ޗައިނާގެ ޓެނިސް ތަރީގެ ހަބަރެއް ނުވާތާ އެތައް ދުވަހެއް ފަހުން ގޮތް ނޭނގޭ އީމެއިލް އެއް!

ޗައިނާގެ ޓެނިސް ތަރި ޕެންގް ޝުއާއި. -- ފޮޓޯ: ގެޓީ އިމޭޖަޒް

ޗައިނާގެ ޓެނިސް ތަރި ޕެންގް ޝުއާއި. -- ފޮޓޯ: ގެޓީ އިމޭޖަޒް

ޓެނިސް ތަރި ޕެންގް ޝުއާއީގެ އީމެއިލެއް ކަމަށް ބުނެ ޗައިނާގެ ދައުލަތުގެ މީޑިއާ އިން އާއްމުކުރި އީމެއިލަކާ ގުޅޭ ގޮތުން ވިމެންސް ޓެނިސް އެސޯސިއޭޝަން (ޑަބްލިއުޓީއޭ) ގެ ރައީސް ޝައްކު އުފައްދަވައިފި އެވެ.

ޑަބްލިއުޓީއޭގެ ޗެއާމަން ސްޓީވް ސައިމަން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެއީ ޕެންގް ލިޔެފައިވާ ނުވަތަ ޕެންގްގެ ފަރާތުން އެހެން މީހަކު ލިޔެފައިވާ އީމެއިލެއް ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.

ޗައިނާގެ އިސް އޮފިޝަލަކު ޕެންގްއަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރި ފަހުން ޕެންގްގެ ހަބަރެއް ނުވެ އެވެ. އޭނާގެ އީމެއިލެއް ކަމަށް ބުނާ އީމެއިލް އާއްމުކުރީ ބުދަ ދުވަހު އެވެ.

ސީޖީޓީއެން އިން އާޢްމުކުރި އީމެއިލްގައި ޕެންގް ބުނެފައި ވަނީ އޭނާ ގެއްލިގެން ނޫޅޭ ކަމަށާއި މި ހުރީ ގޭގައި މަޑުކޮށްގެން ކަމަށެވެ. އަދި ހުރިހާ ކަމެއް ވެސް ރަނގަޅު ކަމަށް ބުނެފައި ވެ އެވެ.

ޕެންގް އަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް ކަމަށް ވެސް އީމެއިލްގައި ވެ އެވެ. އީމެއިލްގެ ސައްހަ ކަމާ މެދު ޝައްކު އުފައްދާ ގިނަ މީހުންނަށް ފާހަގަވި އެއް ކަމަކީ ޓައިޕް ކުރާ ކާސާ އީމެއިލްގެ ސްކްރީންޝޮޓުން ފެންނަ ހުރުމެވެ.

ނޮވެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ޕެންގް ގެއްލުނީ ޗައިނާގެ ކުރީގެ ވައިސް ޕްރިމިއާ ޒަންގް ގައޮލީއާ ގުޅޭ ތުހުމަތުތަކެއް ޗައިނާގެ ސޯޝަލް މީޑިއާ ވެއިބޯގައި ޕޯސްޓު ކުރި ފަހުންނެވެ.

ޕެންގް ބުނީ 2013 އިން 2018 އަށް ވައިސް ޕްރިމިއާކަން ކުރެއްވި ޒާންގްއާ އެކު ޖިންސީ ގުޅުމެއް ބާއްވަން އޭނާ އަށް މަޖުބޫރު ކުރުވި ކަމަށެވެ. ފަހުން އެ ޕޯސްޓު ވަނީ ރިމޫވްކޮށްފަ އެވެ. އަދި އޭގެ ފަހުން ޕެންގްގެ ހަބަރެއް ނުވެ އެވެ.

ކުރީގެ ވައިސް ޕްރިމިއާ ޒާންގް އަކީ ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.

އެ ޕޯސްޓަށް ފަހު ޕެންގްގެ ހަބަރެއް ނުވުމުން ޑަބްލިއުޓީއޭ އިން ކަންބޮޑުވުން ފާޅުކުރަން ފެށި އެވެ. އޭގެ އިތުރުން މަޝްހޫރު ޓެނިސް ތަރިން ވެސް ޕެންގްއާ މެދު ކަންބޮޑުވުން ފާޅުކުރި އެވެ.

ޕެންގްގެ އީމެއިލެއް ކަމަށް ބުނާ އީމެއިލްއާ މެދު ޑަބްލިއުޓީއޭގެ ޗެއާމަން ސްޓީވް ސައިމަން ވިދާޅުވީ އެ އީމެއިލް ފެނުމުން ކަންބޮޑުވުންތައް އިތުރުވެއްޖެ ކަމަށެވެ. ޕެންގް ދިރިހުރިކަން ސާބިތުވާ ސާފު ހެކި ދެއްކުމަށް އޭނާ ގޮވާލެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox