ސްޕޯޓްސް ކޯޕަރޭޝަން ވަގުތުން އުވާލަން ޖެހޭ: މިނިސްޓަރު

Nov 17, 2021, 6:10 AM
މިނިސްޓަރު މަހުލޫފް މިއަދު މަޖިލީހުގައި ވާހަކަދައްކަވަނީ. --ފޮޓޯ: މަޖިލިސް

މިނިސްޓަރު މަހުލޫފް މިއަދު މަޖިލީހުގައި ވާހަކަދައްކަވަނީ. --ފޮޓޯ: މަޖިލިސް

ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނަކީ އެއްވެސް ފައިދާ ނުވާ ބޭކާރު ކުންފުންޏެއް ކަމަށާއި އެތަން ވަގުތުން ވަގުތަށް އުވާލަން ޖެހޭ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު އޮތް ސުވާލުކުރުމުގެ ދަންފަޅީގައި މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން މަހުލޫފު ވިދާޅުވީ އެ ކޯޕަރޭޝަނުން ކުރާ ކަމަކީ "ހެޕީ ފާދާސް ޑޭ" އާއި "ހެޕީ މަދާސް ޑޭ" އާއި "ހެޕީ ނިއު އިޔާ" މެސެޖުތައް ޓްވީޓްކުރުން ކަމަށެވެ.

ދުނިޔޭގެ އެއްވެސް ތަނެއްގައި ސްޕޯޓްސް ކޯޕަރޭޝަން ކިޔާ ތަނެއް ނުހުން ކަމަށައި އެކަމަކު ކުޅިވަރު ފަންޑުތައް ހަދައިގެން އެހެން ގައުމުތަކުން ކުޅިވަރު ތަރައްގީކުރާ ކަމަށް މަހުލޫފު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ 67 ރަށަށް ބޭނުންވާ އައުޓްޑޯ ޖިމް ގެނައުމުގެ މަސައްކަތް އެ ކޯޕަރޭޝަނާ ހަވާލުކުރި ކަމަށާއި އެންމެ ތިން މަހުން ނިންމައިދޭން އެދުނު އެކަންތައް ކޮށްދެވުނީ 1 އަހަރާ ދެ މަސް ފަހުން ކަމަށެވެ. އަދި މުދަލުގެ ޑެމަރޭޖް އެރުމުން އެކަން ހައްލުކޮށްދޭން އެ ކޯޕަރޭޝަނުން އެދުނީ ރައީސް އޮފީހުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

އެތަނުގައި އެ ކެޕޭސިޓީ ނެތް ކަމަށާއި ކެޕޭސިޓީ ހުރި ކުންފުނިތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތްކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ސްޕޯޓްސް ކޯޕަރޭޝަނުން، މިނިސްޓްރީގެ ދަށުގައި ހުންނަ ގަލޮޅު ދަނޑުގައި އޮފީސް ހަދައިގެން ތިބޭ މައްސަލައިގައި ވެސް މަހުލޫފު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ވިދާޅުވީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް އިށީންނަވާނެ ގޮނޑިއެއް ނެތް ކަމަށާއި ކުޅިވަރު އެސޯސިއޭޝަންތަކަށް އޮފީސް ހަދަން ދޭނެ ޖާގައެއް ނެތް ކަމަށާއި އެކަމަކު މިނިސްޓްރީއާ އެއްވެސް ގުޅުމެއް ނެތް އެ ކޯޕަރޭޝަނުން މިނިސްޓްރީގެ އިމާރާތަކަށް ގަދަކަމުން ވަދެތިބީ ކަމަށެވެ.

"އެއީ މިނިސްޓްރީގެ އިމާރާތަކަށް އެމްޓީސީސީ ނުވަތަ އާރްޑީސީސީ ވަދެ ތިބުން ފަދަ ކަމެއް،" މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ މިނިސްޓްރީއާ މަސްހަލަތު ފުށުނާރާ ގޮތަށް އެ ކުންފުނިން ކުރާނެ މަސައްކަތެއް ނެތް ކަމަށާއި ވާ ފައިދާއެއް ވެސް ނެތް ކަމަށާއި މިދިޔަ އަހަރުތަކެއްގައި ދައުލަތުން މިލިއަނުން ފައިސާ ބޭކާރުވުން ފިޔަވައިވީ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެހެންވެ އެތަން ވަގުތުން ވަގުތަށް އުވާލައިދޭން މަޖިލީހުގައި މަހުލޫފު އެދިވަޑައިގަތެވެ.

ސްޕޯޓްސް ކޯޕަރޭޝާނުގެ ޗެއާމަނަކީ ވޮލީބޯލް އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދެވެ. މެނޭޖިން ޑިރެކްޓަރަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އަދި ވިކްޓްރީގެ ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އެވެ.

މަހުލޫފް ވިދާޅުވީ އެ ބޭފުޅުންގެ ގާބިލްކަމާ މެދު ސުވާލު އުފައްދަވަނީކީ ނޫން ކަމަށާއި ހަމައެކަނި މައްސަލައަކީ އެ ކޯޕަރޭޝަނުގެ މެންޑޭޓް ކަމަށެވެ. އަދި އެ ބޭފުޅުން އެތަނުގެ ބަދަލުގައި މިނިސްޓްރީގައި މަސައްކަތްކުރައްވާ ނަމަ މާ ފައިދާވީސް ކަމަށް ވެސް މަހުލޫފުު ވިދާޅުވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަނަކީ 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލެއް އުފެއްދުމާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކަށް މުދަލުގެ ބޭނުން ހިފުމުގެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން ވިޔަފާރި އުސޫލުން މަންފާ ހޯދައިދިނުން ހިމެނެ އެވެ. މީގެ އިތުރުން ކުޅިވަރު ދާއިރާ ތަރައްގީކުރުމާއި ޒުވާނުންނަށް ހިތްވަރުދީ ފުރުސަތު ފަހިކޮށް ކުޅުންތެރިންގެ ގާބިލްކަން ކުރިއެރުވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ކުރިއަރުވާ ތަމްރީން ހޯދާނެ މަގުފަހިކޮށްދިނުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރުގެ ތެރޭގައި، ދައުލަތުގެ މިލްކިއްޔާތުގައިވާ ކުޅިވަރާ ގުޅޭ މުދަލުގެ ތެރެއިން ކޯޕަރޭޝަނަށް ބަދަލުކުރަން ކަނޑައެޅިފައިވާ މުދާ ކަނޑައަޅައި ސްޕޯޓްސް މިނިސްޓްރީން ނަގުލުކޮށް ބަދަލުކުރަން ވާނެ ކަމަށްވެ ގާނޫނުގައިވެ އެވެ. އެހެންވެ ގާނޫން އެ ކޯޕަރޭޝަނަށް ލިބޭ ބާރާ އެކު މިނިސްޓްރީގެ އަތްދަށުން ވަރަށް ގިނަ ތަންތަން ދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގައްދޫ ބަލިކޮށް ވިކްޓަރީ އަށް ލީގުގެ އެއް ވަނައިގައި ލީޑެއް

ދިވެހި ޕްރިމިއާ ލީގުގައި ގައްދޫ ޓީމު 2-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް އައްމަޑޭ އާއި މާއި ކާމިޔާބުކޮށްދިންއިރު، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ އަކޫ ވަނީ ދެ އަހަރަށް ފަހު އަލުން ކުޅުމަށް އެނބުރި އައިސްފައި

އާސެނަލަށް މުހިންމު މޮޅެއް، ޔުނައިޓެޑްގެ ދަށް ރެކޯޑް ކުރިއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ތާވަލުގެ ދެވަނައަށް ޖެހިލިއިރު، ލީޑްސްއާ އެއްވަރުވެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ފާއިތުވި 40 އަހަރުގެ އެންމެ ދަށް ފެށުން ރެކޯޑްކޮށްފައި. މިރޭގެ އެހެން މެޗުތަކަށް ބަލާއިރު ބްރައިޓަން އާއި ބޯންމައުތުން ވަނީ ބޮޑު މޮޅެއް ހޯދާފައި

އިންފަންޓީނޯ ނުރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝް އަށް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މޮރޮކޯއިން ބޫޓާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގައި މަޑުކުރައްވައި، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފި.

ޗެލްސީގެ ކީޕަރު މާޓިނޭޒް ދަތްދޮޅީގެ އޮޕަރޭޝަނެއް ކޮށްފި

އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޗެލްސީގެ ކީޕަރު މާޓިނޭޒްގެ ދަތްދޮޅިއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައި. މި އަނިޔާގެ ސަބަބުން ކުރިއަށް ހުރި މުހިންމު މެޗުތަކެއް އޭނާއަށް ގެއްލޭނެތީ، ބަދަލުގައި ދެން ފެންނާނީ ޒުވާން ކީޕަރު މައިކް ޕެންޑާސް.

ކޯޗަކަށް ޝާކިއްޓެ، ވޯލްޑް ކަޕަށް ރާއްޖެ ސްކޮޑު ފައިނަލްކޮށްފި

މި މަހު އަޒަރުބައިޖާންގައި ބާއްވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ކޯޗަކަށް އަހުމަދު ޝާކިރު (ޝާކިއްޓެ) ހަމަޖައްސައި، މުބާރާތަށްދާ ސްކޮޑު ފައިނަލްކޮށްފި. ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ފުރުސަތު ދީގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ ފްރާންސާއި ސައުތު އެފްރިކާ ފަދަ ގައުމުތަކާ އެކު އެއް ގްރޫޕެއްގައި

ސްޓްރާސްބޯ ބަލިކޮށް ޕީއެސްޖީ އަށް ޖެހިޖެހިގެން ހަ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުން ސްޓްރާސްބޯ އަތުން 3-1 އިން މޮޅުވެ، ޕީއެސްޖީން ހުރިހާ މުބާރާތެއްގައި ޖެހިޖެހިގެން ހަވަނަ މޮޅު ހޯދައިފި. ސްޓްރާސްބޯއިން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގެ ތެރޭގައި ޖެހި ތިން ގޯލުން.

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

Newsletter

Get the latest news delivered straight to your inbox