ގްރަނާޑާ ބަލިކޮށް ރެއާލް ލީގުގެ އެއް ވަނަ އަށް

Nov 22, 2021, 2:58 AM
ގްރަނާޑާ ބަލިކޮށް ރެއާލް ލީގުގެ އެއް ވަނަ އަށް

މެޑްރިޑް (ނޮވެމްބަރު 21) - ސްޕެނިޝް ލީގުގައި ރޭ ގްރަނާޑާ އަތުން 4-1 އިން މޮޅުވެ، ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ރެއާލް އެއް ވަނައިގައި އޮތީ ކުޅުނު 13 މެޗުން 30 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް ރޭ ވަނީ ވެލެންސިއާއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. ސޮސިއެޑާޑް މޮޅުވި ނަމަ އެއް ވަނަ އަށް އަލުން އެރޭނެ އެވެ. އެކަމަކު، މޮޅުނުވެވުމުން ސޮސިއެޑާޑް ދެ ވަނައިގައި އޮތީ 14 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ.

ގްރަނާޑާ ދަނޑުގައި ރޭގެ މެޗު ފަށައިގެން 19 ވަނަ މިނިޓްގައި ޓޯނީ ކްރޫސް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ މާކޯ އަސެންސިއޯ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ރެއާލަށް ލީޑުނަގައިދީފަ އެވެ. ކޯނަރެއްްގައި ލޫކަ މޮޑްރިޗާއި ކްރޫސް ގުޅިގެން ތަނަވަސްކުރި ފުރުސަތެއްގައި ރެއާލަށް ލީޑުފުޅާކޮށްދިނީ މެޗުގެ 24 ވަނަ މިނިޓްގައި ނަޗޯ ފެނާންޑޭޒް އެވެ.

މެޗުގެ 34 ވަނަ މިނިޓްގައި ގްރަނާޑާގެ ލުއިސް ސުއަރޭޒް އޭރިއާބޭރުން ޖެހި ބޯޅައެއް ރެއާލް ކުޅުންތެރިއަކު ގައިގައި ޖެހިފައި ވަނީ ގޯލަށެވެ. މި ގޯލާ އެކު ގްރަނާޑާ އަށް އުއްމީދެއް ލިބުނެވެ.

ކައުންޓަ އެޓޭކެއްގައި މެޗުގެ 56 ވަނަ މިނިޓްގައި މޮޑްރިޗް ހުސްކޮށްލާފައި ދިން ބޯޅަައަކުން ރެއާލްގެ ތިން ވަނަ ގޯލު ޖެހީ މި ވަގުތު ތަފާތު ފޯމެއްގައި ހުރި ވިނީޝިއުސް ޖޫނިއާ އެވެ.

މެޗުގެ 68 ވަަނަ މިނިޓްގައި ވިނީޝިއުސް އަށް ކުރި ނުރައްކާތެރި ފައުލަކަށް ގްރަނާޑާގެ ރޮޑްރީގޭޒް ހިމޭނޭޒަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އެ ނިންމުމާ މެދު ގްރަނާޑާގެ ކޯޗު ރޮބާޓޯ މޮރޭނޯ ހިތްހަަަމަ ނުޖެހުން ފާޅުކުރި ގޮތުން އޭނާ އަށް ވެސް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ގްރަނާޑާގެ އެއް ކުޅުންތެރިއަކު މަދުވި ފަހުން ރެއާލްގެ ހަތަރު ވަނަ ގޯލު ޖެހީ ކަސެމީރޯ ހުސްކޮށްލާފައި ދިން ބޯޅައަކުން ވާތުބެކް ފާލަންޑް މެންޑީ އެވެ. މެންޑީ މި ގޯލު ޖެހީ އޭރިއާތެރެއިންނެވެ.

ސްޕެނިޝް ލީގުގެ ފުލުގައި އޮތް ގެޓަފޭ އިން ވަނީ 4-0 އިން ކަޑިޒް ބަލިކޮށް ފިޔަވަޅެއް ކުރިއަށް ޖެހިލައިފަ އެވެ. ފަސް ވަނައިގައި އޮތް ރެއާލް ބެޓިސް ވަނީ 3-0 އިން އެލްޗޭ ދަނޑުގައި ކުޅުނު މެޗު ކާމިޔާބު ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox