އިންޑިއާ އާ ގުޅުވައި "ދޮގު" މައުލޫމާތު ފަތުރާތީ ސަރުކާރު ނުރުހިއްޖެ

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭކަމަށް ތުހުމަތުކޮށް އިދިކޮޅު ކޯލިޝަނުން ބޭއްވި ހިނގާލުމެއް. -ފައިލް ފޮޓޯ

ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭކަމަށް ތުހުމަތުކޮށް އިދިކޮޅު ކޯލިޝަނުން ބޭއްވި ހިނގާލުމެއް. -ފައިލް ފޮޓޯ

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމާމެދު ސުވާލު އުފައްދައި އެ ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވާކަމަށް ބުނެ ދޮގު މައުލޫމާތު ފަތުރާތީ ދިވެހި ސަރުކާރުން މިއަދު ކަންބޮޑުވުންފާޅުކޮށްފި އެވެ.

ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށް، އެކަމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ހިންގަމުންނެވެ.

އެގޮތުން، އައްޑޫގައި ޕޮލިސް އެކޭޑެމީއެއް އެޅުން ފަދަ މަޝްރޫއުތަކުގެ އިތުރުން އިންޑިއާގެ ކޮންސިޔުލޭޓެއް އަޅަނީ އެ ބޭނުމުގައި ކަމަށް ބުނެ އެ އަތޮޅުގެ ޕީޕީއެމް މެމްބަރުން ވެސް ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އަދި އުތުރުތިލަފަޅުގައި ދިވެހި ކޯސްޓްގާޑަށް ޑޮކްޔާޑަކާއި ބަނދަރެއް އިންޑިއާ ސަރުކާރުން އަޅައިދެނީ ހަތިޔާރާއެކު އިންޑިއާ ސިފައިން އެތަނުގައި ތިބެވޭ ގޮތަށް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

އޭގެ އިތުރުން، ހދ. ހަނިމާދޫގެ އެއާޕޯޓު ތަރައްގީކުރާއިރު އެތަނުގައި އިންޑިއާގެ ވައިގެ ސިފައިން ތިބޭނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ.

އިންޑިއާއާއެކު މި ސަރުކާރުން ސޮއިކޮށްފައިވާ އަސްކަރީ ބައެއް އެއްބަސްވުންތަކުގެ މައުލޫމާތުތައް ހާމަވެފައިވާ ދަނޑިވަޅެއްގައި، ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މިނިވަންކަން ގެއްލޭކަމަށް ބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި އިންޑިއާއިން ދޭ އެހީގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ، ސީދާ ގޮތުން ދިވެހި ރައްޔިތުންނަށް މަންފާވާ ކަމަށެވެ.

މީގެ އިތުރުން، މަތުސްވާތަކެތީގެ ވިޔަފާރިއާއި ޓެރަރިޒަމް ހުއްޓުވުމަށް ވެސް އިންޑިއާއިން އެހީތެރިވަމުންދާ ކަމަށް ބުންޏެވެ.

ނަމަވެސް، އިންޑިއާއާ ދެކޮޅަށް އެފަދަ ދޮގު މައުލޫމާތު ފަތުރައިގެން ރާއްޖެއާ އެންމެ ގާތް ގައުމާއެކު އޮންނަ ގުޅުން ހީނަރުކުރަން މަސައްކަތް ކުރަނީ ދިވެހިންގެ ތެރެއިން މަދު ބައެއް ކަމަށް އެ ބަޔާނުގައި ތުހުމަތުކޮށްފައި ވެއެވެ.

"އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު އަމަލުތައް ބަހައްޓައި، ހަގީގަތާ ހިލާފު ފަތުރައިގެން އަވަށްޓެރި ގައުމުތަކާއި ބައިނަލްއަގުވާމީ މުޖުތަމައުއާއެކު ރާއްޖޭން ގާއިމުކޮށްފައިވާ ގުޅުންތައް ހީނަރުކަން އަންނަ ގޮތަށް އަމަލުނުކުރަން ގޮވާލަން،" އެ ބަޔާނުގައި ބުންޏެވެ.

އަދި އެފަދަ ކަންކަން ރިޕޯޓުކުރާއިރު، މީޑިޔާތަކުން ވެސް ނޫސްވެރިކަމުގެ މިންގަނޑުތައް ހިފެހެއްޓުމަށް ވެސް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox