ފޭސްބުކް އިން "އަންފްރެންޑު" ކޮށްލަން ވެފައި ތިބީ ކޮން ބައެއް؟

ފޭސްބުކް އިން "އަންފްރެންޑު" ކޮށްލަން ވެފައި ތިބީ ކޮން ބައެއް؟

ފޭސްބުކް ރައްޓެހިންގެ ލިސްޓުގައި މާނައެއް ނެތް ބޭކާރު ކިތައް މީހުން އެބަތިބި ހެއްޔެވެ؟ މިއަދަކީ އެފަދަ ބޭކާރު މީހުންނާއި 'ކަންބަލަން' ފޭސްބުކްގައި އުޅޭ މީހުން ދިރިއުޅުމުން ބޭރުކޮށްލައި ހިތްހަމަޖައްސާލަން އެންމެ ރަނގަޅު ދުވަހެކެވެ. ހިތަށް ނުތަނަވަސްކަން ދޭ މީހުންނާއި ބޭކާރު ހަނދާންތައް އާކޮށްދޭ މީހުންގެ ފަރާތުން ފަސޭހައިން މިންޖުވެވެން އޮންނަ އިރު އެކަން ނުކުރަންވީ ސަބަބެއް ނެތެވެ.

އެކަމަކު އިންޓަނެޓްގައި ބަދަހި ކުރާ ގުޅުންތައް އާންމު ދިރިއުޅުމާ ވެސް ގިނަ ފަހަރަށް ގުޅިފައި އޮންނަ އިރު، އަމުދުން އަހަރެމެން މި އުޅޭ ކަހަލަ ގެތި، ފިތިފައި އޮތް ކުޑަ އާބާދީއެއްގެ ތެރޭގައި އުޅޭ އިރު މީހުން 'އަންފްރެންޑު' ކުރުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެއީ، ކޮންމެވެސް ވަރަކަށް އެކަމާ މެދު ވިސްނަން މަޖުބޫރުވާ، ނުވަތަ ޖަޒުބާތުގައި ޖެހި ސިކުނޑި ހާސްވާ ވަރުގެ ކަމަކަށް ވެސް އެކަން ވެދާނެ އެވެ.

އެހެންވީމަ، ފޭސްބުކް ރައްޓެހިންގެ ލިސްޓުން ނެރެލާނެ މީހުން ކަނޑައަޅާނީ ކިހިނަކުން ހެއްޔެވެ؟ ނުވަތަ މީހުން އަންފްރެންޑް ކޮށްލަން ބޭނުންވެ، އެ ހިއްވަރު ނުލިބިގެން އުޅޭނަމަ ހަދާނީ ކިހިނަކުން ހެއްޔެވެ؟

ފުރަތަމަ އަހަރެން

ހަމައެކަނި ފޭސްބުކް ގައި އުޅޭ ބޭކާރު ރައްޓެހިން ބޭރުކުރާއިރު އެކަންޏެއް ނޫނެވެ. ޓޮކްސިކް ގުޅުންތަކުން ދުރު ވުމަށާއި ކުރިއެރުމަށް ޖާގަ ނުލިބޭ ހާލަތުތަކުން އަރައިގަތުމަށް ވެސް މިއީ ގެންގުޅުން ރަނގަޅު 'އެޓިޓިއުޑް' އެކެވެ. ފުރަތަމަ ސަލާމަތްކުރަންވީ، އިސްކަމެއް ދޭންވީ އަމިއްލަ ނަފްސަށެވެ. އަމިއްލަ ނަފްސާނީ ދުޅަހެޔޮ ކަމާއި ހަމަޖެހުމަށެވެ.

ފޭސްބުކް ގައި މި އެޓިޓިއުޑް ގެންގުޅެވިދާނެ ގޮތެކެވެ. އެކި ކަހަލަ މީހުންނާ ގުޅުން ބަދަހިކުރާ އިރު 'ބައުންޑަރީ' ސެޓް ކުރެވިދާނެ އެވެ. މިސާލަކަށް މެސެޖު ކުރާ މީހެއްގެ ގާތުގައި މެސެޖު ނުކުރަން ބުނެވިދާނެ އެވެ. ނުވަތަ ޕޯސްޓު ތަކުގައި ޓެގު ނުކުރަން ބުނެވިދާނެ އެވެ. އޭގެ ފަހުން ވެސް އެކަންކަން ތަކުރާރު ކުރާނަމަ އަންފްރެންޑު ކޮށްލަންވީ އެވެ.

ބާއްވާނީ ހަމަހަމަ ގުޅުން އެކަނި

އާއިލާ ވިޔަސް، ރައްޓެއްސަކު ވިޔަސް، އަދި ދަންނަ މީހަކު ވިޔަސް، އެމީހަކު ޝެއާކުރާ ޕޯސްޓު ތަކާއި ދައްކާ ވާހަކަތަކުން ހިތަށް ނުތަނަވަސްކަން ލިބޭނަމަ ވާހަކަ ދައްކައިގެން ހައްލުކުރަން މަސައްކަތް ކުރެވިދާނެ އެވެ. އެކަމަކު އެފަދަ ވާހަކަ އަކުން ކުރި ނާރައި އިތުރު ޒުވާބަކަށް ދާނަމަ އަންފްރެންޑު ކޮށްލަންވީ ވަގުތު ޖެހުނީ އެވެ. އެއީ ބޭކާރު ސްޓްރެސް އެވެ. ރައްޓެހި ކަމާއި، އެކަކު އަނެކަކުގެ އިހުސާސްތަކަށް ގަދަރުކުރުމަކީ ސޯޝަލް މީޑިއާގައި ވެސް ގެންގުޅެންޖެހޭ އަހުލާގެކެވެ. އެ އަހުލާގު ނުހިފަހައްޓާނަމަ އެއީ ވާޗުއަލް ދުނިޔެ އެއްގައި ވެސް ބާއްވަން ދުޅަހެޔޮ ގުޅުމަކަށް ނުވާނެ އެވެ.

އަހަރެންގެ އަގު ވައްޓާލަން މީހަކަށް ފުރުސަތު ނުދޭނަން

ލިޔާ ޕޯސްޓު ތަކާއި ދައްކާ ވާހަކައިގައި ތިމާގެ އަގު ވެއްޓޭ ގޮތަށް ނުވަތަ އެހެންމީހުންގެ ފާޑު ކިޔުން އަމާޒުވާ ގޮތަށް ކަންތައްތައް ކުރާ މީހަކު އިތުރަށް ބަރުދާސްތު ކުރުމުގެ ބޭނުމެއް ނެތެވެ. އޭގެ މާނައަކީ ވަގުތުން އެމީހަކު 'ބްލޮކް' ކޮށްލުމެއް ވެސް ނޫނެވެ. އެކަމަކު ތިމާގެ ވެސް އަބުރެއް އޮތްކަން ބުނެދޭން ކޮންމެވެސް ކަހަލަ ފިޔަވަޅެއް އަޅަން ވާނެ އެވެ. ރީތި ގޮތުގައި ދެމީހުންގެ މެދުގައި ވަކިން ވާހަކަ ދައްކައިގެން ހައްލު ނުވާ ނަމަ އިތުރަށް ރައްޓެހިންގެ ލިސްޓުގައި ތިބުމުގެ ބޭނުމެއް ނެތެވެ.

އެހެން ނޫނަސް، ސޯޝަލް މީޑިއާގައި ނަގާ މިފަދަ ފިޔަވަޅުތަކަކީ ދާއިމަށް ކުރާ ކަންތައްތަކަކަށް ވާކަށް ނުޖެހެ އެވެ. އަންފްރެންޑް ކުރި މީހަކީ ދަންނަ މީހަކު ނަމަ، އޭނައަށް ބަދަލު އައިސްފިކަން އަބަދުވެސް އެނގޭނެ ގޮތް ގޮތް ހުންނާނެ އެވެ. ނުވަތަ އަންފްރެންޑް ކޮށްލަން ޖެހުނީ ވަކި މައްސަލައެއް ޖެހިގެން ހައްލު ނުވެގެން ކަމަށް ވާނަމަ ފަހުން އެ ވާހަކައެއް ހައްލުވުމުން އަލުން ރައްޓެހިކަން ބަދަހިކުރަން ވެސް މަސައްކަތްކުރެވިދާނެ އެވެ. މިކަން ކޮންމެ ގޮތަކަށް އޮތަސް، ފުރަތަމަ މުހިއްމީ ތިމާގެ އަމިއްލަ ނަފްސާނީ ދުޅަހެޔޮ ކަމެވެ. ނަފްސުގެ ހިތްހަމަޖެހުމެވެ. ކައިރީގައި ބައިތިއްބަންވީ ނަފްސަށް ހަމަޖެހުމާއި ތަރައްގީ ގެންނަން ހިތްވަރުދޭ މީހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox