުވި ލައިވް ސްޓައިލިންގެ ތެރެއިންނެވެ. އެއަށްފަހު އެކި ސްޓައިލްތަކަށް ބޭނުންވާ ހެޑް ޕީސް ފަަދަ އެކްސެސަރީޒް އަމިއްލަ އަށް ހަދަން ފެށުނެވެ. އެ ލިސްޓަށް ދެން އިތުރުވީ 2013 ގައި ބުޓީކް ބައި ޝަމްސްގެ ނަމުގައި އަމިއްލަ އަށް ވެޑިން ބުކޭ ތައްޔާރުކޮށްދިނުމުގެ މަސައްކަތެވެ. ފޯމު ބޭނުންކޮށްގެން ފެއްޓި އެ މަސައްކަތް، ވީހާ ވެސް އަސްލާއެއްގޮތް ކޮށް، ގިނަ ދުވަހަށް ރައްކާކުރެވޭ ގޮތަށް ހެދުމަށްޓަކައި މި މާބޮނޑިތައް ދެން ހަދަން ފެށީ ސިލްކު މަލުންނެވެ. އަދި އަދަށް ވެސް ރާއްޖޭގައި އެންމެ ޑިމާންޑް ބޮޑު ވެޑިން ބުކޭ ހަދައިދޭ ޕޭޖަކީ ހަމަ މި އެވެ.

އެކުވެރިންނަކީ، އެކަކު އަނެކެއްގެ އުފަލާއި ހިތާމަތަކުގައި އެންމެ ކައިރިން ބައިިވެރިވެ, ހިތްވަރާއި ތަރުހީބު ދިނުމުގައި ތިބޭ ބައެކެވެ. ނަމަވެސް މި ދެ އެކުވެރިންގެ ތަފާތަކީ، ހަޔާތުގައި ދިމާވި ކޮންމެ ބޮޑު މައިލްސްޓޯންއެއް ގައިވެސް އެކަކު އަނެކަކާ ދުރުގައި ތިބެން ޖެހުނު ކަމެވެ. އެކަކު އަނެކެއްގެ ކައިވެންޏަށް ނުދެވުނުތާގައި, މަންމައަކަށްވުމުގެ އުފާވެސް ދެމީހުން ފާހަގަކުރަންޖެހުނި ދުރުގައި ތިބެގެންނެވެ. ދެމީހުންގެ މި ގުޅުމުގައި ނިއުމާ އަބަދުވެސް ހަނދާން ހުންނާނެ އެއް ވަގުތު ކޮޅަކީ އޭނާގެ ވެޑިން އޮތް ދުވަހު މޭކަޕް ކުރަމުން ދެމީހުން އެކަކު އަނެކަކަށް ގުޅައިގެން ތިބެ ރޮވުނު ވަގުތުކޮޅެވެ. 

" ވަރަށް ދުވަސް ވަންދެން ދެމީހުން އަސްލު ވަރަށް ދެއްކި ވާހަކަ އެއް އެއީ. ނިއުމާގެ ވެޑިންގެ ވާހަކަ. އެކަމަކު އެކަންވީ ޝައްމަ މެލޭޝިޔާއަށް ހަމަ ބަދަލުވީތަނާ. އެހެންވީމަ ނުއެއް ދެވުނު. އެގަޑީގެ އިމޯޝަންސް ހަމަ އެއީ" ޝައްމަ ކިޔައިދިނެވެ.

ޝައްމަ
ޝައްމަ

ޝައްމަ

ކިތަންމެ ދުރުގައި ތިއްބަސް ދެމީހުން އެކަކު އަނެކަކާ ގުޅައިގެން ވާހަކަ ނުދައްކާ ދުވަހެއް ނުދެ އެވެ. ވަކި ގަޑިއެއް ކަނޑައަޅައިގެން ނޫން ނަމަވެސް ދެމީހުންގެ ދުވަސް ވެސް ފުރިހަމަވަނީ އެ ފޯނު ކޯލަށް ފަހު އެވެ. އެހެން ހުރިހާ ގުޅުންތަކެކޭ އެއްގޮތަށް ދެމީހުންގެ ވެސް ’އިރިޓަބަލް މޫޑްސް‘ އާއި ހެދި ކޮންމެވެސް ވަރަކަށް އެކަކު އަނެކަކާ ހިތްހަމަނުޖެހި ތިއްބަސް ވެސް ރުޅިއައިސް ވާހަކަ ނުދައްކާ ތިބޭ ވަރުގެ އެއްވެސް ކަމެއް ދިމަލެއް ނުވެ އެވެ. 

މީގެ އެތަށް އަހަރެއް ކުރިއްސުރެ ދެމީހުން އެކުގައި ދުށް އެންމެ ބޮޑު ހުވަފެނަކީ އަމިއްލަ ހިޖާބް ލައިނެއް ހެދުމެވެ. މިއަދު އެ ހުވަފެން ވެސް ވަނީ ހަގީގަތަކަށް ހަދާފަ އެވެ. މިއަދު ވެސް ބުޓީކްގެ މަސައްކަތް ޝައްމަ ކުރަމުން ދާއިރު, ލައިވް ސްޓައިލިންވެސް ކޮންމެވެސް ވަރަކަށް ނިއުމާ މާލޭގައި ކުރިއަށްގެންދެ އެވެ. މިވަގުތު ދެމީހުންގެ ވެސް އެންމެ ބޮޑު ފޯކަސް އަކީ ’ކްލެރިސާ‘ގެ ނަމުގައި ދެމީހުން ތައާރަފް ކުރި އަމިއްލަ ދިވެހި ބްރޭންޑެވެ.

މޮޑަސްޓް ފެޝަން ގެ ހެދުމާ, އެކްސެސަރީޒް އަދި ހިޖާބަށް ހާއްސަ މި ބްރޭންޑް އިން ވަނީ ދާދިފަހުން އަމިއްލަ ޕްރިންޓެއްވެސް ތައާރަފްކޮށްފަ އެވެ. ”ބަގީޗާ“ ގެ ނަންދެވުނު މި ޝޯލް އިން ދައްކުވައިދެނީ ދިވެހި މާ ބަގީޗާއެއްގެ ފަރިކަމެވެ. 

ފަހުގެ ޚަބަރު

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox