ޔުނައިޓެޑްގެ ސަޕޯޓަރުންނަށް ތަފާތެއް ފެންނާނެ: ސޯލްޝެއާ

Nov 20, 2021, 7:34 AM
ޔުނައިޓެޑްގެ ސަޕޯޓަރުންނަށް ތަފާތެއް ފެންނާނެ: ސޯލްޝެއާ

ލަންޑަން (ނޮވެމްބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވޮޓްފޯޑާ ދެކޮޅަށް ނުކުންނައިރު، ޕްރެޝަރު ބޮޑުވެފައިވާ މެންޗެސްޓާ ޔުނައިޓަޑްގެ ޓީމުގެ ފަރާތުން ސަޕޯޓަރުންނަށް ތަފާތު ދައްކާނެ ކަމަށް އެ ޓީމުގެ ކޯޗު އޮލޭ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ކުޅުނު 12 މެޗުން އެންމެ ހަތަރު މެޗުން މޮޅުވެ، ޔުނައިޓަޑް އޮތީ ޕޮއިންޓް ތާވަލްގެ ހަ ވަނައިގަ އެވެ. މީގެ ތެރޭގައި އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން 5-0 އިން ބަލިވި މެޗާއި ވާދަވެރި މެންޗެސްޓާ ސިޓީ އަތުން 2-0 އިން ބަލިވި މެޗު ހިމެނެ އެވެ.

ސޯލްޝެއާ ބުނީ އިންޓަނޭޝަލް ބްރޭކަށް ފަހު، ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް މަސައްކަތް ކުރަމުންދަނީ ޔުނައިޓަޑްގެ ފޯމު ރަނގަޅު ކުރަން ކަމަށެވެ.

Advertisement

"ކުޅުންތެރިންނާއި އޮފިޝަލުން މި މަސައްކަތްކުރަނީ އެއް އަަމާޒަކަށް. އެއީ އަހަރެމެންގެ ކުޅުން ރަނގަޅުކޮށް، ނަތީޖަޓައް ރަނގަޅުކުރުން،" ސޯލްޝެއާ ބުންޏެވެ.

"އަހަރަމެންގެ ސިކުނޑި ތާޒާކޮށްލަން ވަގުތުކޮޅެއް މި ލިބުނީ. އަހަރަމެން ރަނގަޅު ކުރަންޖެހޭ ބައެއް ކަންތައްތަކަށް އިތުރު ސަމާލުކަމެއް ދީގެން މި ކުރިއަށް ގެންދަނީ. ކުރިއަށް އޮތް މެޗުގައި ތަފާތެއް ފެންނާނެ."

ޔުނައިޓަޑްގެ ނަތީޖާތައް ދަށްވެގެންދިޔަ އިރު ވެސް، އެ ޓީމުގެ ކޯޗުގެ މަގާމުގައި ސޯލްޝެއާ ބެހެއްޓުމަކީ ގިނަ ބައެއް ފާޑުކިއުން އެ ކްލަބަށް އަމާޒުވަމުންދާ ކަމެކެވެ. ސޯލްޝެއާ ބުނީ ސަޕޯޓަރުން ތިބީ ޓީމުގެ ފަހަތުގައި ކަމަށާއި މެޗަކުން ބަލިވާއިރަށް ޕްރެޝަރު ބޮޑުވުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ޔުނައިޓެޑްގެ ވައިސް އެގްޒެކްޓިވް އެޑް ވުޑްވާޑާ އެކު ކްލަބްގެ ނަތީޖާތައް ހަމަމަގަށް އެޅުވުމާ ބެހޭގޮތުން މަޝްވަރާތަކެއް ކުރި ކަމަށް ސޯލްޝެއާ ވަނީ ބުނެފަ އެވެ.

މިރޭ ޔުނައިޓެޑާ ދެކޮޅަށް ނުކުންނަ ވަޓްފޯޑުން ވަނީ މި ސީޒަނުގައި ކޯޗު ބަދަލުކޮށްފަ އެވެ. ވަޓްފޯޑުން ސީޒަން ފެށީ ސްޕެއިނުގެ ކޯޗު ޒިސްކޯ ނޫނޭޒްއާ އެކު އެވެ. އެކަމަކު އޭނާ މަގާމުން ދުރުކޮށް ވަޓްފޯޑުން ވަނީ ކުރިން ލެސްޓާ ސިޓީ އަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިން ކޯޗު ކްލައުޑިއޯ ރަނިއޭރީއާ ޓީމު ހަވާލުކޮށްފަ އެވެ.

ވަޓްފޯޑް ދަނޑުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox