އާސެނަލް ހަމަބިމަށް ތިރިކޮށް ލިވަޕޫލް ދެ ވަނަ އަށް

Nov 20, 2021, 8:01 PM
އާސެނަލް ހަމަބިމަށް ތިރިކޮށް ލިވަޕޫލް ދެ ވަނަ އަށް

ލަންޑަން (ނޮވެމްބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން އަމިއްލަ ދަނޑުގައި 4-0 އިން ރަނގަޅު ފޯމެއް ދަމަހައްޓަމުން އައި އާސެނަލް ބަލިކޮށްފި އެވެ.

މިއީ އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ. ފާއިތުވި ހަ ސީޒަނުގައި ވެސް ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި އާސެނަލް މަދުވެގެން ދެ ގޯލުގެ ތަފާތުން ބަލިކޮށްފަ އެވެ. ލިވަޕޫލް ވަނީ މިރޭ ހޯދި މޮޅާ އެކު ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ.

ލީގުގެ އެއް ވަނައިގައި ޗެލްސީ އޮތީ 12 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 12 މެޗުން 25 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ވަނީ 11 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ސިޓީ މާދަމާރޭ އެވަޓަން ބަލިކޮށްފިނަމަ ލީގުގެ ދެ ވަނަ އަށް އެރޭނެ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން އާސެނަލްގެ ވިސްނުން ހުރީ ޑިފެންސްކުރުމަށް ފަހު ކައުންޓަ އެޓޭކް ސިސްޓަމަކަށް ކުޅުމަށެވެ. ލިވަޕޫލުން ގޯލެއް ޖަހަން ފޮނުވާލި ހަމަލާތައް އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް މަތަކުރިއިރު، އާސެނަލްގެ އަލެކްސަންޑަ ލަކަޒޭޓް ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އަށް ވަނީ ޓެކްނިކަލް އޭރިއާގައި ކުރި ޒުވާބެއްގެ ސަބަބުން ރީނދޫ ކާޑެއް ދައްކައިފަ އެވެ. ކްލޮޕާއި އާޓެޓާއާ ދެމެދު ބަހުގެ ހަމަލާ ބަދަލުކުރީ ލިވަޕޫލްގެ ސަޑިއޯ މާނޭ ބޮލުން ޖަހަން އަރައި އާސެނަލްގެ ޓޮމިޔާސޫ އަށް ނުރައްކާތެރި ފައުލެއް ކުރިކަަމަށް ބުނެ ކާޑު ދައްކަން އާޓެޓާ ވަރަށް ބޮޑަށް އެޕީލްކުރުމުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ލީޑުނެގީ މާނޭ ޖެހި ގޯލަކުންނެވެ. މިއީ މެޗުގެ 39 ވަނަ މިނިޓްގައި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނެގި ހިލޭ ޖެހުމަކުން މާނޭ ޖެހި ގޯލެކެވެ. މިއީ އާސެނަލް ކޮޅަށް މާނޭ ޖެހި އަށް ވަނަ ގޯލެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ޑިއޯގޯ ޖޮޓާ ވަނީ ލިވަޕޫލްގެ ލީޑުފުޅާކޮށްދީފަ އެވެ. އާސެނަލްގެ ނޫނޯ ޓަވާރޭސް ހެދި ގޯހެއްގެ ފައިދާނަގައި ޖޮޓާ މި ގޯލު ޖެހީ އާސެނަލްގެ ޑިފެންޑަރު ބެން ވައިޓާއި ކީޕަރު ރާމްސްޑޭލް ނައްޓާފައި ގޮހެެވެ. މިއީ ޖޮޓާ އާސެނަލް ކޮޅަށް ޖެހި ފަސް ވަނަ ގޯލެވެ. ކުރިން ވުލްވްސް އަށް ކުޅުނު ޖޮޓާ އެންމެ ގިނަ ގޯލު ލީގުގައި ޖެހީ އާސެނަލް ކޮޅަށެވެ.

ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހީ ޕްރިމިއާ ލީގުގެ މިިދިޔަ މަހުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ސަލާހު އެވެ. މެޗުގެ 73 ވަނަ މިނިޓްގައި ސަލާހު މި ގޯލު ޖެހީ މާނޭ ހުސްކޮށްލާފައި ދިން ބޯޅައަކުންނެވެ. މިއީ ޕްރިމިއާ ލީގުގައި އާސެނަލް ކޮޅަށް ލިވަޕޫލުން ޖެހި 100 ވަނަ ގޯލެވެ. ލިވަޕޫލުން އެންމެ ގިނަ ގޯލު ޖެހީ ނިއުކާސަލް ކޮޅަށެވެ. އެއީ 105 ގޯލެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި ލިވަޕޫލަށް ކުޅޭ ޖަޕާންގެ ފޯވާޑް ޓަކޫމީ މިނަމީނޯ ވަނީ ފައިގައި ޖެހުނު ފުރަތަމަ ބޯޅައިން ކަހަލަ ގޮތަކަށް ގޯލު ޖަހައިފަ އެވެ. މިއީ އާނޯލްޑް ހުސްކޮށްލާފައި ދިން ބޯޅައަކުން މެޗުގެ 77 ވަނަ މިނިޓްގައި މިނަމީނޯ ޖެހި ގޯލެކެވެ. މިއީ މި ފަހަރު ލީގުގައި މިނަމީނޯ ޖެހި ފުރަތަމަ ގޯލެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox