ޗައިނާގެ ޓެނިސް ތަރި އިވެންޓެއްގައި އުޅޭ ފޮޓޯތަކެއް އާއްމުކޮށްފި

ޗައިނާގެ ޓެނިސް ތަރި ޕެންގް ޝުއާއީ. އިސް އޮފިޝަލަކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރި ފަހުން އޭނާގެ ހަބަރެއް ނުވޭ. -- ފޮޓޯ: އޭއެފްޕީ

ޗައިނާގެ ޓެނިސް ތަރި ޕެންގް ޝުއާއީ. އިސް އޮފިޝަލަކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރި ފަހުން އޭނާގެ ހަބަރެއް ނުވޭ. -- ފޮޓޯ: އޭއެފްޕީ

ބެއިޖިން، ޗައިނާ (ނޮވެމްބަރު 21) - ޗައިނާގެ އިސް އޮފިޝަލަކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރި ފަހުން ގެއްލިފައިވާ ކަމަށް ބެލެވޭ ޓެނިސް ތަރި ޕެންގް ޝުއާއީ އިވެންޓެއްގައި އުޅޭ ފޮޓޯތަކެއް އާއްމުކޮށްފި އެވެ.

ޕެންގްގެ ހަބަރެއް ނުވާތީ ބައިނަލްއަގްވާމީ މުޖުތަމައިން އަންނަނީ އޭނާ ދިރިހުރިކަމުގެ ހެކި ދައްކަން ޗައިނާ އަށް ޕްރެޝަރު ކުރަމުންނެވެ. ދުނިޔޭގެ ޓެނިސް ޗެމްޕިއަނުންނާއި ޓެނިސް ފެޑެރޭޝަނުން ވެސް އޭނާގެ ހަބަރެއް ނުވާތީ ކަންބޮޑުވުން ފާޅުކުރި އެވެ.

އާދީއްތަ ދުވަހު އާއްމު ކުރި ރަސްމީ ފޮޓޯތަކުން ޕެންގް ފެންނަނީ ކިޑްސް ޖޫނިއާ ޓެނިސް ޗެލެންޖާ ފައިނަލްސް ބަލައިލަން ގޮސް ހުއްޓަ އެވެ. ފޮޓޯތައް އާއްމު ކުރީ ޗައިނާ އޯޕަންގެ ރަސްމީ ވެއިބޯ ސޯޝަލް މީޑިއާ އެކައުންޓުންނެވެ.

ނޮވެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ޕެންގް ގެއްލުނީ ޗައިނާގެ ކުރީގެ ވައިސް ޕްރިމިއާ ޒަންގް ގައޮލީއާ ގުޅޭ ތުހުމަތުތަކެއް ޗައިނާގެ ސޯޝަލް މީޑިއާ ވެއިބޯގައި ޕޯސްޓު ކުރި ފަހުންނެވެ.

ޕެންގް ބުނީ 2013 އިން 2018 އަށް ވައިސް ޕްރިމިއާކަން ކުރެއްވި ޒާންގްއާ އެކު ޖިންސީ ގުޅުމެއް ބާއްވަން އޭނާ އަށް މަޖުބޫރު ކުރުވި ކަމަށެވެ. ފަހުން އެ ޕޯސްޓު ވަނީ ރިމޫވްކޮށްފަ އެވެ. އަދި އޭގެ ފަހުން ޕެންގްގެ ހަބަރެއް ނުވެ އެވެ.

ކުރީގެ ވައިސް ޕްރިމިއާ ޒާންގް އަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

ބޭރުގެ ޕްރެޝަރާ ހެދި އާދީއްތަ ދުވަހު އާއްމު ކުރި ފޮޓޯތަކުން ފެންނަނީ ޕެންގްގެ ހާލު ރަނގަޅު ކަމަށެވެ. ގްލޯބަލް ޓައިމްސް ނޫހުގެ އެޑިޓަން ހޫ ޝިޖިން ޓްވީޓު ކުރި އިވެންޓުގެ ވީޑިއޯއަކުން ވެސް ޕެންގް ފެނެ އެވެ.

އިވެންޓަށް ފަހު ޕެންގް ރެސްޓޯރެންޓަކަށް ދާ މަންޒަރު ފެންނަ ވީޑިއޯއަކާއި އެ ތަނުގެ ތެރޭގައި ނަގާފައިވާ ވީޑިއޯއެއް ވެސް ޓްވިޓާގައި ޕޯސްޓުކޮށްފައި ވެ އެވެ. ނަމަވެސް އެ ފޮޓޯތަކާއި ވީޑިއޯތަކުގެ ސައްހަކަން ކަށަވަރުކުރެވިފައި ނުވާ ކަމަށް އޭއެފްޕީން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox