ހިމްނާގެ ދުވެލި ބާރު، ކާމިޔާބު އެހާ ބޮޑު

Nov 21, 2021, 7:54 AM
ހިމްނާ އެންމެ މޮޅު އަންހެން އެތުލީޓުގެ ޓްރޮފީ ހިފައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ހިމްނާ އެންމެ މޮޅު އަންހެން އެތުލީޓުގެ ޓްރޮފީ ހިފައިގެން.-- ފޮޓޯ: އިމޭޖަސް.އެމްވީ

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އަންހެން ދުވުންތެރިޔަކީ އައިޝަތު ހިމްނާ ހަސަން، ކަން އޭނާ މި ވަނީ މި ފަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި އެންމެ މޮޅު އަންހެން އެތުލީޓުގެ ޓްރޮފީ ދިފާއުކުރުމަށް ފަހު ސާބިތުކޮށްދީފަ އެވެ.

ފަހަަކަށް އައިސް ގައުމީ ރެކޯޑް މުގުރާލުމުގައި ވެސް ރަނގަޅު ޓްރެކެއް ގައި އޮތް ހިމްނާ ވަނީ މި ފަހަރުގެ ގައުމީ މުބާރާތުގައި 100 މީޓަރާއި 200 މީޓަރު އަދި 400 މީޓަރު އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. ހިމްނާ ވާދަކުރާ ކްލަބް ރާވެރިޔާ ވަނީ ހަތަރެއް ގުނަ 100 މީޓަރުގެ ރިލޭ އިން ރިހި މެޑަލް ހޯދައިފަ އެވެ. އެންމެ މޮޅު އެތުލީޓު ހޮވުމުގައި ބޮޑަށް ބަލާނީ އިންޑިވިޖުއަލް ކާމިޔާބީ އަށެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ ޓީމުގައި ހިމެނިގެން 2019 ވަނަ އަހަރު ހިމްނާ ވަނީ އުުމުރުން އެންމެ 17 އަހަރުގައި އެންމެ މޮޅު އެތުލީޓުގެ މަގާމު ފުރަތަމަ ފަހަރަށް ހޯދައިފަ އެވެ. ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު ހިމްނާ އެންމެ ފުރަތަމަ ވާދަކުރި މުބާރާތަކީ ކެންޔާގެ ނައިރޯބީގައި މި އަހަރު ކުރިއަށްދިޔަ ދުނިޔޭގެ 20 އަހަރުން ދަށުގެ މުބާރާތުގަ އެވެ. އެ މުބާރާތުގައި އޭނާ ވަނީ ރާއްޖޭގެ 400 މީޓަރު ދުވުމުގެ ރެކޯޑް ތިން ވަނަ ފަހަރަށް މުގުރާލައިފަ އެވެ.

ހިމްނާ ވަނީ މީގެ ކުރިން 2019 ވަނަ އަހަރު އެސޯސިއޭޝަން ޗެމްޕިއަންޝިޕު އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމަށް ވެސް ހާސިލްކޮށްފަ އެވެ. އޭގެ ފަހުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ފަަހަރަކަށް ވުރެ ފަހަރެއް އޭނާ ހޯދަމުން އަންނަ ކުރިއެރުންތައް ބޮޑެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގެ އިވެންޓެއްގެ ތެރެއިން ޖާއިޝާ ދުވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ޖާއިޝާ އަށް ވެސް ކާމިޔާބު ފަހަރެއް

މި ފަަހަރުގެ ގައުމީ މުބާރާތުގައި ހިމްނާއާ އެންމެ ގާތުން ވާދަކުރީ ގައުމީ އެތުލެޓިކްސް މުބާރާތްތަކުގައި ފަަހަކަށް އައިސް ވިދުން ގަދަވަމުން އަންނަ ދުވުންތެރިޔާ އައިމިނަތު ޖާއިޝާ ޖުނީޒް އެވެ. ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން ތަމްސީލްކުރާ ޖާއިޝާ ވަނީ މި ފަހަރުގެ މުބާރާތުގައި ވެސް އޭނާގެ ތަފާތު ދައްކައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި ތިން ރަން މެޑަލް ހޯދި އެވެ.

ޖާއިޝާ 800 މީޓަރުގެ ދުވުމުގެ މެޑަލް ދިފާއުކުރީ ދެ މިނިޓް 30.95 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ސާއިދު ސްޕޯޓްސްގެ އައިޝަތު ސަމްހާ ޝަރީފްގެ ޓައިމިން އަކީ ދެ މިނިޓް 43.66 ސިކުންތެވެ. ތިން ވަނަ ހޯދި އައިޝަތު ރާނިޔާ ރޭސް ނިންމީ ދެ މިނިޓް 46.53 ސިކުންތުންނެވެ.

ފަސްހާސް މީޓަރުގެ ދުވުމުގައި ޖާއިޝާ ވަނީ ކުޑަހުސެން ސްޕޯޓްސް އެސޯސިއޭޝަނުގެ މަރިޔަމް އަބްދުލްކަރީމް (މަރީ) ފަހަތަށް ޖައްސާލައިފަ އެވެ. ޖާއިޝާ ރޭސް ނިންމީ 21 މިނިޓް 22.61 ސިކުންތުންނެވެ. މަރީގެ ޓައިމިން އަކީ 21 މިނިޓް 30.71 ސިކުންތެވެ. އަދި ތިން ވަނަ އަށް ދިޔަ މެރަތަން ރަނާސް މޯލްޑިވްސްގެ އައިޝަތު ރާނިޔާ ރޭސް ނިންމީ 22 މިނިޓް 05.36 ސިކުންތުންނެވެ.

އިއްޔެ، ޖާއިޝާ އޭނާގެ ތިން ވަނަ ރަން މެޑަލް ހޯދީ 1500 މީޓަރުގެ ދުވުން ކާމިޔާބު ކޮށްގެންނެވެ. ޖާއިޝާ އެ އިވެންޓް ފުރިހަަމަކުރީ ފަސް މިނިޓް 10.67 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ މަރީގެ ޓައިމިން އަކީ ފަސް މިނިޓް 27.29 ސިކުންތުންނެވެ. އަދި ތިން ވަނަ އަށް ދިޔަ ރާނިޔާގެ ޓައިިމިން އަކީ ފަސް މިނިޓް 45.71 ސިކުންތެވެ.

އަންހެން ބައިން އެންމެ މޮޅު ކްލަަބަކަށް ހޮވިފައިވަނީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox