ސިޓީ ދެ ވަނަ އަށް، ކޮންޓޭ އަށް ލީގުގައި ޓޮޓެންހަމާ އެކު މޮޅެއް

Nov 21, 2021, 7:29 PM
ލީޑްސްގެ ލޮރެންޓޭ (ކ) ކައިރިން ޓޮޓެންހަމްގެ ސޮން ބޯޅަ ހިފައިގެން ދުވަނީ.--- ފޮޓޯ: އޭއެފްޕީ

ލީޑްސްގެ ލޮރެންޓޭ (ކ) ކައިރިން ޓޮޓެންހަމްގެ ސޮން ބޯޅަ ހިފައިގެން ދުވަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (ނޮވެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަން އަތުން 3-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީ ލީގުގެ ދެ ވަނަ އަށް އަލުން ޖެހިލިއިރު، ފަހަތުން އަރައި 2-1 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި ޓޮޓެންހަމް ހޮޓްސްޕާސް އިން ލީގުގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެ އެެވެ.

ލީގުގެ އެއް ވަނައިގައި ޗެލްސީ އޮތީ 12 މެޗުން 29 ޕޮއިންޓާ އެކު އެވެ. ސިޓީ ދެ ވަނަ އަށް އެރީ 12 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތީ 12 މެޗުން 25 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް އެވެ.

ސިޓީގެ ޕްލޭމޭކަރު ކެވިން ޑިބްރޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ މި މެޗުގައި އޭނާ ނުކުޅެ އެވެ. ސިޓީ އަށް މި މެޗުގައި ލީޑުނަގައިދިނީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ރަހީމް ސްޓާލިން އެވެ. މެޗުގެ 44 ވަނަ މިނިޓްގައި ޖާއޯ ކަންސޭލޯ ނެގި މޮޅު ބޯޅައަކުން ސްޓާލިން މި ގޯލު ޖެހީއިރު، މިއީ އޭނާ ލީގުގައި ކުޅުނު 300 ވަނަ މެޗެވެ.

ދެ ވަނަ ހާފުގައި ސިޓީ އަށް ލީޑުފުޅާކޮށްދިން ގޯލު ޖެހީ އޭރިއާބޭރުން ފޮނުވާލި ބޯޅައަކުން ރޮޑްރީ އެވެ. ރޮޑްރީ، މެޗުގެ 55 ވަނަ މިނިޓްގައި ފޮނުވާލި ބޯޅަ ހުއްޓުވަން އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. ސިޓީގެ ތިން ވަނަ ގޯލު ޖެހީ މެޗުގެ 86 ވަނަ މިނިޓްގައި ބެނާޑޯ ސިލްވާ އެވެ. މި މެޗުގައި ސިޓީގެ އިލްކާއި ގުންޑޮގާން ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.

އެވަޓަންގެ ޑެލްފް (ކ) އާއި މައިކަލް ކީން (ވ) ކައިރިން ސިޓީގެ ސްޓާލިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމް ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލީޑުނެގީ ލީޑްސް އިންނެވެ. މެޗުގެ 44 ވަނަ މިނިޓްގައި ލީޑްސްގެ ޖެކް ހެރިސަން ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާތެރެއިން ގޯލުގެ ތެރެއަށް ފޮނުވާލީ ޑެނިއަލް ޖޭމްސް އެވެ.

ދެ ވަނަ ހާފުގައި ކުޅެން އަރައި މެޗުގެ 58 ވަނަ މިނިޓްގައި ލޫކަސް މޯރާ ދިން ބޯޅައަކުން ޓޮޓެންހަމަށް އެއްވަރުކޮށްދިނީ ޕިއޭ އެމީލް ހޮއިބިއާ އެވެ.

ގޯލެއް ޖަހައި މެޗުން މޮޅުވާން ޓޮޓެންހަމް އިން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 69 ވަަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ޓޮޓެންހަމަށް ކުޅޭ ސްޕެއިނުގެ ފުލްބެކް ސާޖީ ރެގީއޯން އެވެ. އެރިކް ޑަޔާ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ލީޑްސް ކުޅުންތެރިއަކު ގައިގައި ޖެހިފައި ގޯލުގެ ދަނޑީގައި ވެސް ޖެހިފައި ލިބުމުން ރެގީއޯން ވަނީ ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ ޓޮޓެންހަމަށް ލީގުގައި ރެގީއޯން ޖެހި ފުރަތަމަ ގޯލެވެ.

މި މެޗުން މޮޅުވެ، ޓޮޓެންހަމް ވަނީ ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 12 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމް މޮޅުވުމުން ޔުނައިޓެޑް ވަނީ އަށް ވަނަ އަށް ވެއްޓިފަ އެވެ. ޔުނައިޓެޑަށް 12 މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox