ބޮމުގެ ހަމަލާއާ ގުޅިގެން ނަޝީދުގެ ބަޔާން ފުލުހަށް ދެއްވައިފި

މޭ ހަވަނަ ދުވަހުގެ ހަމަލާއަށްފަހު ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަތުން. -- ފޮޓޯ: އަދަދު/ ހުސެއިން ޝަޔާހު

މޭ ހަވަނަ ދުވަހުގެ ހަމަލާއަށްފަހު ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަތުން. -- ފޮޓޯ: އަދަދު/ ހުސެއިން ޝަޔާހު

މޭ ހަ ވަނަ ދުވަހު ގ. ނީލޯފަރު މަގުގައި ހުރި ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ބަޔާނެއް ފުލުހަށް ދެއްވައިފި އެވެ.

ރައީސް ނަޝީދުގެ ވަކީލު އަދި އެމަނިކުފާނުގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ އެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ބަޔާނެއް މީގެ އިރުކޮޅެއް ކުރިން ފުލުހުންނަށް ލިޔުމުން ދެއްވާފައިވާ ކަމަށެވެ.

މޭ ހަ ވަނަ ދުވަހު ދިން ހަމަލާއަށް ފަހު ފުލުހުން ވަނީ މީގެ ކުރިން އެ ހަމަލާއާ ގުޅިގެން ގިނަ ދުވަސްތަކެއްވީއިރު ވެސް ރައީސް ނަޝީދުގެ ބަޔާނެއް ލިބިފައި ނުވާކަމަށް ބުނެފަ އެވެ.

Advertisement

ހަމަލާގައި ކަން ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ނަޝީދުގެ ބަޔާނެއް ތަހުގީގަށް ހޯދަން މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އޭގެ ފަހުން އިތުރު ފަރުވާއަށް ނަޝީދު ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވުމުން ސިޓީއަކުން ނޫނީ އީމެއިލް މެދުވެރިކޮށް ވެސް އެ ބަޔާން ހޯދަން މަސައްކަތް ކުރި ކަމަށް ބުނެފައިވެ އެވެ.

ފުލުހުންގެ އެ ވާހަކަތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ނަޝީދު ވިދާޅުވީ "ބަހަކަށް ވެސް ބަޔާނަކަށް ވެސް ދައްކަން އޮތީ" އެމަނިކުފާނުގެ ޖާނާއި، ހިތް އަދި މޭ ކަމަށެވެ.

ނަމަވެސް ފަހުން ނަޝީދު ވަނީ ވަކީލަކަށް ނާޒިމް ހަމަޖައްސަވައި ބަޔާން ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox