ތަފާތު ކުޅިވަރުތަކަށް ވަސީލަތްތައް ތަރައްގީކޮށްދިން ތިން އަހަރު

Nov 18, 2021, 6:57 AM
ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް (މ) ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާ ވާހަކަދައްކަނީ.

ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް (މ) ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންނާ ވާހަކަދައްކަނީ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އިއްޔެ ތިން އަހަރު ފުރުނުއިރު، ތަފާތު އެތައް ކުޅިވަރުތަކެއްގެ އިންފްރާސްޓްރަކްޗާ ގާއިމްކޮށް އަދި ކުޅުންތެރިންގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އިއްޔެ އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު ފުޓްބޯޅަ، ވޮލީބޯޅަ، އެތުލެޓިކްސް، ނެޓްބޯޅަ، ޓޭބަލް ޓެނިސް، ބެޑްމިންޓަން އަދި ބިލިއާޑުގެ ވަސީލަތްތައް މާލެ އާއި މާލޭން ބޭރުގައި ވަނީ ގާއިމްކޮށްފަ އެވެ.

އެގޮތުން ބައިނަލްއަގްވާމީ ފެންވަރުގެ ފުރަތަމަ ނެޓްބޯޅަ ފެސިލިޓީ ގާއިމްކޮށްފައިވާއިރު އެތަނުގައި ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވިގެންދާނެ އެވެ. އަދި ރާއްޖޭގެ އެހެނިގެން ރަށްރަށުގައި ވެސް ނެޓްބޯޅަ ކޯޓު އެޅުމަށް ރާވާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެތުލެޓިކްސް އަށް ބަލާއިރު މާލޭގައި އަޅާފައިވާ ވެލި ޓްރެކުގައި ސިންތެޓިކް އަޅައި، އެތަނުގައި މަތީ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ވަރަށް ވަނީ ތަރައްގީކޮށްފަ އެވެ. އަދި އެތަން އާއްމުންނަށް ބޭނުންކުރެވޭ ގޮތަށް ވެސް އޮތީ ހުޅުވާލައިފަ އެވެ. މީގެ އިތުރުން އަންނަ އަހަރު ފުވައްމުލައް، ކުޅުދުއްފުށި އަދި ސ. ހިތަދޫގައި ސިންތެޓިކް ޓްރެކް އަޅަން ވަނީ ޕްލޭންކޮށްފަ އެވެ.

މ. މުލި އާއި ގދ. ވާދޫގައި ސްކޭޓް ޕާކުގެ މަސައްކަތް ނިންމާފައިވާއިރު ފުވައްމުލަކާއި ބ. ގޮއިދޫ ސްކޭޓްޕާކުގެ މަސައްކަތް އޮތީ ޕްރީ ޓެންޑަރިންގެ މަރުހަލާގަ އެވެ. މިނިސްޓްރީން އަންނަ އަހަރު އިތުރު ރަށްތަކެއްގައި ސްކޭޓް ޕާކް އަޅާނެ އެވެ.

ވޮލީބޯޅައަށް ބަލާއިރު ނެޝަނަލް ވޮލީބޯލް ސެންޓަރުގެ މަސައްކަތް އަންނަ އަހަރު ފަށަން ވަނީ ތާވަލުކޮށްފަ އެވެ. މާލޭގައި ތިނެއް އަދި ރަށްރަށުގައި 25 އައުޓްޑޯ ކޯޓު އަޅަން ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން ކ. ހުރާ، އއ. އުކުޅަސް، އދ. ދިއްދޫ، ހއ. އިހަވަންދޫ، ހއ. އުތީމު އަދި ރ. ކިނޮޅަހުގައި އައުޓްޑޯ ވޮލީ ކޯޓު އަޅައި ނިންމާފައިވާއިރު އއ. މަތިވެރި، އއ. ރަސްދޫ އާއި އެހެން ބައެއް ރަށްރަށުގައި އަޅަން ވަނީ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން ސ. މަރަދޫފޭދޫ އާއި ފ. ފީއަލީގައި އިންޑޯ ކޯޓު އަޅަން ވަނީ ހަވާލުކޮށްފަ އެވެ.

މާލޭ އެކުވެނި ބެޑްމިންޓަން ކޯޓު އިންޓަނޭޝަނަލް ސްޓޭންޑަޑަށް ފްލޯރިން އާއި ލައިޓިންއާ އެކު ތަރައްގީކޮށްފައިވާއިރު އައްޑޫގައި ބެޑްމިންޓަން ކޮމްޕްލެކްސް ވަނީ ނިމިފަ އެވެ. މީގެ އިތުރުން ގދ. ތިނަދޫ، ފ. ދަރަނބޫދޫ އަދި ޅ. ނައިފަރުގައި ކޯޓުތައް ގާއިމްކޮށްފައިވާއިރު ގއ. ދާންދޫ އާއި ބ. މާޅޮހުގައި ކޯޓު އަޅަން ވަނީ ހަވާލުކޮށްފަ އެވެ.

ނެޝަނަލް މާޝަލް އާޓްސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވާފައިވާއިރު ނެޝަނަލް ބިލިއާޑް ސެންޓަރެއް މާލޭގައި ގާއިމްކޮށް ހުޅުމާލޭގައި ބިލިއާޑް ހައުސްއެއް ވަނީ އަޅައިފަ އެވެ.

ފުޓްބޯޅައިން 20 ރަށެއްގައި ދަނޑުގެ މަސައްކަތް ނިމިފައިވާއިރު 45 ދަނޑެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ސްވިމިން އަށް ބަލާއިރު ޕޫލެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މާލޭ ފަތާ ޓްރެކް ހިޔާކޮށް ތަރައްގީކޮށް އެތަނުގައި ޑައިވިން ޕްލެޓްފޯމެއް ވަނީ އަޅައިފަ އެވެ. އަދި ހަތަރު ރަށެއްގައި ސްވިމިން ޕްލެޓްފޯމް އަޅައި އިތުރު ރަށްރަށެއްގައި މަޝްރޫއު އޮތީ ޕްރީޓެންޑަރިންގަ އެވެ.

މާލޭގައި ޓޭބަލް ޓެނިސް ކޮމްޕްލެކްސްއެއް ހެދުމަށް ސޮއިކޮށްފައިވާއިރު މާލޭން ބޭރުގައި ޓީޓީ ކުޅޭނެ ވަސީލަތްތަކެއް ވަނީ ގާއިމްކޮށްފަ އެވެ.

މިނިސްޓްރީން ކާމިޔާބީގެ ގޮތުގައި ފާހަގަކުރާ އެންމެ ބޮޑު އެއް ކަމަކީ އަންހެން އަދި ފިރިހެން ގައުމީ ޓީމުތަކަށް ދެވޭ މުސާރަ އާއި އިނާމު ފައިސާގެ ފަރަގު ނައްތާލުމެވެ. އެގޮތުން މިހާރު ކޮންމެ ކުޅުންތެރިޔަކަށް ވެސް 5000ރ. ގެ އެލަވަންސެއް އަދި ކޮންމެ އޮފިޝަލަކަށް 2500ރ. ގެ އެލަވަންސެއްދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox