ސައުދީން ނިއުކާސަލް ގަތުމާ ގުޅިގެން ކުރިމަތިވި ޕްރެޝަރުތަކާ ހެދި ޕްރިމިއާ ލީގުގެ ޗެއާމަން އިސްތިއުފާ ދެނީ

Nov 17, 2021, 11:20 AM
ސައުދީން ނިއުކާސަލް ގަތުމާ ގުޅިގެން ކުރިމަތިވި ޕްރެޝަރުތަކާ ހެދި ޕްރިމިއާ ލީގުގެ ޗެއާމަން އިސްތިއުފާ ދެނީ

ލަންޑަން (17 ނޮވެމްބަރު) - ސައުދީ އަރަބިއްޔާގެ އިންވެސްޓަރުންތަކެއް އިނގިރޭސި ޕްރިމިއާ ލީގުގެ ނިއުކާސަލް ޔުނައިޓަޑް ގަތުމާއެކު، ކުރިމަތިވި ޕްރެޝަރުތަކާހެދި ޕްރިމިއާ ލީގުގެ ޗެއާމަން ގެރީ ހޮފްމަން އިސްތިއުފާ ދިނުމަށް ނިންމައިފި ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ގަތުމާއެކު، އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކުން ވަނީ މިދިޔަ މަހު ޕްރިމިއާ ލީގަށް ޝަކުވާ ހުށަހަޅައިފަ އެވެ. ކްލަބުތަކުގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ، ޕްރިމިއާ ލީގު ކްލަބުތައް ގަންނަ ވެރިންނާއި ޑައިރެކްޓަރުން ފުރިހަމަކުރަންޖެހޭ "އޯނަޝިޕް ޓެސްޓް" އިން، ނިއުކާސަލްގެ އާ މެނޭޖްމަންޓް ފާސްވުމުންނެވެ. އިންސާނީ ހައްގުތަކާ ހިލާފުވުމުގެ ގިނަ ތުހުމަތުތަކެއް ސައުދީ އަރަބިއްޔާގެ ދައުލަތަށް އަމާޒުވެފައިވާއިރު، ޕްރިމިއާ ލީގު ކްލަބުތަކުގެ ވެރިންގެ "އޯނަޝިޕް ޓެސްޓް" ހަރުކަށި ކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ވަނީ ގޮވާލައިފަ އެވެ.

ޕީއައިއެފް އަށް ނިއުކާސަލްގެ ހިންގުން ލިބުމާއެކު، ޕްރިމިއާ ލީގުގެ ކްލަބުތަކުގެ އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވީ ހޮފްމަންއަށެވެ. ޕްރިމިއާ ލީގުގެ ޗެއާމަންކަމާ ހޮފްމަން ހަވާލުވީ މީގެ 18 މަސް ކުރިންނެވެ. ޕްރިމިއާ ލީގުގެ ޗެއާމަންކަމުން އިސްތިއުފާ ދޭނެ ކަމަށް ހޮފްމަން ރަސްމީކޮށް އިއުލާންނުކުރިޔަސް، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޭނާ އެކަން ރަސްމީކޮށް އިއުލާންކުރާނެ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.

ޕީއައިއެފް އިން ނިއުކާސަލް ގަތުމަށް ހުށަހެޅި ބިޑް ހުއްޓުވުމަށް ޕްރިމިއާ ލީގަށް ކުރެވޭނެ މާބޮޑު ކަމެއް ނެތަސް، ކްލަބުތަކުން ހިތްހަމަނުޖެހުނީ ކްލަބުތަކަށް އެކަން ކުރިން އަންގާފައި ނެތުމުންނެވެ. ކްލަބުތަކުން ގަބޫލްކުރާ ގޮތުގައި، ކުރިން ކްލަބުތަކުގެ ސަމާކުކަމަށް އެކަން އެންގި ނަމަ، އެ ބިޑު ހުއްޓުވުމަށް ކްލަބުތަކަށް މަސައްކަތްކުރެވޭނެ އެވެ. -- ބީބީސީ

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox