ކެނެޑާއަށް އެރި ތޫފާނަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

ކެނެޑާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި.

ކެނެޑާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި.

ކެނެޑާ އަށް އެރި ތޫފާނެއްގައި މަގުތަކާއި ރޭލު ދަގަނޑުތައް ބަންދުވެ، ހުޅަނގު ބްރިޓިޝް ކޮލަމްބިއާ ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު އެރި ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ އެތައް ހާސް އާއްމުންނަށް އެހީވާން ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.

ވޮޝިންޓަނަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑާ ވަނީ އާއްމުންނަށް އެހީވާން ވައުދުވެވަޑައިގެންފަ އެވެ. އަދި އަލުން ބިނާކުރުމުގެ މަސައްކަތް ސިފައިން ކުރާނެ ކަމަށް ވިދާޅުވި އެވެ.

ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި އެކަކު މަރުވެފައި ވާއިރު، އިތުރު ދެ މީހަކު ގެއްލިގެން ދަނީ ހޯދަމުންނެވެ.

ބްރިޓިޝް ކޮލަމްބިއާ ސަރަހައްދަށް އެއް މަސް ތެރޭގައި ވާރޭ ވެހޭ މިންވަރަށް 24 ގަޑިއިރުގެ ތެރޭގައި ވާރޭ ވެހުނު ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެހެންވެ، އެތައް ހާސް ބަޔަކު ތިބީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

އެ ސަރަހައްދުގެ އޮފިޝަލުން ބުނީ މިއީ މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވި ކާރިސާއެއް ކަމަށެވެ.

ތޫފާނުތަކުގެ ބާރުގަދަވުމާއި ތޫފާން އަރާ މިންވަރު އިތުރުވުމާއި މޫސުމީ ބަދަލާ ސީދާ ގުޅޭ ގޮތް ޔަގީން ކުރެވިފައި ނުވި ނަމަވެސް، ކަނޑުގެ ލޮނުގަނޑުގެ ފަށަލަ ހޫނުވާ ނަމަ މަތީގައިވާ ވައި ހޫނުވެ ތޫފާނުގެ ބާރުގަދަވާން އެހީވާކަން ސައިންސްގެ އަލީގައި ހޯދިފައި ވެ އެވެ.

ނަތީޖާއެއްގެ ގޮތުން ވިލާތަކުގައި ފެން އުފެދޭ އަދި ހިފަހައްޓާ ވަރު އިތުރުވެ، އާއްމުކޮށް ވެހޭ ވަރަށް ވުރެ ގިނައިން ބޯކޮށް ވާރޭ ވެހުމަށް މަގުފަހިވެ އެވެ.

އަށާރަ ސަތޭކައިގެ އަހަރުތަކުގައި ސިނާއީ އިންގިލާބު ފެށި ފަހުން ދުނިޔޭގެ ފިނިހޫނުމިން ވަނީ 1.2 ޑިގްރީ ސެލްސިއަސް އިން މަތިވެފަ އެވެ. ޖައްވަށް ބޭރު ކުރާ ކާބަން ގޭސް މަދު ނުކުރާ ނަމަ ދުނިޔެ ހޫނުވުން ދާނީ އިތުރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox